އަލިފާން އަދި އަލްވަދާއުގެ ޕޯސްޓަރު
ހަބަރު
25 Dec 2025 | 16:15
ހާސްނުވޭ! ޖެނުއަރީމަހު އޮލިމްޕަހުން އަލިފާން އަދި އަލްވަދާއު ބަލާލެވޭނެ

މިއަހަރު ނުނިމެނީސް ޑާކްރެއިނުން އަނެއްކާވެސް މިއޮތީ އައު އަހަރަށް އުފާވެރި ހަބަރެއް ދީފައެވެ.

ޑާކްރެއިނުން މިވަނީ އޮލިމްޕަހަށް ނެރުނު ފިލްމުތަކުގެ ތެރެއިން މާސްޓަޕީސްއެއްގެ ގޮތުގައި ބެލެވުނު "އަލިފާން" އަދި މިއަހަރު ނިކުތް އެންމެ ސަޅި ލޯބީގެ ފިލްމް "އަލްވަދާޢު" އަނެއްކާވެސް އޮލިމްޕަހުގައި ދެއްކުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ.

ހަމަ ގައިމުވެސް މިއީ ކޮންމެވެސް ސަބަބަކާހެދި މި ދެ ފިލްމް ބަލަން  އޮލިމްޕަހަށް ނުދެވުނު އަދި ދެވަނަފަހަރަށް ފިލްމް ބަލާލުމަށް ބޭނުންވި ފަރާތްތަކަށް ލިބިގެންދިޔަ އުފާވެރި ހަބަރަކަށް ވާނެއެވެ. ސޯޝަލް މީޑިއާގެ ކޮމަންޓްތަކަށް ބަލާލުމުން އެންމެފަހުން އެޅުވި އަލްވަދާއު ބަލާލުމަށް ބޭނުންވާ ގިނަ ބަޔަކު އަދިވެސް ތިބިކަން ފާހަގަކުރެވެއެވެ.

ޑާކްރެއިނުން "އަލިފާން" އެޅުވުމަށް ނިންމާފައިވަނީ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުގެ ރެއެވެ. އަދި "އަލްވަދާއު" އެޅުވުމަށް ނިންމާފައިވަނީ ޖެނުއަރީމަހުގެ 2،3،4 އަދި 6 ވަނަ ދުވަހުގެ ރެއެވެ.

ޑާކްރެއިނުން މިއަހަރު އޮލިމްޕަހަށް ނެރުނު ފިލްމުތަކުގެ ތެރެއިން އަލިފާނަކީ އޮލިމްޕަސް ހޫނުވެގެންދިޔަ ފިލްމެކެވެ. އަލިފާނުގެ ހޫނުން ދޮންގަދަވެގެންދިޔަ އޮލިމްޕަސް ހަމަޔަކަށް އަޅުވާލަދިނީ ޑާކްރެއިނުން މިއަހަރު ނެރުނު އެންމެފަހު ފިލްމް "އަލްވަދާޢު" އެވެ.

އަލިފާނުގެ ޕޯސްޓަރު

ޑާކްރެއިނުން ނެރެމުންދާ ކޮންމެ ފިލްމަކީވެސް އެއްފިލްމު އަނެއްފިލްމާ ތަފާތު ފިލްމެކެވެ. އަލިފާނަކީވެސް މުޅިން ތަފާތު ޖޯންރާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއްކަމަށް ޑާކްރެއިނުން ބުނެއެވެ. އެގޮތުން މި ފިލްމަކީ އެކްޝަން ތްރިލާ ޖޯންރާގެ ފިލްމެކެވެ.

އަލްވަދާއު އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތަފާތު ހާދިސާތަކެއް ފެނިގެންދާ ފިލްމެކެވެ.

އަލްވަދާޢުގެ ޕޯސްޓަރު

ބެލުންތެރިން މި ފިލްމް ބަލާފައި އެންމެބޮޑަށް ފާހަގަކޮށްފައިވަނީ ސްޓާރުންގެ ފަރާތުން ފެނިގެންދިޔަ އެކްޓެވެ. "އަލްވަދާއު" މި ފިލްމުގެ ސްކްރީން ޕްލޭ ގެނެސްދީފައިވަނީ ޝަހުދާ މަހްމޫދެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. އަދި ހަމަ އެހެންމެ މި ފިލްމުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި، އަލިފާނުން މުޅިން ތަފާތު ގޮތަކަށް ފެނިގެންދިޔަ ޝީލާ ނަޖީބް ފެނިގެން ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ޕީއެންސީގެ ވަފުދުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
ޕާކިސްތާނުގެ ޕާލަމެންޓް ހައުސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބައި މީހުންގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުން ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އެކި ދާއިރާތަކުން ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.