މާރާމާރީ ހިންގި މައްސަލާގައި ހައްޔަރު ކުރި ފުލުސް މީހާ: ފޮޓޯ/ ޕޮލިސް
ހަބަރު
08 Dec 2025 | 11:17
މާރާމާރި ހިންގި ފުލުސް މީހާ ބުނީ، ގިނަ ދުވަސްތަކެއް ވަންދެން ނުނިދާ ހުރުމުން ހުރީ ހަމައިގައި ނޫން ކަމަށް

ސެލޫނެއްގެ ތެރޭގައި މާރާމާރީ ހިންގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި ފުލުސްމީހާ 5 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. 

މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަލީ މަނިކު، 43، އަސަރީވިލާ/ސ. ހިތަދޫ އެވެ.

މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލަ މިމަހު 5 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފުލުސްމީހާ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ހައްޔަރުކޮށްފައި ހުއްޓާ ވެއްޓި އޭނާގެ ހަރަކާތްތައް ދަށްވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާތީ ކުރީން ކޯޓަށް ހާޒިރުކުރެވިފައި ނުވުމުން ހޮސްޕިޓަލުން ދޫކޮށްލުމާ އެކު 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގާޒީ އައިޝަތު ނުޒުހާ އަމުރުކުރައްވާފައިވެ އެވެ. 

އިއްޔެ އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ކުރިން ވެސް އެތަނަށް ދާ މީހެއްކަމަށާއި، ގިނަ ދުވަސްތަކެއް ނުނިދާ ހުރުމުން އެދުވަހު ހުރީ ހަމައިގައި ނޫންކަމަށް ކަމަށް ކޯޓު އަމުރުގައިވެއެވެ.

އޭނާ އަކީ އިތުރު ކުށުގެ ރެކޯޑެއް ނެތް މީހެއް ކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވާއިރު، ބަންދުގެ މުއްދަތަށް ފަސް ދުވަސް ދީފައިވަނީ ވަކީލެއްގެ ފުރުސަތު ބޭނުން ވާކަމަށް ބުނުމުން ކަންވެސް އަމުރުގައި ބުނެފައިވެއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވިގޮތުގައި ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން އަލީ މަނިކު ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރެވިފައިއެވެ.

”އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުން އަދި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުން.“ އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓް
މުޖުރިމު
ތިވަރުގެ ބޭކަލެއް ޕޮލިހަކައްބަހައްޓަން ހެޔޮނުވާނެ ދެންދުވަހަކުން ދިމާވާކަމެއްގަ މީހަކުފުޑާލާފަ ބުނާނެ ނުކައިހުރީމަ ބަޑިހައިވެގެން ނޭގުނޭވާނުވާ
08 Dec 2025
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.