16 Oct 2018 | 10:29
ރިޔާސީ އިންތިހާބު ބާތިލް ކުރުން: ފަހު އަޑުއެހުންތައް ސުޕްރީމް ކޯޓްގައި ފެށިގެން ކުރިއަށް

ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށައެޅުއްވާފައިވާ މައްސަލައިގެ ފަހު އަޑުއެހުންތައް ސުޕްރީމް ކޯޓްގައި މިއަދު 10:30 ގައި ފެށިއްޖެއެވެ.

އިއްޔެ ޝަރީއަތުގެ މަޖްލީހަށް ރައީސް ޔާމިންގެ ފަރާތުން ސިއްރު ހެކީންގެ ގޮތުގައި ހުށަހެޅުއްވި ތިން މީހުންގެ ހެކިބަސްް ބަލައިގަތުމާ މެދު މިއަދު ގޮތެއް ނިންމާނެ ކަމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ.

ސިއްރު ހެކިން ހުށައަޅުއްވާފައިވަނީ އިންތިހާބު ބާތިލް ކުރުމަށް ހުށަހެޅުއްވި މައްސަލައިގައި ވޯޓް އޮޅުވާލުމުގައި ބޭނުން ކުރުމަށް އަނގޮޓިތަކެއް ރާއްޖެއިން ބޭރުން ގެނައި ކަމަށް ބުނާ މައްސަލައިގައެވެ.

މީގެ އިތުރުން މިމައްސަލައިގެ ގޮތުން މިއަދު ފަނޑިޔާރުންގެ މަޖިލީހުން ގޮތް ނިންމަވާނެއެވެ

އިންތިހާބްގެ އަޑުއެެހުމަށް ވަނުމަށް މިއަދުވެސް ގިނަ އަދަދެއްގެ ރައްޔިތުން ތަކެއް ސުޕްރީމް ކޯޓޤ ދަށައްވަނީ އެއްވެފައެވެ. ނަމަވެސް ސުޕްރީމް ކޯޓްގެ ޖާގައިގެ ދަތިކަމުން ގިނަ އަދަދެއްގެ ބަޔަކަށް މިއަދުވެސް ވަދެވޭގޮތް ވަނީ ނުވެފައެވެ.

އިއްޔެ އެެކޭ އެއްްފަދައިން މިިިއަދުވެސް ނަންނޯޓް ކުރުން ވަނީ 8:30 ގައި ހުޅުވާލާފައެވެ.

ސުޕްރީމް ކޯޓްގެ ޝަރީއަތް ތަކުގެ އަޑުއެހުން ތަކަށް ނަންނޯޓް ކުރުން އާންމު އުސޫލެއްގެ ދަށުން އިންނަނީ އަޑުއެހުން ފެށުމުގެ 1 ގަޑިއިރު ހުރިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jul 2026
ނަތަންޔާހޫ އެމެރިކާ ދަތުރާ ގުޅިގެން އީރާނުގެ އިންޒާރެއް
ނަތަންޔާހޫ ވޮޝިންޓަނަށް މާދަމާ ދާއިރު، މި ދަތުރާ ގުޅިގެން މަޝްރަހް ވަނީ އިތުރަށް ގޯސްވެފައެވެ. މި ދަތުރުގެ މައިގަނޑު ވާހަކައަކީ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައެވެ
26 Jul 2026
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި
އުދަ އަރައި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ
26 Jul 2026
މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
26 Jul 2026
ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި
ކުޅުދުއްފުށީ ސިޓީގައި ޕޯސްޓުގެ ޚިދުމަތްތައް ސީނާ ބިލްޑިންގަށް ބަދަލުކޮށް ޕިކްޕޯސްޓް ޚިދުމަތް ފަށާފައިވާއިރު، ކިއުގައި މަޑުނުކޮށް ފަސޭހަ ވަގުތެއްގައި ޕާރުސަލް ބަލައިގަނެވޭނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.
26 Jul 2026
ދެތިން މަސްތެރޭ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ: ރައީސް
ރައީސް ވިދާޅުވީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން، ރައްޔޮތުން ހާލުގައި ޖެއްސުމަށް ބައެއް ފަރާތްތަކުން ކުރި މަސައްކަތުގެ ސަބަބުން ބޭސް ލިބުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނީ ކަމަށެވެ.
26 Jul 2026
ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އަދި އިތުރު އޮފަރތައް
މި އޮފަރގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ ހޯދުމަށް ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، 26 ޖުލައި 2026 ގެ އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރެވޭނެއެވެ.
26 Jul 2026
އެމްޑީޕީ ވެރިކަމުގައި ރާއްޖޭގައި އޮތީ ޕްރޯ އިސްރާއީލް ޕޮލިސީއެއް: ރައީސް
އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ރާއްޖެއިން އިސްރާއީލާއެކު ގުޅުން ބޭއްވި ކަމަށާ އޭރު ރާއްޖޭގައި އޮތީ ޕްރީ އިސްރާއީލް ޕޮލިސީއެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
26 Jul 2026
ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި ޚިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.