ހެންވޭރުގައި ހުންނަ ހޮޓަލެއްގައި އަލިފާން ރޯވެފައި.. ފޮޓޯ: ވޮއިސް
07 Dec 2025 | 18:15
މާލެ ސަރަހައްދުގައި އަލިފާނުގެ ހާދިސާތައް ހިނގާލެއް މާބޮޑަށްވެސް އިތުރު: އެންޑީއެމްއޭ

ރާއްޖޭގައި އަލިފާނުގެ ހާދިސާތައް އެންމެ ގިނައިން ހިނގަނީ މާލެ ސަރަހައްދުގައި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު ހިއްސާކުރި މިދިޔަ އަހަރުގެ ކާރިސާތަކުގެ ތަފާސްހިސާބު ރިޕޯޓުން ދައްކާ ގޮތުގައި މުޅި ރާއްޖެއަށް ބެލި ނަމަވެސް އެންމެ ގިނައިން އަލިފާނުގެ ހާދިސާތައް ހިނގަނީ މާލެ އަދި ހުޅުމާލޭގައެވެ.

މިދިޔަ އަހަރު ރާއްޖޭގައި އަލިފާނުގެ 83 ހާދިސާއެއް ހިނގާފައިވާއިރު އެ ހާދިސާތަކުގެ 77 އިންސައްތަ ހާދިސާ ހިނގާފައިވަނީ މާލެ އަތޮޅުގައެވެ. މާލެ ސަރަހައްދުގައި އަލިފާނުގެ 61 ހާދިސާއެއް ހިނނގާފައިވާއިރު، މާލީގޮތުން ދެވަނައަށް އެންމެގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އަލިފާނުގެ ހާދިސާތަކުން ލިބުނު ގެއްލުންތަކަށެވެ. އަލިފާނުގެ ހާދިސާތަކުގައި އެހީގެ ގޮތުގައި 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް އެންޑީއެމްއޭގެ ރިޕޯޓުން ދައްކައެވެ.

ނިމިގެންދިޔަ 2024 ވަނަ އަހަރު ރާއްޖޭގައި 251 ހާދިސާއެއް ހިނގާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 68 ހާދިސާގެ އިތުރުވުމެކެވެ. އެންޑީއެމްއޭގެ ރިޕޯޓުން ދައްކާގޮތުގައި 2023 ވަނަ އަހަރު 183 ހާދިސާ ހިނގިއިރު އޭގެ ކުރީ އަހަރު ހިނގިކަމަށް ރިޕޯޓްކޮށްފައިވަނީ 144 ހާދިސާއެވެ.

ފެންބޮޑުވުމާއި އަލިފާނުގެ ހާދިސާތަކަށްފަހު ދެން އެންމެގިނައިން ހިނގާފައިވަނީ ވައިގަދަވުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކާއި ވިއްސާރައިގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގެ އިތުރުން ގޭސްފުޅި ގޮވުމުގެ ހާދިސާތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.