މިހާރު މިސްކިތްތަކުގައި ބަހައްޓާފައިވާ ތަކެތި -- ފޮޓޯ: ޝެއިހް ޒަމްޒަމް
ދީން
18 Dec 2025 | 19:02
މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުން ރަނގަޅެއް ނޫން: ފަތުވާ

މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުން ރަނގަޅެއް ނޫން ކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ނެރެފި އެވެ.

ފަތުވާ މަޖިލީހުން ސުތުރާ ބަހައްޓާ މައްސަލާގައި ނެރުނު ފަތުވާގައި ބުނެފައި ވަނީ މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާ މައްސަލައެއް ކަމުން މި މައްސަލަ އަކީވެސް ފިގުހީ އެހެން މައްސަލަތައް ފަދައިން ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ.

އިލްމުވެރީންގެ ތެރެއިން އެއް ބަޔަކު ދެކެވަޑައިގަންނަވާ ގޮތުގައި މިކަމަކީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާ ނަމަވެސް އިލްމުވެރީންގެ ތެރެއިން އަނެއް ބަޔަކު އެކަން މަނާކުރާ ކަމަށެވެ.

ރަސޫލާގެ ޒަމާނުގައި ސުތުރާއަށް ބޭނުން ޖެހިފައިވާ ހާލުގައިވެސް އަދި މިސްކިތުތެރެއަށް އެފަދަ ތަކެތި ވެއްދުމުގެ އޮތްއިރުވެސް މިސްކިތުގެ ތެރެއަށް ސުތުރާގެ ގޮތުގައި ވަކި ހާއްސަ އެއްޗެހިތަކެއް ހަދައިގެން ވައްދާފައިނުވާކަން އެނގޭ ކަމަށް ފަތުވާގައިވެ އެވެ. އަދި އެ ޒަމާނުގައި ސުތުރާގެ ގޮތުގައި ހާއްސަ އެއްޗެއް ބޭނުންކުރައްވާގައިނުވާ ކަން ވެސް ދޭހަވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މިހާރު މިސްކިތްތަކުގައި ބަހައްޓާފައިވާ ތަކެތި -- ފޮޓޯ: ޝެއިހް ޒަމްޒަމް

އެ ދުވަސްވަރު މިސްކިތުން ބޭރުގައި ސުތުރާ ގޮތުގެ ބޭނުންކޮށްފައި ވަނީ އާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެތި ކަމުން ފަތުވާ މަޖިލީހުގެ މެންބަރުން ބުރަވަނީ ސަލަފުއްސާލިހުންގެ ޒަމާނުގައި ނުކުރައްވާ ކަމެއް މި ދުވަސްވަރު ވެސް އަދި މީގެ ފަހުން ވެސް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައި ބަޔާންކޮށްފައިވެ އެވެ.

ސުތުރާގެ ހުކުމް 

ފަތުވާގައި ބުނެފައިވަނީ ސުތުރާ ބޭނުންކުރުމުގެ މައްސަލާގައި ފިގުހުގެ ގިނަ އިލްމުވެރީންގެ ނަޒަރިއްޔާއަކީ ސުތުރާ ބެހެއްޓުމަކީ ސުންނަތެއް ކަމަށެވެ. ނަމަވެސް ފަހުގެ ބައެއް އިލްމުވެރީން ސުތުރާ ވާޖިބު ކަމަށްވެސް ވިދާޅުވާ ކަމަށެވެ.

މި ގޮތަށް ވިދާޅުވާ އިލްމުވެރީންގެ ތެރޭގައި އައްޝައިހް މުހައްމަދު ނާސިރުއްދީން އަލްބާނީ އާއި އައްޝައިހް މުޤުބިލް ބުނު ހާދީ އަލްވާދިޢީ އަދި އަައްޝައިހް އަބްދުއްރައްޒާޤް އަފީފީ ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގިނަ އިލްމުވެރީން ވިދާޅުވަނީ އެއީ ސުންނަތެއް ކަމުގައި ފަތުވާ މަޖިލީހުން ބުނެފައިވެ އެވެ.

ސަލާމާއި ސަލަވާތް ލެއްވި އިތުރު މާތް ނަބިއްޔާގެ ޒަމާނުގައި މިސްކިތުގައި ސުތުރާއަށް ބޭނުންޖެހިފައިވީއިރުވެސް އެކަމަށް ހާއްސަ އެއްޗެއް ބަހައްޓާފައިނުވާ ކަމަށް ބަޔާންކޮށް އެކަމުގެ ދަލީލު ގެނެސްފައިވެ އެވެ.

ނަމަވެސް މިސްކިތުން ބޭރުގައި ނަމާދުކުރައްވާއިރު ސުތުރާ ބެހެއްޓެވިކަން ސާބިތުވާ ކަމަށާ ސުތުރާގެ ގޮތުގައި ބަހައްޓަވާފައިވަނީ އެހެން ކަންކަމަށް ބޭނުންކުރައްވާ ތަކެތި ކަމަށާ ވަކި އެއްޗެއް ހައްދަވައިގެން ބޭނުމެއް ނުކުރައްވާ ކަމަށެވެ. އެގޮތުން ބޭނުން ކުރައްވާފައި ވަނީ ފާރު, އަސާ, މީހުން, ތަންމަތި, އެނދު, ދުނި ނުވަތަ ތީރު, ސަވާރީ, އަސްދާނުގޮނޑި އަދި ގަސްފަދަ ތަކެތި ކަމަށް ފާހަަގަކޮށްފައިވެ އެވެ.

ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރެފައި މިވަނީ ރާއްޖޭގެ މިސްކިތްތަކުގައި ސުތުރާގެ ގޮތުގައި ބޭނުންކުރުމަށް ތަފާތު ޑިޒައިންތަކަށް އެކި ކަހަލަ ތަކެތި ހަދާ މިސްކިތުގެ ތެރެއަށް ވެއްދުން އާންމުވެފައި ވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.