ސުނާމީގެ ބައެއް ހަނދާންތައް --
ހަބަރު
26 Dec 2025 | 15:14
ފޮޓޯއިން: ސުނާމީ ކާރިސާއަށް 21 އަހަރު، އެ ހަނދާންތަކާ ވަކިވުމެއް ނެތް

2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރުނީ އެވެ. މިއީ މި ފަހުން ދިވެހީން ތަޖުރިބާކުރި އެންމެ ހިތްދަތި ކާރިސާ އެވެ.

އިންޑޮނޭޝިޔާގެ ސްމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އުފެދުނު ބޮޑު ސުނާމީގައި އެތައް ބަޔަކު މަރުވި އެވެ. ސުނަމީގެ އަސަރު 14 ގައުމަށް ކުރި އެވެ. އެ ގައުމުތަކުން 230،000 މީހުންގެ ފުރާނަ ގެއްލުނެވެ.

އެ ހާދިސާގައި ނިސްބަތުން އެންމެ ބޮޑު ގެއްލުމެއްވީ އެއް ގައުމަކީ ރާއްޖެ އެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކުރި އެވެ. އަދި މި ހިތާމަވެރި ކާރިސާގައި، 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވެ އެވެ. 15000 މީހުންގެ ގެދޮރު ގެއްލުނެވެ.

މި ހާދިސާއަށް 21 އަހަރުވީ އެ ހަނދާންތަކާއި ވަކިވުމެއް ނެތެވެ. މިއަދު އެތައް ބަޔަކު ގެންދަނީ އެ މީހުންގެ ކެމެރާތަކާއި ފޯނުތަކުން ނަގާފައިވާ އެ ދުވަހުގެ އެކި ހަނދާންތައް ހިއްސާކުރަމުންނެވެ.

މާލެއަށް ސުނާމީ އެރިވަގުތު -- ފޮޓޯ: ފިރާޒް

ކަނދޮޅުދޫއަށް ސުނާމީ އަރާ މީހަކަށް ވަރަށް އަނިޔާވެފައި -- ފޮޓޯ: އުނގޫފާރު.ކޮމް

ސުނާމީގައި އެންމެ ގެއްލުވެ އަދި ފަޅުވި ކަނދޮޅުދޫ މީހުން އުނގޫފާރަށް ގެނައުން -- ފޮޓޯ: އުނގޫފާރު.ކޮމް

ގ.އ ނިލަންދޫއަށް ސުނާމީ އަރާފައި -- ފޮޓޯ: ޒިޔާދު

ސުނާމީގައި ރަށަކަށް ގެއްލުންވެފައި -- ފޮޓޯ: މުންޝިދު

ސުނާމީ ކާރިސާގައި 13 އަތޮޅެއްގެ 28 ރަށަކުން މީހުން މަރުވި އެވެ. އަދި ތިން ރިސޯޓަކުން ހަތަރު ފަތުރުވެރިއަކު މަރުވެފައިވެ އެވެ.

އެންމެ ގިނަ ބަޔަކު މަރުވީ ތ. ވިލުފުށިންނެވެ. އެ ރަށުން 15 މީހުން މަރުވެ، ތިން މީހަކު ގެއްލުނެވެ. ކޮޅުފުށިން ވަނީ 10 މީހަކު މަރުވެފަ އެވެ. ހަ މީހަކު ގެއްލުނެވެ.

ސުނާމީގައި އެންމެ ގެއްލުވެ އަދި ފަޅުވި ކަނދޮޅުދޫ މީހުން އުނގޫފާރަށް ގެނައުން -- ފޮޓޯ: އުނގޫފާރު.ކޮމް

ގ.އ ނިލަންދޫއަށް ސުނާމީ އަރާފައި -- ފޮޓޯ: ޒިޔާދު

މާލެއަށް ސުނާމީ އެރިވަގުތު -- ފޮޓޯ: ފިރާޒް

ގ.އ ނިލަންދޫއަށް ސުނާމީ އަރާފައި -- ފޮޓޯ: ޒިޔާދު

ސުނާމީގައި އެންމެ ގެއްލުވެ އަދި ފަޅުވި ކަނދޮޅުދޫ މީހުން އުނގޫފާރަށް ގެނައުން -- ފޮޓޯ: އުނގޫފާރު.ކޮމް

އެ ދުވަހު ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި އޯގާތެރިކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.