ފީފާ ވޯލްޑްކަޕް 2026ގެ ޓިކެޓް
ދުނިޔެ
14 Dec 2025 | 11:26
އަންނަ އަހަރު ބާއްވާ ވޯލްޑްކަޕްގެ ޓިކެޓް ގަންނަން 5 މިލިއަނަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި: ފީފާ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޓިކެޓް އަގު ބޮޑު ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، މިހާތަނަށް ފަސް މިލިއަނަށް ވުރެ ގިނަ ޓިކެޓަށް އެދޭ ފޯމު ހުށަހަޅައިފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.

ފީފާއިން ބުނި ގޮތުގައި 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގު ބޮޑު ކަމަށް ބުނެ ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ޓިކެޓް ވިއްކަން ފެށި ފަހުން މިހާތަނަށް ފަސް މިލިއަނަށް ވުރެ ގިނަ ޓިކެޓަށް އެދޭ ފޯމު ވަނީ ހުށަހަޅާފައެވެ.

ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި މުބާރާތަކީ 48 ޓީމު ބައިވެރިވާ ފުރަތަމަ ވޯލްޑް ކަޕެވެ.

ފީފާއިން ބުނި ގޮތުގައި 200 އަށް ވުރެ ގިނަ ގައުމުގެ ސަޕޯޓަރުން ޓިކެޓަށް އެދިފައިވާ އިރު، މިހާތަނަށް އެންމެ ގިނަ ބަޔަކު ބަލަން ބޭނުންވެފައިވަނީ ޖޫން 27 ގައި މިއާމީގައި ކޮލަމްބިއާ އާއި ޕޯޗުގަލް ބައްދަލުކުރާ ގްރޫޕް ސްޓޭޖް މެޗެވެ.

އަދި އެންމެ ގިނަ ޓިކެޓް އެދޭ ފޯމު ހުށަހަޅާފައިވަނީ މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ އިން ކަމަށާ، އެ ތިން ގައުމާ ޖެހިގެން އެންމެ ގިނަ ޓިކެޓް އެދޭ ފޯމު ހުށަހަޅާފައިވަނީ ކޮލަމްބިއާ، އިނގިރޭސިވިލާތް، އެކުއެޑޯ، ބްރެޒިލް، އަރޖެންޓީނާ، ސްކޮޓްލެންޑް، ޖަރުމަނު، އޮސްޓްރޭލިއާ، ފްރާންސް އަދި ޕެނަމާ އިން ކަމަށް ބުނެފައިވެއެވެ.

މި މުބާރާތް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާއިރު، ޓިކެޓްތަކުގެ އަގު ކަނޑައަޅާފައިވާ ގޮތާމެދު ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

އެގޮތުން ފުޓުބޯޅަ ސަޕޯޓަރުންގެ ޖަމްއިއްޔާ (އެފްއެސްއޭ) އިން ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖްގެ ޓިކެޓްތަކަށް ވުރެ މިފަހަރުގެ ޓިކެޓްތައް ތިން ގުނަ އަގުބޮޑު ކަމަށާއި، ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ޓިކެޓްގެ އަގު 3،119 ޕައުންޑަށް އަރާ ކަމަށް ބުނެފައެވެ.

2022 ވަނަ އަހަރު ގްރޫޕް ސްޓޭޖް ޓިކެޓް 68.50 ޕައުންޑް، 164.50 ޕައުންޑް އަދި 219 ޕައުންޑް އަށް ލިބުނު އިރު، އަންނަ އަހަރު އިނގިރޭސިވިލާތާއި ކްރޮއޭޝިއާ އަދި ސްކޮޓްލެންޑާއި ބްރެޒިލް ކަހަލަ ގްރޫޕް ސްޓޭޖް މެޗުތަކުގެ ޓިކެޓްގެ އަގުތައް ވަނީ 198 ޕައުންޑް، 373 ޕައުންޑް އަދި 523 ޕައުންޑް އަށް ބޮޑުވެފައެވެ.

ކުއާޓާ ފައިނަލް ޓިކެޓްތައް 507 ޕައުންޑް، 757 ޕައުންޑް އަދި 1,073 ޕައުންޑަށް އަގުބޮޑުވާ އިރު، ސެމީ ފައިނަލް ޓިކެޓް 686 ޕައުންޑް، 1,819 ޕައުންޑް އަދި 2,363 ޕައުންޑަށް އަދި ފައިނަލްގެ އެންމެ އަގުހެޔޮ ޓިކެޓް ފެށެނީ 3,119 ޕައުންޑުންނެވެ. މީގެ އިތުރުން ކުޑަކުދިންނާއި އެހެނިހެން ގްރޫޕްތަކަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެ ގޮތްތަކެއް ހަމަޖައްސާފައެއްވެސް ނުވެއެވެ.

ސަޕޯޓަރުންގެ ޖަމްއިއްޔާތަކުން ވަނީ މި އަގުތަކުގެ ސަބަބުން ސަޕޯޓަރުންނަށް މުބާރާތް ބެލުމުގެ ފުރުސަތު ނުލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އަދި މިއީ، ހުރިހާ ގްރޫޕް ސްޓޭޖް މެޗުތަކަށް އެއް އަގެއް ކަނޑަނާޅައި، މެޗުގެ މަގުބޫލުކަމަށް ބަލައި އަގުތައް ކަނޑައަޅާ ފުރަތަމަ ފަހަރު ކަންވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.