ފްލައިޓް ޝެޑިއުލްއެއްގެ މަންޒަރު-- ފޮޓޯ/ޔޫރޯނިއުސް
ދުނިޔެ
14 Dec 2025 | 09:03
2 ހަފްތާތެރޭ އޭޝިއާ ސަރަހައްދުން 2794 ފްލައިޓު ޑިލޭވެ، 225 ފްލައިޓް ކެންސަލް

ނޮވެންބަރު މަހުގެ ފަހުކޮޅުން ފެށިގެން މިއަދާއި ހަމައަށް އޭޝިއާގެ އެކި ހިސާބުތަކުން ޖުމުލަ 225 ފްލައިޓް ކެންސަލްވެ، 2،794 ލަސްވެ، އާއްމުންނަށް އެތައް އުނދަގޫ ތަކެއް ކުރިމަތިވެއްޖެއެވެ.

މިގޮތުން އެންމެ ގިނައިން ފްލައިޓު ލަސްވެފައިވަނީ ޖަކާޓާ (ސީޖީކޭ) އެއާޕޯޓުންނެވެ. މި އެއާޕޯޓުން ވަނީ 2 ހަފްތާގެ ތެރޭގައި ޖުމުލަ 408 ފްލައިޓް ލަސްވެފައެވެ. މިއާއިއެކު އެއާ ޗައިނާ އާއި އޭއެންއޭ ގްރޫޕުން ޗައިނާ އާއި ޖަޕާނު ސަރަހައްދުން 218 ފްލައިޓު ކެންސަލްކޮށްފައިވެއެވެ. ބެންކޮކް ސުވަރނަބޫމީ (ބީކޭކޭ)  އިން 281 ފްލައިޓު އަދި އިންޗިއޮން (އައިސީއެން) އިން 294 ފްލައިޓު ލަސްވެފައިވެއެވެ. މީގެ އިތުރުންވެސް އޭޝީއާގެ އެކި އެއާޕޯޓުތަކުން ވަނީ އެތައް ދަތުރުތަކެއް ލަސްކޮށް، ކެންސަލްކޮށްފައެވެ. 

މިހާ ގިނަ ދަތުރުތަކެއް ލަސްވުމަށް ބައިވަރު ސަބަބުތަކެއް ކުރިމަތިކުރުވާފާއި ވެއެވެ. އެގޮތުން ޖަޕާން، ޗައިނާ، އިންޑޮނޭޝިއާ، ތައިލެންޑް، އަދި ދެކުނު ކޮރެއާގެ އެއާޕޯޓުތަކަށް ދިމާވި މައްސަލައަކީ މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ގުގުރުމާއިއެކު ވައިގަދަވެ،  ފޮގް އުފެދި ޖައްވު ނުސާފުވުމެވެ. އެހެންކަމުން ސަލާމަތީ ސަބަބުތަކަށް ޓަކައި ވަގުތީ ގޮތުން ރަންވޭ ބަންދުކުރަން އެ ގައުމުތަކަށް މަޖުބޫރުވެފައިވެއެވެ. މީގެ އިތުރުން ބައެއް އެއާލައިންތަކުން ފަޅުވެރިންގެ މައްސަލަތަކާއި، ހިންގުމުގެ މައްސަލަތަކާއި ހެދި ވެސް އެތައް ތަތުރެއް ލަސްކުރަން ޖެހިފައިވެއެވެ. އަދި ޑިސެމްބަރު މަހަކީ އޭޝިއާގައި ޗުއްޓީ ދަތުރުތަކާއި، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދަތުރުތައް އެންމެ ގިނައިން ދަތުރުކުރާ ދުވަސްވަރު ކަމަށް ވުމުން އެއަރޕޯޓްތައް ތޮއްޖެހުމުގެ ސަބަބުން ޓޯކިޔޯ ހަނޭޑާ، ސިންގަޕޫރު ޗަންގީ، ޖަކާޓާ، ބެންކޮކް، ބެއިޖިން، އަދި އިންޗިއޮން ފަދަ އެއާޕޯޓުތަކުން ބާރުބޮޑުވެ، ދަތުރުތައް ކެންސަލް ކުރަން ޖެހިފައިވެއެވެ. 

މި ކަމުގެ ސަބަބުންނއެތައް މިލިއަން ރައްޔިތުންނަކަށް ވަނީ އެކި ވަރުގެ ގެއްލުންތަކާއި އުނދަގޫތައް ކުރިމަތިވެފައެވެ. އަދި މައްސަލައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ސިޓީތަކުގެ ތެރޭގައި ޓޯކިޔޯ، ބެއިޖިން، ޖަކާޓާ، ބެންކޮކް، ސިންގަޕޫރު އަދި ސޯލް ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ