އައްޑޫ މަރަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް ހުޅުވައިފި

އައްޑޫ މަރަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް ހުޅުވުން --

އައްޑޫ ސިޓީ މަރަދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި އެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އެވެ.

މި މިސްކިތަކީ ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރި މިސްކިތެކެވެ. 500 މީހުންނަށް ނަމާދު ކުރެވޭ މި މިސްކިތުގެ ނަމަކީ މަސްޖިދުއްރައްޔާން އެވެ.

މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ސްޓޭޓް މިނިސްޓަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އެވެ.

ކޮމެންޓް