އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ދުނިޔެ
08 Dec 2025 | 09:14
30 ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރަނީ

އެމެރިކާގެ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ގައުމަށް ދަތުރުކުރުން މަނާކޮށްފައިވާ ގައުމުތަކުގެ ލިސްޓަށް ޤައުމުތަކެއް އިތުރުކުރަން ނިންމައިފިއެވެ.

އެކަން ކުރަން ނިންމާފައިމިވަމީ، އަފްޣާނިސްތާނުގެ މީހެއް ކަމަށް ބުނާ މީހަކު އެމެރިކާގެ ދެ ނޭޝަނަލް ގާޑު މެމްބަރުންނަށް ބަޑިޖެހި ހާދިސާއާގުޅިގެން، އެ ގައުމުގެ އިމިގްރޭޝަން ގަވާއިދުތައް ހަރުކަށިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯއެމް ވަނީ ބުނެފައެވެ.

އެމެރިކާގެ ދެ ނޭޝަނަލް ގާޑު ސިފައިންނަށް ބަޑިޖެހި ހާދިސާއަށްފަހު، އަފްޣާނިސްތާން، ސޯމާލިއާ، އީރާން އަދި ހެއިޓީ ހިމެނޭހެން، ކުރީގެ ބޭންގައި ހިމެނޭ 12 ގައުމުގެ މައްޗަށް ހެދިފައިވާ ދަތުރުފަތުރުގެ ގަވާއިދުތައް އެމެރިކާއިން ވަނީ ހަރުކަށިކޮށްފައެވެ.

އެކަމާ ގުޅިގެން ފޮކްސް ނިޔުސްއަށް ދިން ބަސްދީ ގަތުމެއްގައި އެމެރިކާގެ ހޯމްލޭންޑް މިނިސްޓަރު ވަނީ އެ ގައުމަށް ދަތުރުުރުން މަނާ ގައުމުތަކުގެ ލިސްޓު 30 އަށްވުރެ ވެސް ގިނަ ކުރަން ނިންމާފައިވާ ކަމަށެވެ. 

ނަމަވެސް އަޕްޑޭޓްކުރެވޭ ލިސްޓު ނެރޭނެ އިރާ، އެ ތަންފީޒުވާނެ ވަގުތެއް ނުވަތަ އިތުރުވާނެ ގައުމުތަކާ މައުލޫމާތު ދީފައެއް ނުވެއެވެ.

ފާއިތުވި ހަފްތާގައި އެމެރިކާއިން ވަނީ ކުރިން މަނާކޮށްފައިވާ 12 ގައުމުން ޔޫއެސް އަށް އައިސްފައިވާ މީހުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލާފައިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ