އައްޑޫ ހައި ސުކޫލުގައި ހިނގި ހާދިސާގެ މަންޒަރެއް --
ރިޕޯޓް
10 Dec 2025 | 23:33
އައްޑޫ ހާދިސާގެ އަސްލު މަންޒަރު: ތިލަވީ ޓީޗަރުންނަށް ކުރާ ފުރައްސާރައާ މަލާމަތް

މިވަގުތު އެންމެ ބޮޑަށް ދެކެވެމުން ދަނީ އައްޑޫ ހައި ސުކޫލްގައި ހިނގި ހާދިސާގެ ވާހަކަ އެވެ. ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލް ވެފައިވަނީ އެ ހާދިސާއާ ގުޅޭ އެކި ވީޑިއޯތަކެވެ. އެންމެ ބޮޑަށް ބަހުސް ކުރެވެނީ އެ ހާދިސާއާ ގުޅޭގޮތުންނެވެ.

ފުރަތަމަ އާންމުވީ ހާދިސާގެ އަސްލު މަންޒަރު ފޮރުވޭ ވީޑިއޯ އެކެވެ. ވީޑިއޯގައި ފެންނަނީ ހައި ސުކޫލްގެ ގުރޭޑް ބާރައިގެ ދަރިވަރަކަށް އެ ސުކޫލުގައި ކިޔަވައިދޭ އިންޑިއާ ޓީޗަރަކު ވަރަށް އަނިޔާކުރާ މަންޒަރެވެ. ކުއްޖާގެ ގައިމައްޗަށް އަރާ ތަނާއި ކަރުގައި ހިފާ ތަނެވެ. އަތުން ޖަހާ މަންޒަރެވެ. އެއާއެކު އެ ޓީޗަރަށް އެންމެންގެ ރުޅި އަމާޒުވި އެވެ. ހަރުކަށި ފިޔަވަޅު އަޅާ ވަގުތުން ރާއްޖެއިން ފޮނުވާލަން ގޮވާލި އެވެ. 

ކުއްޖާއަށް އިންސާފު ހޯދައިދީ ނަފްސާނީ ފަރުވާގެ ކަންކަން އަވަސް ކުރުމަށް ގޮވާލި އަޑުގަދަވި އެވެ. 

އައްޑޫ ހައި ސުކޫލުގައި ހިނގި ހާދިސާގެ މަންޒަރެއް --

އެ އަޑު ވަރަށް ގަދަވެފައި ވަނިކޮށް ހާދިސާއާ ގުޅޭ އެހެނިހެން މަންޒަރުތައް އާންމުވާން ފެށި އެވެ. އައްޑޫ ހައި ސުކޫލްގައި ހިނގި ހާދިސާގެ ހަގީގީ މަންޒަރު ފެނުނީ ދެނެވެ. ކަމެއް މަނާކުރުމުން ޓީޗަރަކަށް ފުރަތަމަ ބަހާއި އަމަލުން ވެސް ރައްދު ދެނީ ދަރިވަރެވެ. މިއީ އަލަށް ހިނގި ކަމެއްވެސް ނޫނެވެ. އެއީ ކޮންމެ ދުވަހެއްގެ އާދައެކެވެ. އިންޑިއާގެ އެ ޓީޗަރަށް ފުރައްސާރައާ މަލާމާތާއި ތުރާ ކުރިމަތިވާތާ އެތަައް ދުވަހެވެ.

މި ހާދިސާ ހިނގީ ކަަންްކަން ބޮއްސުންލައިގެން ގޮހެވެ.

ޓީޗަރުން ނިކުމެ ދެއްކީ އަސްލު ހާލަތުގެ ވާހަކަ

މި ހާދިސާއާ އެކު ތިލަވެގެން ދިޔައީ ސުކޫލް މާހައުލުގައި ޓީޗަރުންނަށް މިއަދު ކުރިމަތިވަމުންދާ ފުރައްސާރައާ މަލާމާތާއި ތުރާލުގެ ވާހަކަތަކެވެ. ބައެއް ޓީޗަރުން ނިކުމެ އެފަދަ އެތައް ހާދިސާއެއް ވަނީ ހިއްސާކޮށްފަ އެވެ.

އެ ޓީޗަރުންނަށް މިއީ އާ ކަމެއް ނޫނެވެ. ގައުމުގެ އެންމެ މުހިންމު މަސްއޫލިއްޔަތު އަދާކުރުމުގައި ތިބި ޓީޗަރުން ކެތްތެރިކަމާއެކު ތިބީ އެ ހާލަތު ބަދަލުވާނެ ގޮތެއް ފެންނަން ނެތީތީ އެވެ. ހުރިހާ ކުދީންގެ އުޅުމާއި އަޚްލާގު އެހާ ދަށް ނޫން ކަމުން މަދު ދަރިވަރެއްގެ އަމަލުތަކުގެ ސަބަބުން ހުރިހާ ދަރިވަރުން ބަދުނާމުވާން ބޭނުން ނުވާތީ އެވެ.

އެކަމަކު އައްޑޫ ހައި ސުކޫލްގެ ހާދިސާއާއެކު ހަގީގަތް ހާމަކޮށް ވާހަކަ ދައްކަން ޖެހޭކަން ބައެއް ޓީޗަރުންނަށް ގަބޫލުކުރެވޭތީ އެފަދަ ބައެއް ވާހަކަތައް ހިއްސާކުރީ އެވެ. އެއް ޓީޗަރަކު ބުނި ގޮތުގައި ބިދޭސީ ޓީޗަރުން އެ މީހުންގެ ގައުމާއި ވަތަން އަދި އާއިލާއާ އެކުވެރީން ދޫކޮށް ދިވެހި ދަރިވަރުންނަށް ތައުލީމްދޭން އައިސް ކުލާސްރޫމްތަކަށް ވަނުމުން ބައެއް ދަރިވަރުންގެ ފަރާތުން ކުރާ ޖެއްސުމާއި ފުރައްސާރައާ މަލާމާތަކީ ސިއްރެއް ނޫނެވެ. އެކަން ކަމާބެހޭ ގިނަ ބަޔަކަށް އެނގެ އެވެ. ހާއްސަކޮށް ބެލެނިވެރީންނަށެވެ.

"ނުބައި އަހްލާގަށް ޔަގީންކަން ލިބިދޭ ހައްގުތަކެއް މިއަދުގެ ޖީލު ހަލާކުކުރީ," ދަރިވަރުންނަށް އެއްވެސް އަދަބެއް ނުދެވޭ ގޮތަށް ހަމައެކަނި ދަރިވަރުންގެ ހައްގުތައް ހިމާޔަތްވާ ގޮތަށް މިހާރު އޮތް އުސޫލާމެދު ކަންބޮޑުވުން ފާޅުކޮށް ޓީޗަރަކު ލިޔެފައިވެ އެވެ.

ބައެއް މީހުންގެ ޝުއޫރުތައް 

އެއް ޓީޗަރަކު ބުނި ގޮތުގައި މިއަދު ފެންނަމުންދަނީ ބާލިޢުވެ ބޮޑުވެފައިވާ ކުދީންނަކީ އެއްވެސް ކަމަކާ މަސްއޫލުވާން ނުޖެހޭ ބައެއް ގޮތަށް އެ ކުދީންނަށް ވިސްނައިދީ އެ ގޮތަށް ގާނޫނު ފަރުމާކޮށް އެ ވިސްނުމުގައި ކުދީން ތަރުބިއްޔަތު ކުރުމުގެ ނަތީޖާ އެވެ. ބައެއް ޓީޗަރުން ވަނީ ދަރިވަރުންގެ ފަރާތުން އެއަށްވުރެ މާ ބޮޑެތި ކަންކަން ވެސް ތަޖުރިބާ ކުރަން ޖެހިފަައިވެ އެވެ. ހިތުގައި ޖެހޭ ކިތަންމެ އެއްޗެއް ބުނެފައިވެ އެވެ. ތަދުވެ އަނިޔާވި ކިތަންމެ އަމަލެއް ހިންގާފައިވެ އެވެ. ހުތުރުބަހުން އެތައް ފަހަރަކު ވާހަކަ ދައްކާ ލަދުވެތިކަމުގައި އިސްޖަހާލަން މަޖުބޫރު ކުރުވާފައިވެ އެވެ.

ބެލެނިވެރީންގެ ޒިންމާ ބޮޑު - އިހްމާލު އެބަ އޮތް

ބައެއް ޓީޗަރުން ގަބޫލުކުރާ ގޮތުގައި ދަރިވަރުންގެ ފަރާތުން ތަކުރާރުކޮށް އެފަދަ އަމަލުތައް ފެންނަމުން ދިއުމުގައި ބެލެނިވެރީންގެ އިހްމާލް އެބަ އޮތެވެ. އެކަންކަން ހުއްްޓުވަން ބައެއް ބެލެނިވެރީން އެކަށީގެންވާ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

"އެ ކުއްޖަކު އެވެނި މިވެނި ގޮތަކަށް ކަންކުރާ ވާހަކަ ސީދާ ސުކޫލުން އެނގުމުންވެސް ބެލެނިވެރީން އެބަހުރި ކުދީންނަށް ހިތްވަރު ލިބޭ ގޮތަށް އެކަންކަން ދިފާއުގައި. މިއީ ސީދާ އިހްމާލުވުން," ޓީޗަރަކު ބުންޏެވެ.

އެހެން ޓީޗަރަކު ބުނި ގޮތުގައި މުދައްރިސުންނަށް ދަރިވަރުން ކުރާ ނަފްރަތު ފެށެނީ ބައެއް ފަހަރު ބެލެނިވެރީންގެ އުނގުތެރީންނެވެ. މުދައްރިސުންނަކީ އެއްވެސް އަގެއްހުރި ބައެއް ނޫން ކަމަށް ދަރީންގެ ހިތްތަކަށް ފޯރުކޮށްދެނީ ވެސް ބެލެނިވެރީންގެ ވިހަ ދޫ ތަކުންނެވެ.

ސުކޫލުތަކުގެ ވެރީންނާއި ބައެއް ޓީޗަރުންގެ ނަޒަރުގައި މިއީ މި ވާހަކަތައް ދައްކަންވީ ވަގުތެވެ. އަދި އެ ކަންކަން ހައްލުކޮށް ތައުލީމީ ދާއިރާގައި އޮތް މި ބޮޑު ނުބައި އެކީއެކަށް ފިލުވާލަން މަސައްކަތް ފަށަންވީ ވަގުތަކީ މިއީ އެވެ. 

ކޮމެންޓް
ވ
ވީމާ ސަސްޕެންޑ ކުރަށްވީ ޓީޗަރުގެ އަގު ވަޒަށް ނުކުރި ދަށުދަރަޖާގެ ދަރިވަރު އަދި ދަރިވަރުންގެ މައްޗަށް ޓީޗަރުންނަށްވެސް ކޮއްމެވެސް ވަރެއްގެ ބާރެއްދޭއް ފެންނަނީ
11 Dec 2025
ކިޔުންތެރިޔާ
މިއީ ވަރަށްބޮޑު ހަގީގަތެއް ބެލެނިވެރިން ފުރަތަމަ މިކަން އިސްލާހު ކުރަން ޖެހޭނީ
11 Dec 2025
ޒަރީރު
އެޑިއުކޭޝަން ފެއިލްވެއްޖެ ދަރިވަރުންނަށް އަދަބުލިބެންޖެހޭ ގިނަ ޓީޗަރުން މިހާރު ނަފްސާނީިވެފަ ކަމެއް ދިމާވާއިރަށް ޓީޗަރުންންށް އަނިޔާ މިދެނީ އެޑިޔުކޭޝަން އިން
11 Dec 2025
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.