މާލޭގެ ޕްރީ ސްކޫލެއްގެ ދަރިވަރުން މިއަދު ރިޕޯޓްފޯމާއެކު ގެއަށްދަނީ...ފޮޓޯ: ވޮއިސް
ހަބަރު
25 Dec 2025 | 11:39
ރިޕޯޓްފޯމް ލިބުމާއެކު، ދަރިވަރުން މިއަދު ބޮޑުޗުއްޓީއަށް

މިއަހަރުގެ ދިރާސީ އަހަރު ނިންމައި، ރިޕޯޓްފޯމް ލިބުމާއެކު ދަރިވަރުންގެ ބޮޑުޗުއްޓީ ފެށިއްޖެއެވެ.

މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެގެ ރިޕޯޓްފޯމް މާލެ އާއި އަތޮޅުތަކުގެ ސްކޫލްގެ ދަރިވަރުންނަށް ވަނީ ދޫކުރަން ފަށާފައެވެ. ބޮޑުޗުއްޓީ ނިންމައި ކުރިއަށްއޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ޖެނުއަރީމަހުގެ 27 ވަނަ ދުވަހުއެވެ.

ސްކޫލް ބޮޑުޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށްފައި މިވަނީ ހަތަރު އަހަރުގެ މުއްދަތަކަށްފަހުއެވެ. 

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރުމަކީ ރައީސް ޑރ.މުއިއްޒު ސަރުކާރުގެ ވައުދެކެވެ. ރައީސް އެގޮތަށް ނިންމެވީ ގިނަ ބެލެނިވެރިން އެގޮތަށް އެދެމުން އަންނާތީކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ. އެންމެކުރިން ސްކޫލް ބޮޑުޗުއްޓީގެ ގޮތުގައި ހަމަޖައްސާފައި އޮންނަނީ ޑިސެމްބަރުމަހެވެ. ނަމަވެސް 2021 ވަނަ އަހަރު ބޮޑުޗުއްޓީ އަހަރު މެދުތެރެއަށް ބަދަލުކުރުމަށް ނިންމިއިރު، އެކަން އެގޮތަށް ބަދަލުކުރީ ޓޫރިޒަމްގެ ހައި ސީޒަންކަމަށް ވުމުން ރިސޯޓްތަކުން މުއައްޒަފުންނަށް ޗުއްތީ ދިނުމުގައި ހިފެހެއްޓުންތަކެއް ގެންގުޅޭތީއެވެ.

ޖެނުއަރީމަހުގެ 27 ވަނަ ދުވަހު ކިޔެވުން ފެށޭއިރު،  ފުރަތަމަ ޓާމަށް ސްކޫލްތައް ބަންދުވާނީ މެއިމަހުގެ 24 ހުން 30 ހަށެވެ.

އައު ކަލަންޑަރުގައި މިފަހަރު ދަރިވަރުން އެއް ސުކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ވަކި ދުވަސްތަކެއް ވަނީ ހަމަޖައްސާފައެވެ. ޓްރާންސްފާރ ދުވަސްތަކުގެ ގޮތުގައި ހަމަޖައްސާފައިވަނީ މެއި 17 އިން ފެށިގެން ޖޫން 15 ގެ ނިޔަލަށެވެ. ޓީޗަރުންގެ ޕީޑީ ޑޭ ދުވަހުގެ ގޮތުގައި މާރޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަސް ހަމަޖައްސާފައިވާއިރު، މިއީ މިގޮތަށް ވަކިން ދުވަސް ކަނޑައެޅުނު ފުރަތަމަ ފަހަރެވެ. 

އަންނަ އަހަރުވެސް ދަރިވަރުން ރޯދަމަހު ސްކޫލަށް ކިޔަވަންދާނީ އެއް ހަފްތާއަށެވެ. ނަމަވެސް ޓީޗަރުން މާޗްމަހުގެ ފުރަތަމަ ހަފްތާ ހޭދަކުރާނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހުގެ ގޮތުގައި ސްކޫލުގައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ