ޖަލްސާ ގައި މަންފާގެ ރައީސް ވާހަކަ ދައްކަވަނީ --
ހަބަރު
22 Dec 2025 | 16:37
ދަޢުވަތުގައި މިހާރު ކުރިމަތިވާ ހުރަސްތައް ތަފާތު؛ އެކަމަކު ފަސްޖެހުމެއް، ހުއްޓުމެއް ނެތް: އަލީ ރަމީޒް

ދަޢުވަތުގެ މަސައްކަތަށް މިހާރު ދިމާވާ ހުރަސްތައް ތަފާތު ކަމަށާ ނަމަވެސް އެ މަސައްކަތުގައި ކުޑަވެސް ފަސްޖެހުމެއް، ހުއްޓުމެއް ނެތް ކަމަށް ދީނީ ދަޢުވަތު ފެތުރުމުގައި ރާއްޖޭގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއް ބޭފުޅެއް ކަމަށްވާ އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.

އަލީ, މިހެން ވިދާޅުވީ ހދ. ހަނިމާދޫގައި އަލަށް އުފެއްދި "ހަނދުމަ" ޖަމިއްޔާ އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވާ ވާހަކަ ދައްކަވަމުންނެވެ. ހަނިމާދޫގެ ވަަރަށް ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ދަޢުވަތުގެ މި މަސައްކަތުގައި 22 އަހަރުވީއިރު ވަރަށް ގިނަ މަންޒަރުތަކާއި އަޑުތައް އިވި ދަތި އުނދަގޫ ތަޖުރިބާތައް ކުރެވިފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެ އެތައް ފުރައްސާރައަކާއި މަލާމާތެއް އަދި އަސާސެއް ނެތް ތުހުމަތުތަކުން ނަފްސު ކަތިލުމަށް އެތައް މަސައްކަތްތަކެއް އެކި ފަރާތްތަކުން ކޮށްފައިވާ ކަމަށެވެ.

"ދައުވަތުގެ މި މަސައްކަތަކީ އެއްވެސް ޒަމާނެއްގައި ފަސޭހަ މަސައްކަތެއް ނޫން. މިއީ ގޮންޖެހުން ބޮޑު މަސައްކަތެއް. އެންމެ ފުރަތަމަ އަޅުގަނޑުމެން މި މަސައްކަތް ފެށި ދުވަސްވަރަކީ ވަރަށް ދަތި އުނދަގޫ އެހާމެ ބިރުވެރި ދުވަސްވަރެއް. ދީނީ ވާހަކަ ދެއްކުމާއި ދައުވަތުގެ މަސައްކަތް ކުރުމަކީ އޭރު ކުށެއް. މީހުންނަށް ކުރަން ނުކުރޭ ކަމެއް. އެންމެ ހަނދާނެއް ދަންނަވާލާނަން. އެއް ރެއެއްގެ އިރާކޮޅު ދެތިން ކުއްޖަކާއެކު ގޭގައި ވާހަކަ ދައްކާލަން ތިއްބާ ފުލުހުން އައިސް އަޅުގަނޑުމެން ފުލުހަަށް ގެންދިޔަ. ކުށަކީ ތުބުޅިލާފައި ތިބި ބަޔަކާއެކީ ތިބުން. ދީނީ ދަރުސްތައް ހިމެނޭ ސީޑީތައް ބެހީ ވަގަށް. ދީނީ ލީފްލެޓްތައް ބެހީ ވަގަށް. އެކަމަކު މާތްﷲ ތަނަވަސް ރަޙްމަތުން އެ ދުވަސްތައް މިއަދު މިވަނީ މާޒީވެފައި. އެފަދަ އެތައް ކަމެއް އޭރު ހިނގި" ކުރީގެ ހަނދާންތައް އައު ކުރަމުން އަލީ ވިދާޅުވި އެވެ.

ޖަލްސާގައި އަލީ ރަމީޒްއާ ޑރ. އިމްރާން 

އޭގެ ފަހުން އަލީ ވިދާޅުވީ އެ ދުވަސްތައް މާޒީވެ ދިޔަ ނަމަވެސް ދައުވަތަށް އޮތް ހުރަސްތައް ފިލާ ނުދާ ކަމަށެވެ. އަދި މިއަދު ހުރަސްތައް ކުރިމަތިވަނީ ހީވެސް ނުކުރާ ބައެއްގެ ފަރާތުންކަމަށް ވިދާޅުވި އެވެ. އަދި ކުރިން ހުރަސްތަކާ ކުރިމަތިލި ގޮތަށް މިއަދުވެސް ކުރިމަތިވާ ހުރަސްތަކާ ފަސޭހަކަމާއެކު އިންޝާﷲ ކުރިމަތިލާނެކަމަށް ޢަލީ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލަކަށް ޢަލީ ނުދެއެވެ.

އެ ހުރަސްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން އަލީ "ވޮއިސް" އަށް ވިދާޅުވީ ހުރިހާ ވާހަކަތަކެއް މިވަގުތު ތަފްސީލާއެކު ހާމަކުރުމަކީ ފަސޭހަ ކަމެއް ނޫން ކަަމަށެވެ. އަދި ދައުވަތުގެ މަސައްކަތުގައި ދެމި ހުރީ އެކި ގޮތްގޮތުން ތަފާތު ހުރަސްތައް ކުރިމަތިވާނެކަން ވަރަށް ރަނގަޅަށް އެނގި ހުރެ ކަމަށް ވިދާޅުވި އެވެ.

ޖަމިއްޔާތަކަށް އައްޔަގެ ޚާއްސަ މެސެޖެއް

މި ޖަލްސާގައި އަލީ ރަމީޒު ވަނީ ޖަމިއްޔާތަކަށް ޚާއްސަ މެސެޖެއް ދެއްވާފަ އެވެ.

އެންމެ ފުރަތަމަ ވެސް ދަންނަވާލަން ބޭނުންވަނީ ޖަމިއްޔާއެއް އަޅުގަނޑުމެން މި އުފައްދަނީ ވަކި ޚާއްސަ މަޤްސަދަކަށްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭކަން. އެއީ ޓީމެއްގެ ގޮތުގައި މި މަސައްކަތުގައި ދެމިތިބުމަށް. އެއްގޮތަކަށް ވެސް މިއީ އަޅުގަނޑުމެން ބައިބައިކުރާ، އަދި ފިތުނަ ކުރުވާ ކަމަކަށް ވެގެން ނުވާނެ. އަމުދުން މި މަސައްކަތަކީ ވަކި މީހެއްގެ، ވަކި ޖަމިއްޔާއަކަށް ޚާއްސަ ކަމެއް ނޫން. ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ހުރި އަަޅުގަނޑުމެންގެ ކޮންމެ މީހަކު ދަޢުވަތުގެ މި މަސައްކަތުގައި ބައިވެރިވާން ޖެހޭ," އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ޖަމިއްޔާތަކަށް ގޮންޖެހުންތައް ކުރިމަތިވަނީ މަވެތިކަން އިސްކޮށް ޖަމިއްޔާއަކީ ބައެއްގެ ތަރިިިކަ މުދަލެއް ކަމުގައި ދެކި އަދި ވަކި ބަޔަކަަށް ނޫނީ ދައުވަތުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބަޔަކަށް ޤަބޫލުކުރެވޭ ހިސާބުން ކަމަށެވެ. އަދި ޖަމިއްޔާ އުފެއްދި ހަޤީޤީ މަޤްސަދު ހަނދާން ނައްތާލާ މަޤާމާއި ޖާހަށް މަސައްކަތް ކުރަން ފެށުމުން ކަމަށެވެ.

ހަނދުމަ ޖަމިއްޔާގެ އިފްތިތާހީ ޖަލްސާ

އެހެން ކަމުން އެފަދަ ހުރިހާ ކަމަކުން އަބަދުމެ ދުރުވެ ތިބުމަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި ކުރިމަތިވާ ކަންކަމާއި ހުޝިޔާރު ކަމާއި ޙިކުމަތްތެރިކަމާއެކު ކުރިމަތިލާ ކެތްތެރިކަން އިސްކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.

"ހުރިހާ ވެސް އިޚްލާސްތެރި ކަމެއް އޮންނަވީ މާތްﷲއަށް. ކާމިޔާބު އޮތީ އެގޮތުގައި ކުރިއަށް ގޮސްގެން ކަމީ ޝައްކެއް ހުރި ކަމެއް ނޫން. ބައިބައިވުމަށް އެއްވެސް ފުުރުސަތެއް ނުދެއްވާ. ޒާތީ ތަޢައްޞަބު ދޫކޮށްލައްވާ. އެންމެންނާއި ވެސް ގުޅިގެން މަސައްކަތް ކުރާ ބަޔަކަަށް ވެލައްވާ. ޖަމިއްޔާގެ ތެރޭގައި ވަކި ބަޔަކު ގަދަވެ ވަކި ބަޔަކު ނިކަމެތި ކުރުމަށް ފުރުސަތު ނުދެއްވާތި. ފެކްޝަންތައް އުފައްދާ ވަކިވަކީން މަސައްކަތް ކުރާ ބަޔަކަށް ވެނުލައްވާތި. ޖަމިއްޔާގެ ކަންކަމަކީ ވަކި ދެތީން މީހަކު ގޮތް ނިންމާ އަދި ވަކި ކަންކަމަކީ ދެތިން މީހަކަށް ނޫނީ އެނގެންޖެހޭ ކަންކަމުގެ ގޮތުގައި ދެކި އެގޮތަަށް އަމަލު ނުކުރައްވާތި. މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ނިންމަވާތި. ޚިޔާލުތަފާތުވުމެއް އުފެދިއްޖެނަމަ އެންމެ މަސްލަހަތު ހުރި ގޮތަކަށް ވީހާވެސް އަވަހަކަށް ޙައްލު ކުރައްވާ. ކާމިޔާބު އޮތީ ގުޅިގެން މަސައްކަތް ކުރުމުގައި. މުރާލިވެ ހީވާގިވެ ޒަމާނީ ވަސީލަތްތަކާއި އުކުޅުތައް ބޭނުންކޮށްގެން ދަޢުވަތު ކުރިއަށް ގެންދަވާތި" އަލީ ރަމީޒު ވިދާޅުވި އެވެ.

ދަޢުވަތުގެ މަސައްކަތް ދޫކޮށްލުމެއް ނެތް

ދަޢުވަތުގެ މަަސައްކަތުގައި މިހާރު އެންމެ ފާހަގަކޮށްލެވޭ މަންފާ ޖަމިއްޔާގެ ރައީސް އަދި އެ ޖަމިއްޔާގެ މުއައްސިސް ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ކުރެވުނު ތަޖުރިބާއިން މަސައްކަތް ދޫކޮށް މައިދާނުން ހިނގައިދާނެ ކަމަށް ބަޔަކަަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

"އިންޝާﷲ މި މަސައްކަތުގައި އިއްޔެއަށް ވުރެ ބާރަށް ކުރިއަށްދާން މި ހުރީ ތައްޔާރަށް. ކުރިއަށް ވުރެ މާ ގަދަ ހިތްވަރުގައި އިރާދަކުރެއްވިއްޔާ މި މަސައްކަތުގައި ދެމި ހުންނާނަން. އަޅުގަނޑުގެ ދުޢާއަކީ އެކަމުގެ ހެޔޮ ތަޢުފީޤު ﷲ ދެއްވުން" އަލީ ވިދާޅުވި އެވެ.

ކޮމެންޓް
މަޖީދު
ވަރަށް އިބުރަތްތެރި ބަސްކޮޅެއް އަލީ ރަމީޒް. ޝުކުރިއްޔާ.
22 Dec 2025
ފަރީޝާ
ޢާޓިކަލް ކިޔާލުމުން ވަރަށް ގިނަ ކަންކަން އެބަ ވިސްނޭ. ސަލަފު ޖަމިއްޔާއިން އަލީ ރަމީޒު ވަކިވި ސަބަބުވެސް ވިސްނޭ. ޢަލީގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި
22 Dec 2025
ނަސީމް
ސަލަފު ޖަމިއްޔާއިން އައްޔައަށް ބޮޑު އަނިޔާއެއް ދިނީ. އަހަރެމެންނަށް އެކަން އެނގޭ. އަދި އެކަންވެސް ތިލަވާނެ ދުވަހެއް އަންނާނެ.
22 Dec 2025
އަޙްމަދު މަޖީދު
އަލީ ވިދާޅުވި ގޮތުގައި ޖަމިއްޔާތަކަށް ގޮންޖެހުންތައް ކުރިމަތިވަނީ މަވެތިކަން އިސްކޮށް ޖަމިއްޔާއަކީ ބައެއްގެ ތަރިިިކަ މުދަލެއް ކަމުގައި ދެކި.... މީ ސަތޭކައިގެ ވަހަކައެއް.
22 Dec 2025
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.