އޮސްޓްރޭލިއަން އޯޕަން ޕްރޮމޯޝަންގެ ނަސީބުވެރިޔާ މުޙައްމަދު ދިފްރާން ޢަޒީޒް-- ފޮޓޯ/ބީއެމްއެލް
ހަބަރު
25 Dec 2025 | 17:03
އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު ދިފްރާނަށް

ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަރކާޑު ގުޅިގެން ހިންގި އޮސްޓްރޭލިއަން އޯޕަން ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް މުޙައްމަދު ދިފްރާން ޢަޒީޒް ހޮވައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިފްރާން އާއި އޭނާގެ ބައިވެރިއަކަށް އޮސްޓްރޭލިއަން އޯޕަން 2026 ގެ ފައިނަލް މެޗުތައް ބަލާލުމަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެއެވެ. މީގެ ތެރޭގައި ދެމީހުންގެ ދެކޮޅު ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން މެޗު ބަލާލުމުގެ ޓިކެޓް ހިމެނެއެވެ.

ސެޕްޓެމްބަރު 1 އިން އޮކްޓޫބަރު 31 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮމޯޝަނަކީ ބީއެމްއެލް މާސްޓަރކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގި ޕްރޮމޯޝަނެކެވެ.

މާސްޓަރކާޑަކީ އޮސްޓްރޭލިއަން އޯޕަންގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަރކާޑު ގުޅިގެން ދަނީ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަފާތު ކުޅިވަރު ތަޖުރިބާތަކާއި ފުރުސަތުތައް ފޯރުކޮށްދެމުންނެވެ. އެގޮތުން 2025 ވަނަ އަހަރު ބީއެމްއެލް އިން ވަނީ މާސްޓަރކާޑާ ގުޅިގެން ޔޫއެފްއާ ޗެމްޕިއަންސް ލީގު މެޗެއް ބަލާލުމުގެ ފުރުސަތާއި، ކޮލަމްބޯ ފެޝަން ވީކް ތަޖުރިބާ ކުރުމުގެ ފުރުސަތުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލްގައި ޕްލޭޔަރ މެސްކޮޓްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހިމެނޭހެން ގިނަ ޕްރޮމޯޝަންތަކެއް ހިންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ