މިއަދު އޮތް ބައްދަލްވުން އަދި ކުރީން އޮތް މަޝްވަރާ
ރިޕޯޓް
24 Dec 2025 | 16:23
އެމްޑީޕީ މެންބަރުން އެންމެ އެދުނު މަންޒަރު މި ފެނުނީ ފަޔާގެ ބޮޑު ގުރުބާނީން

މިއަދަކީ އެމްޑީޕީ މެންބަރުންނަށް ވަރަށް އުފާވެރި ދުވަހެކެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވާ ޕާޓީގެ ބަދަހިކަމާއި ކާމިޔާބީއަށް ދެ ރައީސުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވި ދުވަހެވެ.

ދެ ރައީސުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތައް އެއްކިބާކޮށް އެމްޑީޕީގެ ކުރިމަގަށް މަސައްކަތް ކުރައްވާނެ ކަމަށް ދެ ރައީސުން ވަނީ ވިދާޅުވެފަ އެވެ. މިއީ ސިޔާސީ މައިދާނުގެ ހިސާބު ޖައްސަވާ ބައެއް ބޭފުޅުން ދުވަހަކުވެސް ފެންނާނެ ކަމަށް ހީކުރި މަންޒަރެއް ނޫނެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ހީނަރުވެފައި އޮތީ އެ މިންވަރަކަށް ނޫނެވެ. ތުހުމަތުތަކާއި ފާޑުކިޔުންތައް ގެންދަވާފައި އޮތް މިންވަރުން ދެ ރައީސުން ދެން އެކުގައި ފެންނާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ނުކުރެވުނީ އެވެ. ހުދު އެމްޑީޕީގެ ގިނަ މެންބަރުންގެ ގަބޫލުކުރުން އޮތީވެސް އެ އެގޮތަށެވެ.

ނަމަވެސް އެމްޑީޕީއަށް އެންމެ އުނދަގޫ ވަގުތު އެ ޕާޓީ ހިންގެވި, ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދުވަހަކުވެސް އެ އުންމީދު ގެއްލުވާ ނުލައްވަ އެވެ. މިއަދުގެ މަންޒަރު ހަގީގަތަކަށް ހެއްދެވުމަށް ވަރަށް ހިކުމަތްތެރިކަމާއެކު މަަސައްކަތް ކުރެއްވި އެވެ. އެކަމަށް ހަގީގަތް ގަބޫލުކުރާ ކޮންމެ މީހަކު ހެކިވާނެ އެވެ. އެ ހަގީގަތް ފަހަތަށް ޖެހި ރަނގަޅަށް ބަލާލުމުން އެ އޮތީ ފެންނާށެވެ.

އެންމެ ހިޔާލުތަފާތުވުން ބޮޑުވި ވަގުތު ފައްޔާޒް, ދެ ރައީސުންނާއެކު މަޝްވަރާ ކުރައްވަނީ --

އެމްޑީޕީން ނަޝީދު ވަކިވެވަޑައިގެންނެވުމުގެ ކުރީން އޮތް ގައުމީ މަޖިލީހުގެ ޖަލްސާ ހަނދާނަށް ގެނައުމުން ވެސް ޕާޓީގެ ބަދަހި ކަމަށް ފައްޔާޒު ކުރެއްވި މަސައްކަތުގެ ހެއްކަކަށް ފުދެ އެވެ. އެ ބައްދަލްވުން އެންމެ ހޫނުވި ވަގުތު ފައްޔާޒު ވަނީ ދެ ރައީސުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފަ އެވެ. މައްސަލަ ހައްލުކުރައްވާ ފިނި ކުރެއްވުމަށް ފައްޔާޒު ދެއްކެވީ ނަމޫނާ ލީޑާޝިޕެކެވެ.

ފައްޔަ, ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއި ގުޅުން ބަދަހިކުރެއްވުން

ރިޔާސީ އިންތިހާބު ނިމި މަޖިލީސް އިންތިހާބާ ހަމައަށް އައިރުވެސް އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ ގުޅުން އޮތީ ވަރަށް ހީނަރު ކޮށެވެ. ދެ ޕާޓީގެ ލީޑާޝިޕްގެ މެދުގައި އޮތީ ވާދަވެރި ކަމެވެ. ބަހުގެ ހަމަލާތައް ބަދަލުކުރުމާއި ފާޑުވިދާޅުވުމެވެ. އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތު އެޅުވުމެވެ.

ނަމަވެސް އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނަވާ ފައްޔާޒް ގެންދެވީ ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއި ގުޅުން ބަދަހި ކުރައްވަމުންނެވެ. ބޭރަށް ވަޑައިގެން ދަތުރުފުޅެއްގައި ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއެކު ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖެ ވަޑައިގެން ދަ ޑިމޮކްރެޓްސްގެ މެންބަރުން ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ވެސް ފައްޔާޒް ބައިވެރިވެވަޑައިގަތެވެ.

ނަޝީދުގެ އަރިހުގައި ފައްޔާޒް ރާއްޖެއިން ބޭރުގައި: އަބަދުވެސް މަސައްކަތް ކުރެއްވީ އެމްޑީޕީ ބަދަހިކުރެއްވުމަށް --

ފައްޔަގެ ހުރިހާ ވެސް އަމާޒަކީ އެމްޑީޕީ އަލުން އެއްކުރުމެވެ. ދެ ރައީސުންގެ ގުޅުން އަލުން ބަދަހި ކުރެއްވުމެވެ. ނަތީޖާއެއްގެ ގޮތުން ޑިމޮކްރެޓްސްގެ އިސް ހުރިހާ ބޭފުޅުން ހިމެނޭހެން ޕާޓީގެ ގިނަ މެންބަރުން އެމްޑީޕީއާ ގުޅޭން ނިންމި އެވެ. އެކަމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. ކުލަގަދަ އެ ރަސްމިއްޔާތު ފައްޔާޒުގެ ލީޑާޝިޕްގައި އިންތިޒާމު ކުރެއްވީ ޕާޓީއާ އަލުން ގުޅޭ ބޭފުޅުންނަށް އެންމެ ފަސޭހަވާނެ ގޮތަށް އެ ބޭފުޅުން އެދުނު ގޮތަށެވެ. އެއީ ޕާޓީގެ ބަދަހިކަމަށް ހުޅުވެމުންދިޔަ ދޮރު އަލުން ލެއްޕުނަ ނުދިނުމަށެވެ.

ކައުންސިލް އިންތިޚާބުގެ ކެންޕެއިން އެމްޑީޕީން ފެށުން: ފޮޓޯ/ އެމްޑީޕީ

އޭގެ ފަހުން ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ވެސް ފައްޔާޒް ވަނީ ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފަ އެވެ. އެ މަސައްކަތުގައި ވެސް ރައީސް ނަޝީދުގެ ބައިވެރިވުން ވަރަށް ބޮޑަށް ހިމެނުއްވި އެވެ. ބޭނުމަކީ ކުރީން އޮތް ހީނަރުކަން މުޅީން ފިލުވާލުމެވެ.

މަގާމުން އިސްތިއުފާ ދެއްވުން, ޕާޓީގެ ބަދަހިކަމަށް ވެވަޑައިގެންނެވި ގުރުބާނީއެއް

މި މަހުގެ 23 ވަނަ ދުވަހު އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއީލް ވަނީ އިސްތިއުފާ ދެއްވާފަ އެެވެ. އިސްތިއުފާ ދެއްވުމުގެ ކުރީން ގައުމީ މަޖިލީހުގެ އެ ރޭގެ ޖަލްސާގައި ފައްޔާޒް ވަނީ ތަގުރީރު ކުރައްވާފަ އެވެ.

އެމްޑީޕީގެ ބަދަހިކަމަށްޓަކައި އޭނާ ކުރެއްވި މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ. ޚާއްސަކޮށް ދެ ރައީސުންގެ ގުޅުން ބަދަހި ކުރައްވާ އެމްޑީޕީގެ ކުރިމަގަށް ކުރެއްވި އުންމީދާއި އެ މަގަށް ކުރެއްވި މަސައްކަތް ހާމަކުރެއްވި އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވަނީ ބަދަހިކަމަށް އޮތް ހުރަހަކަށް އޭނާ ވެވަޑައިނުގަތުމަށް ކަމަށް ވިދާޅުވި އެވެ. ޔަގީންކަން ދެއްވީ އެމްޑީޕީގައި ދެމި ހުންނަވާނެ ކަމެވެ. ދެން އޮތް ކޮންމެ ހައިިސިއްޔަތަކުން ޕާޓީގެ ކުރިއެރުމާއި ބަދަހިކަމަށްޓަކައި މަސައްކަތް ކޮށްދެއްވާނެ ކަމެވެ. އިސްލާހީ މަސައްކަތުގައި ދުވަހަކުވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމެވެ.

އަދި ޕާޓީގެ ރައީސާއި އެޑްވައިޒަރަށް ފުރިހަމަ އިހްތިޔާރާ ބާރާއެކު ޕާޓީ ހިންގަން ފުރުސަތު ދެއްވުމާއި އެތެރޭގެ އިންތިހާބު މިނިވަންކަމާއެކު ކުރިއަށް ގެންގޮސް ހަމަހަމަ ފުރުސަތު ފަހިކޮށްދެއްވަން ބޭނުންވާ ކަމަށެވެ. މިއީ މަދު ލީޑަރަކަށް ނޫނީ ވެވަޑައިގަންނަވަން ކެރިވަޑައިގަންނަވާނެ ގުރުބާނީއެއް ނޫނެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްްޔާޒް އިސްމާއީލް --

އެކަން ދެ ރައީސުން ވެސް ފާހަގަ ކުރެއްވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެދުނީއްސުރެ ޕާޓީއަށް ފައްޔާޒް އިސްމާއީލް ނުހަނު ގިނަގުނަ ހިދުމަތް ކޮށްދެއްވި އެވެ. ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގެން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ވަގުތު އެކަން ވެސް ކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި އެމްޑީޕީ ހިންގެވުމަށް އެޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒު އިސްމާޢީލް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އެކަން ޕާޓީގެ އެންމެހާ މެންބަރުން ބަލައިގަންނާނެ ކަމަށް ސޯލިހް ވިދާޅުވި އެވެ. ފައްޔާޒުގެ ޗެއާޕާސަންކަމުގެ ދައުރުގައި ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނުކަން ފާހަގަކުރައްވައި ޞާލިޙް ވިދާޅުވީ، އެ ހުރިހާ ވަގުތެއްގައި ވެސް ޕާޓީ ހިންގެވުމުގައި އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށެވެ.

ފައްޔާޒުގެ މި ގުރުބާނީގެ ނަތީޖާއެއްގެ ގޮތުން މިއަދު އެމްޑީޕީ އެ ވަނީ އެ ޕާޓީގެ ރަން ޒަމާނުގެ ދުވަސްތައް އަލުން އިއާދަކުރުމަށް ފުރުސަތު ފަހިކޮށްފަ އެވެ. އެ ޕާޓީގެ މެންބަރުން އެންމެ ބޭނުންވި މަންޒަރު ހަގީގަތަކަށް ހައްދަވައި ދެއްވާފަ އެވެ. އެންމެ ބޭނުންވި ދުވަސް ގެނެސް ދެއްވާފަ އެވެ. އެކަމަށް އެންމެ ބޮޑު ޝުކުރެއް ހައްގީ ޕާޓީގެ ކުރީގެ ޗެއާޕާސަން 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.