މުޝްރިފް
ހަބަރު
25 Dec 2025 | 18:48
އައްޑޫ ސިޓީއަށް ހަގީގީ ސިޓީއެއްގެ ކުލަވަރު ގެނައުމަށް މުޝްރިފް

މެނޭޖްމަންޓް އަދި އިދާރީ ދާއިރާއިން ގިނަ ތަޖުރިބާއެއް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށްވާ މުޝްރިފް ޢަލީ، އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން  ވަނީ ނިންމަވައިފައެވެ. ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި މުޝްރިފް އެ މަޤާމަށް ވާދަކުރައްވާއިރު، ޕީއެންސީގެ ޕްރައިމަރީ އިންތިޚާބުގައި އޭނާގެ ކެންޑިޑޭޓް ނަންބަރަކީ 2 އެވެ.

އައްޑޫ ސިޓީއަށް ހަގީގީ ސިޓީއެއްގެ ކުލަވަރު ގެނައުމުގެ އަމާޒުގައި މި މަޤާމަށް ކުރިމަތިލެއްވި މުޝްރިފް ތަޢުލީމާއި ތަޖުރިބާގެ ގޮތުން ބެލި ނަމަވެސް އެފަދަ ދެވަނައެއް ނެތް ޒުވާނެކެވެ.

ޢިލްމީ ޤާބިލް ޒުވާނެއް

މުޝްރިފްގެ ތަޢުލީމީ ޙަޔާތަށް ބަލާލާއިރު، އޭނާ ޑިގްރީ ހާސިލްކުރައްވާފައިވަނީ އިންޑިއާގެ އެސް.ބީ.އާރ.އާރް. މަހާޖަނާ ފަސްޓް ގްރޭޑް ކޮލެޖުން ބެޗްލަރ އޮފް ސައިންސް (ކޮމްޕިއުޓަރ ސައިންސް، ފިޒިކްސް، މެތެމެޓިކްސް) އިންނެވެ. 2011 ވަނަ ހެދި އެ ކޯހުން އޭނާ ފާސްވެފައިވަނީ ފަސްޓް ކްލާހުންނެވެ. އެފަހުން 2018 ވަނަ އަހަރު އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް (ކޮމްޕިއުޓަރ ސައިންސް) ވެސް ވަނީ ހާސިލްކުރައްވާފައެވެ.

މުޝްރިފްގެ ކެމްޕެއިން ޕޯސްޓަރެއް

މުޝްރިފް އަކީ ތަޢުލީމާއެކު ތަޖުރިބާވެސް ނުހަނު ގިނަ ބޭފުޅެކެވެ. އެގޮތުން މުޝްރިފްގެ ދިގު މުއްދަތުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، އޭނާ މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އެސް.ޓީ.އޯ އައްޑޫ ޑިސްޓްރިބިއުޝަން ސެންޓަރުގެ ރީޖަނަލް ޑިސްޓްރިބިއުޝަން މެނޭޖަރެއްގެ މަގާމުގައެވެ. މި މަސައްކަތް އޭނާ ފެއްޓެވީ 2025 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.

އަދި، އޭނާ ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓޭރިއަޓްގެ ދަށުން ހިނގާ ހިތަދޫ ޓައުން އޮފީހުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމު ފުރުއްވާފައެވެ. މި މަގާމުގައި ހުންނަވައިގެން، ޓައުން އޮފީހުގެ ހަތަރު ޔުނިޓް (މުނިސިޕަލް ހިދުމަތްތައް، ސަޕޯޓް ހިދުމަތްތައް، ބިމާއި ބޯހިޔާވަހިކަން، އަދި ސޯޝަލް ހިދުމަތްތައް) ގެ މަސައްކަތްތައް ބެލެހެއްޓެވުމުގެ އިތުރުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް، މަސައްކަތްތައް ރޭވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.

އައްޑޫގެ އިތުރުން މުޝްރިފް ވަނީ ގދ. ފިޔޯރީ ކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަގާމުގައި ހުންނަވައި، އިންސާނީ ވަސީލަތްތަކާ ގުޅޭ ކަންކަމާއި، މާލީ ރިޕޯޓްތައް ތައްޔާރުކުރުން އަދި ސްޓްރެޓީޖިކް ޕްލޭންތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

މުޝްރިފްގެ ކެމްޕެއިން ޕޯސްޓަރެއް

ހަމައެހެންމެ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ސ.ހިތަދޫގައި އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމަންޓް ސާވިސް ސެންޓަރ މެނޭޖަރެއްގެ މަގާމު ވެސް މުޝްރިފް އަދާކުރައްވާފައިވެއެވެ.

މޭޔަރުކަމަށް މުޝްރިފް ޢަލީގެ ދުރު ރާސްތާ ޕްލޭން

އައްޑޫ މޭޔަރު ކަމަށް މުޝްރިފް ވާދަކުރައްވަނީ އެ ސިޓީއާއި ސިޓީގެ ރައްޔިތުންނަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވުމުގެ ނިޔަތުގައެވެ. އައްޑޫ ސިޓީއަކީ ތަޢުލީމަށް ލޯބިކުރާ ތަޢުލީމީ ޒުވާނުންތަކެއް އޮތް ސިޓީއަކަށްވާއިރު މުޝްރިފްގެ އަމާޒަކީ އެ ޒުވާނުންނަށް އެ ޢިލްމުގެ ބޭނުން ހިފޭނެ މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން މުޝްރިފް ތަޞައްވުރުކުރައްވާ އައްޑޫ ސިޓީ އަކީ ރައްޔިތުންނަށް ދިރިއުޅެން ހިތްފަސޭހަ، ސާފުތާހިރު ތަނެކެވެ. އެތަނުގައި އެންމެ ރައްޔިތުންވެސް ދިރިއުލެމުންދަނީ އެއްބައިވަންތަކަމާއެކުގައެވެ. އެއީ  އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރާ އައްޑޫއެކެވެ.

އޭނާގެ ތަޞައްވުރުގައި، އައްޑޫ ސިޓީ ކައުންސިލަކީ ދެފުއްފެންނަ ގޮތަށް މަސައްކަތްކުރާ، ރައްޔިތުންނަށް ޒިންމާދާރު ސިޓީ ކައުންސިލެކެވެ. އަދި އައްޑޫ ސިޓީގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ވެސް ހަމަހަމަ ފުރުސަތުތައް ހުޅުވައިލެވި، އެ ސިޓީއަކީ އައްޑޫ ސިޓީއަކީ މުޅި ސަރަހައްދުގެ އިގްތިސާދީ މައި މަރުކަޒެއްވެސް މެއެވެ.

މި ތަޞައްވުރުތައް ނުވަތަ ހުވަފެންތަކުގައި ހަޤީގީ ކުލަ ޖެއްސުމުގެ ޤާބިލުކަމާއި ހިތްވަރު މުޝްރިފްގެ އެބަހުއްޓެވެ. އޭނާގެ ދިގު މުއްދަތުގެ ތަޖުރިބާ އާއި ދުރު ރާސްތާ ރޭވުންތަކަށް ބަލާއިރު، އައްޑޫ ސިޓީއަށް ހަގީގީ ސިޓީއެއްގެ ކުލަވަރު ގެނައުމަށް އޭނާއަކީ ގާބިލް އަދި ކުޅަދާނަ ކެނޑިޑޭޓެކެވެ. އޭނާގެ ވައުދުތަކާއި އަމާޒުތަކަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ޔަގީންކޮށްދޭނެ ކަންކަމެވެ. އޭނާގެ ހުނަރުތަކާއި ލީޑަރޝިޕްގެ ގާބިލިއްޔަތުތަކުގެ ސަބަބުން، އައްޑޫ ސިޓީގެ ތަރައްގީއަށް އައު ހަލުވިކަމެއް ގެނެސްދީ އެއީ ހަގީގަތުގައިވެސް ސިޓީ އަކަށް ހަދައިދޭނެއެވެ.

އެޑިޓަރުގެ ނޯޓް
މިއީ ވިޔަފާރީގެ އުސޫލުން ލޯކަލް ކައުންސިލް އިންތިހާބް ކެމްޕެއިނަށް ޝާއިއުކޮށްފައިވާ ލިޔުމެކެވެ
ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.