ޗައިނާގެ އެކްޕޯޓު ވިޔަފާރި ބަނދަރެއް-- ފޮޓޯ/އޭޕީ ނިއުސް
ދުނިޔެ
09 Dec 2025 | 10:03
އެކްސްޕޯޓު ވިޔަފާރިން މިއަހަރު ޗައިނާއަށް 1 ޓްރިލިއަން ޑޮލަރުގެ ފައިދާއެއް

އެކްސްޕޯޓު ވިޔަފާރިން މިއަހަރުގެ މިހާތަނަށް ޗައިނާއަށް 1 ޓްރިލިއަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެއެވެ. 

މިއީ އެގައުމުގެ ތާރީހުގައިވެސް މި ވިޔަފާރިން އެހާ ބޮޑު ފައިދާއެއް އެގައުމަށް ލިބުނު ފުރަތަމަ ފަހަރެވެ. 

އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ނޮވެންބަރުގެ ނިޔަލަށް ފައިދާގެ ގޮތުގައި 1.076 ޓްރިލިއަން ޑޮލަރު އެގައުމަށް ލިބިފައިވެއެވެ. މިކަމުގެ ސަބަބަކީ އެގައުމުން ބޭރުކުރާ މުދަލުގެ މިންވަރު އިތުރުކުރުންކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވެއެވެ. 

އެގޮތުން މިދިޔަ ނޮވެންބަރު މަހު އެކަނިވެސް އެގައުމުގެ އެކްސްޕޯޓުތައް %5.9 އިތުރުވެފައިވެއެވެ. އަދި އެ މަހުގެ ތެރޭގައި އިންޕޯޓުތައް އިތުރުވެފައިވަނީ %1.9 އަށެވެ. އެހެންކަމުން އެ މަހުގެ ތެރޭގައި އެކަނިވެސް ޗައިނާގެ އިންޕޯޓު އެކްސްޕޯޓު ވިޔަފާރީގެ ފައިދާ 112 ބިލިއަން ޑޮލަރަށް އަރައެވެ. 

ޗައިނާއިން ވަނީ މިއަހަރުގެ ތެރޭގައި އެމެރިކާއަށް އެކްސްޕޯޓުކުރާ މުދަލުގެ މިންވަރު މަދުކޮށްފައެވެ. އެއީ އެގައުމަށް މުދާ އެތެރެކުރާއިރު ނަގާ ޓެރިފަތަކާއި އިތުރު ފީތަކުގެ އަގު ބޮޑުކޮށްފައިވުމުން ކަމަށް އެގައުމުން އަންގައެވެ. އެގޮތުން މިދިޔަ ނޮވެންބަރު މަހު އެކަނިވެސް އެމެރިކާއަށް ކުރި އެކްސްޕޯޓުތައް %28-29 ވަނީ ދަށްވެފައެވެ. ނަމަވެސް ޗައިނާއިން ވަނީ ޔޫރަޕާއި، އޭޝިއާއާއި، އޮސްޓްރޭލިއާ ފަދަ އެހެން ގައުމުތަކަށް އެކްސްޕޯޓު ވިޔަފާރި ފުޅާކޮށްފައެވެ. އަދި އެކްޕޯޓުކުރެވޭ މުދަލުގެ ބާވަތް ކަރަންޓު ސާމާނާއި، މެޝިންފަދަ އަގުބޮޑެތި މުދަލަށް ބަދަލުކޮށްފައެވެ. 

ޗައިނާއަށް އިންޕޯޓު އެކްސްޕޯޓު ވިޔަފާރިން 2024 ވަނަ އަހަރު ލިބިފައިވަނީ 992 ބިލިއަން ޑޮލަރުގެ ފައިދާއެކެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް އެ ވިޔަފާރިން 1 ޓްރިލިއަން ޑޮލަރުގެ ފައިދާއެއް ލިބުމަކީ އެގައުމުގެ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ