އައްޝައިހް ހަސަން މޫސާ ފިކުރީ --
ރިޕޯޓް
11 Dec 2025 | 19:24
އައްޑޫ ހައި ސުކޫލް ހާދިސާ؛ ޝެއިޚް ފިކުރީގެ މި ވާހަކަކޮޅާމެދު ފިކުރުކޮށްލަން ޖެހޭ

ދަރިވަރަކާއި ޓީޗަރަކާމެދު އައްޑޫ ހައި ސުކޫލްގައި ހިނގި ހާދިސާއާ ގުޅޭގޮތުން އެކި ވާހަކަތައް ދަނީ ދެކެވެމުންނެވެ. އިއްޔެއާ މިއަދުވެސް ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލް ވެފައިވަނީ އެ ހާދިސާއާ ގުޅޭ އެކި ވީޑިއޯތަކެވެ. އެންމެ ބޮޑަށް ބަހުސް ކުރެވެނީ އެ ހާދިސާއާ ގުޅޭގޮތުންނެވެ. 

އައްޑޫގެ ހާދިސާއާ ގުޅޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް ޙަސަން މޫސާ ފިކުރީ ވަނީ މުހިންމު މެސެޖުތަކެއް ހިމެނޭ ސްޓޭޓަސްއެއް ހިއްސާ ކުރައްވާފަ އެވެ. ޝެއިޚް ފިކުރީ އަކީ ތައުލީމީ ދާއިރާގެ ބޮޑު ޚިދުމަތްތެރި އެކެވެ. ރާއްޖޭގެ އެއް ނަންބަރު ޕްރީ ސްކޫލް -- ދޮންދޫނި ލިޓްލް ލާނާސްގެ ބާނީ އަކީ ޝެއިޚެވެ. މިހާތަނަށް އެތައް ހާސް ކުދީންނެއް ކިޔަވާފައިވާ އަދި މިހާރުވެސް އެންމެ ބޮޑު ޑިމާންޑެއް އޮތް ދޮންދޫނި ސުކޫލްގެ ޕްރިންސިޕަލަކީ ޝެއިޚް ފިކުރީ އެވެ.

ޝެއިޚް ފިކުރީގެ ސްޓޭޓަސްގައި ޓީޗަރާއި ދަރިވަރެއްގެ މާރާމާރީއާ ގުޅޭ ވީޑިޔޯތަކުން ފެންނަ މަންޒަރުތަކާއި މިއަދު އަޅުގަނޑުމެންގެ ސުކޫލުތަކުގެ ހާލަތާއި މިހާރުގެ ގޯސް ދެރަވަރު ހާލަތު ބަދަލުކުރަން ޖެހޭކަން ސާފުވާ އެތައް ކަމެއް ހިމަނާފައިވެ އެވެ.

ވީޑިޔޯތަކުން ފެންނަ މަންޒަރުތަކުގެ ތެރޭގައި ޝެއިޚް ފިކުރީ ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ދަރިވަރުވެސް އަދި ޓީޗަރުވެސް އަތް އިސްކުރުމާއި ދަރިވަރު އެތައް ފަހަރަކު ޓީޗަރަށް ބުލީކުރުމައި ކުލާސް ރޫމުގައި އެތައް މޯބައިލް ފޯނުތަކެއް ގެންގުޅުމާއި އެތައް ކުދިންނެއް އެ މަންޒަރުތައް ވީޑިއޯ ކުރަމުންދިޔަކަން ފާހަގަކޮށްފައިވެ އެވެ.

އަދި ވީޑިޔޯ ކުރަމުންދިޔަ ދަރިވަރެއްގެ ލެޕްޓޮޕް އިން ގޭމް ކުޅެނިކޮށް ފެންނަ ކަމާއި އަންހެން ދަރިވަރެއް ފިރިހެން ދަރިވަރެއްގެ އުނގުގައި އެއް ގޮޑިޔެއްގައި ތިބެ ހިންގާ އަމަލުތައް ފާހަގަކޮށްފައިވެ އެވެ. މިއީ ރަސްމީގަޑީގައި ކިޔަވައިދެމުންދިޔަ ކުލާސް ރޫމަކުން ފެނިގެންދިޔަ ހިތާމަވެރި މަންޒަރުތަކެއްކަން ފާހަގަ ކުރި އެވެ.

އޭގެ އިތުރުން ޝެއިހް ވަަނީ މިހާރު އަޅުގަނޑުމެންގެ ސްކޫލްތަކުގެ ހާލަތު ވަަރަށް ތަފްސީލުކޮށް ބަޔާން ކޮށްދީފަ އެވެ. އެގޮތުން ކޯ-އެޑިޔުކޭޝަން -- ދެޖިންސު މައްސުނިކޮށްގެން ކިޔަވައިދިނުމާއި  ފުރާވަރުގެ ކުދިންތައް އެކުގައި ގިނަވަގުތު އެއްތަނެއްގައި ހޭދަކުރުމުގެ ނަތީޖާ ގޯސް ކަމާއި ކުދިންގެ އަހްލާގީ ފެންވަރު ނެތިގެންދާ ކަމާއި ވިޔާނުދާ އަމަލުތައް އިތުރުވެ ލޯބިވެރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި މާރާމާރީ ހިންގުމާއި މޮބައިލް ފޯން، ލެޕްޓޮޕް ފަދަތަކެތި ސްކޫލްތަކުގައި ބޭނުން ކުރުމާއި ފާހިޝް، ވިޔާނުދާ މަންޒަރުތައް ބެލުން އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ޝެއިޚް ވިދާޅުވި ގޮތުގައި ސްކޫލްތަކުގައި ބަދުއަހްލާގީ އަމަލުތައް ހިންގުމުން އެވާހަކަ ދައްކާ މީހާ / ޓީޗަރު ގޯސްވެ އެވެ.  އަދި ސްކޫލްތަކުގެ ދަރިވަރުން ކައިވެނީން ބޭރުން ބަލިވެ އިންނައިރު އެކަންކަން ފޮރުވަ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގަ އެވެ. 

މީގެ އިތުރުން ސްކޫލްތަކުގައި ބުލީކުރުމުގެ މައްސަލަތައް ގިނަވެ ނަފްސާނީ އަނިޔާ ލިބިފައިތިބި އެތައް ކުދިންތަކެއް އެބަތިބިކަން ފާހަގަ ކުރި އެވެ.

އެންމެ ބޮޑު މައްސަލައަަކަށް ޝެއިހް ފާހަގަ ކުރެއްވީ އިސްލާމީ ހޭލުންތެރިކަން ކުޑަވުމެވެ. އެގޮތުން ނަމާދު ކުރަންޖެހޭ ކަމަށް ގަބޫލު ނުކުރާ، އަދި ނަމާދު ނުކުރާ އެތައް ކުދިންނެއް ތިބިކަން ފާހަގަކުރި އެވެ. އަދި ޓީޗަރުންގެ ތެރެއިން ނަމާދު ކުރަނީ ކިތައް މީހުންތޯވެސް ސުވާލު އުފެއްދި އެވެ.

ދިވެހި ދަރިވަރުންގެ ތެރޭގައި ވެސް ދީން ގަބޫލު ނުކުރާ ކުދިން ފާޅުވާކަން ފާހަގަކުރި އެވެ. ޝެއިޚް ވިދާޅުވި ގޮތުގައި ސްކޫލްތަކުގައި ހިނގާ ކަންކަން ނުފެންނަ ކަމަށް ހަދައި، އެއީ ނުހިނގާ ކަންކަމަށް ހަދައި އޮއްބާލައިގެން އެކަަންކަން ފޮރުވުމަކީ ކުރިޔަށް އޮތް ޖީލު ހަލާކުކޮށްލުމެވެ.

އަދި ސްކޫލްތަކުގެ ޔުނީފޯމްގެ ގަވާއިދުގެ ތެރެއިން ދަރިވަރުން އިސްލާމީ ފޭރާމެއް ލާން ފުރުސަތު ދިނުމަކީ ސަރުކާރުން ނިންމި ހިޔޮ ނިންމުމެއް ކަމުގައި ވިދާޅުވި އެވެ. ނަމަވެސް ބަޔަކަށް މިކަންވެސް ވީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަނީ ކަމުގައި، ބޭކާރު ހަރަދުތަކެއް ކުރަން މަޖުބޫރު ކުރުވަނީ ކަމުގައި ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ސްކޫލްތަކުގައި ވޭޕް ކުރުން ގިނަވެ، ދަރިވަރުންގެ ތެރޭގައި ވޭޕް ސްޓިކް ވިއްކާ އެތައް އޭޖެންޓުންނެއް ތިއްބާ މިކަން ހުއްޓުވުމަށް ވޭޕް މަނާކުރުމަކީ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މިފަދަ ކަންކަން ސިޔާސީ ކަންކަމަށް ހަދައި ވާހަކަ ދައްކައިގެން މުޖްތަމައަށް ހެޔޮ ބަދަލެއް ނުގެނެވޭނެ," ޝެއިޚް ފިކުރީގެ ސްޓޭޓްގައި ވިދާޅުވި އެވެ.

ކޮމެންޓް
އިބްރާހިމް
🤬
11 Dec 2025
އަބްސީ
ހުރިހާވެސް މައްސަލަޔަކީ ތައުލީމީ ސިޔާސަތު ފެއިލް ވެގައިވާކަމް ދެވަނަ ކަމަކީ ކުދިންނޭ ކިޔާ ބައެއްގެ ހައްގު ގިނަކަން ތިމްވަނަ ކަމަކީ ޔަންފީޒީ ފެއިލްވެފާ ާކަން
12 Dec 2025
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.