ކާށިދޫ ކައުންސިލް އިދާރާ.. ފޮޓޯ: އާޒިމް
ހަބަރު
08 Dec 2025 | 16:20
ތަޖުރިބާ ހޯދުމުގެ ދަތުރެއްގެ ތެރެއިން ކާށިދޫ ކައުންސިލުން ފަޅުރަށަކަށް ދިޔަ މައްސަލައެއް

ތަޖުރިބާ ހޯދުމުގެ ދަތުރެއްގެ ތެރެއިން ކާށިދޫ ކައުންސިލުން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ކުރި ދަތުރުގެ މައްސަލަތަކެއް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މާލެއަތޮޅު ކާށިދޫ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވަނީ ދެ އަހަރެއްގެ މަތިން އެ ކައުންސިލުން ކުރި ތަޖުރިބާ ހޯދުމުގެ ދަތުރާ ގުޅޭ ބައެއް މައްސަލަތައް ފާހަގަކޮށްފައެވެ. އެގޮތުން ކައުންސިލުން ތަޖުރިބާ ހޯދުމުގެ އެ ދަތުރުކޮށްފައިވަނީ، 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ކަމަށް ރިޕޯތްގައި ވަނީ ފާަހގަކޮށްފައެވެ. 

އޮޑިޓް ރިޕޯޓްގައި ވާގޮތުން ކާށިދޫ ކައުންސިލުން ވަނީ ރަށްރަށުގެ ކައުންސިލް ޕްރޮޖެކްޓްތައް ހިނގަމުންދާގޮތް ބަލާ ތަޖުރިބާ ހޯދުމަށް 2022 ވަނަ އަހަރު ހުވަދުއަތޮޅު ދެކުނުގެ ރަށްތަކުގެ އިތުރުން 2023 ވަނަ އަހަރު އައްޑޫސިޓީ އަދި ފުވައްމުލަކަށް ދަތުރުކޮށްފައެވެ.

މިގޮތުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ކައުންސިލްގެ ބައެއް މުއައްޒަފުން ހިމެނޭހެން ޖުމްލަ 18 މުއައްޒަފަކު ގދ އަތޮޅުގެ ރަށްތަކަށް ކުރި ދަތުރަށް 170،726 ރުފިޔާ ހޭދަކުރިއިރު، އައްޑޫސިޓީ އަދި ފުވައްމުލަކަށް ކުރި ދަތުރުގައި ބައިވެރިވި 15 މުއައްޒަފަކަށް ވަނީ 153،973 ރުފިޔާ ހޭދަކޮށްފައެވެ. 

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މި ދަތުރުތަކުގައި ދަތުރުގެ މަގްސަދާ ނުގުޅޭ ބައެއް ކަންކަމަށް ކައުންސިލްގެ ބަޖެޓުން ހޭދަކޮށްފައިވާކަމަށެވެ. އެގޮތުން އައްޑޫސިޓީ އަދި ފުވައްމުލަކަށް ކުރި ދަތުރުގައި އުސޫލާ ހިލާފަށް 8،270 ރުފިޔާ ހޭދަކުރިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ގދ އަތޮޅުގެ ރަށްތަކަށް ކުރި ތަޖުރިބާ ހޯދުމުގެ ދަތުރުގައި އެ ސަރަހައްދުގައި އޮންނަ ފަޅު ދެރަށްކަމަށްވާ ގދ ކަފެނާ، އަދި ގދ ލާބަދޫއަށް ދިއުމަށް ކައުންސިލް ބަޖެޓުން 4،400 ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ދެ ރަށަށް ދިއުމުގެ ބޭނުމާއި މަޤްސަދު ދަތުރުގެ ބަޖެޓްގައި ހިމަނާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ. މިކަމާ ގުޅޭގޮތުން އޮޑިޓް އޮފީހުން ސުވާލުކުރުމުން އެދަތުރުކުރީ މުއައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް މޯޓިވޭޝަން އިތުރުކުރުމަށް ކައުންސިލުން މައުލޫމާތު ދީފައިވާަކަމަށް ވަނީ ބުނެފައެވެ. 

މިކަމާ ގުޅޭގޮތުން އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފަޅުރަށްތަކަށް ކުރި ދަތުރަކީ ރަށްރަށުގެ ކައުންސިލްތަކާއި ޕްރޮޖެކްޓްތައް ހިނގަމުންދާގޮތް ބަލައި ތަޖުރިބާ ހޯދުމަށް ކުރި ދަތުރާއި ގުޅޭ ހަރަދެއްކަމަށް ނުބެލެވޭކަމަށެވެ.

އަދި މީގެ އިތުރުން އައްޑޫސިޓީ އަދި ފުވައްމުލަކަށް ކުރި ދަތުރާއި ބައެއް އެހެނިހެން ހަރަދުތަކަށް 28،227 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ދަތުރު ރިޕޯޓްގައި ބުނާއިރު، އެ ހަރަދުތަކުގެ ތެރެއިްނ އޮޑިޓަށް ލިބިފައިވަނީ 14،920 ރުފިޔާ އާ ގުޅޭ ހަރަދުގެ ބިލްތަކަކެވެ. ބާކީ 13،307 ރުފިޔާ ހަރަދުކޮށްފައިވަނީ ކޮންކަމަކަށް ކަމާއި، އަދި އެ ހަރަދުތަކުގެ ސައްހަކަން ކަށަވަރުނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ކޮމެންޓް
މިއަދު
އޮޑިޓު ރިޕޯޓު ކޮންމެގޮތަކަށްއޮތަސް ދަތުރު ކުރުމަކީ ކައުންސިލަށް އޮތްބާރެއް ޚަރަދު ރިޕޯޓު ކޮންމެގޮތަކަށް އޮތަސް ކައުންސިލަރުން އެކަމުގެ އުފުލާކަށް ނުޖެހޭނެ
08 Dec 2025
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.