މެންޗެސްޓަރ ޔުނައިޓެޑްގެ ޕެޓްރިކް ޑޯގޫ.. ފޮޓޯ: ގެޓީ އިމޭޖް
ކުޅިވަރު
27 Dec 2025 | 09:53
ނިއުކާސަލް އަތުން މެންޗެސްޓަރ ޔުނައިޓެޑަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި، ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރިމެޗް ހަނިގޮތަކަށް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

އޯލްޑް ޓްރަފަޑްގައި ކުޅުނު މިމެޗް ޔުނައިޓެޓުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ 24 ވަނަ މިނެޓް ތެރޭގައި ޕެޓްރިކް ޑޯގޫ އެވެ. މިއީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗަށް ޔުނައިޓެޑް ނިކުތީ އަނިޔާގެ ސަބަބުން ޓީމްގެ ބައެއް މުހިންމު ކުޅުންތެރިން ނުލައެވެ. މީގެ އިތުރުން އެފްރިކަން ކަޕަށް ޔުނައިތެޑްގެ މުހިންމު ކުޅުންތެރިން ދޫކޮށްފައިވާއިރު، ނިއުކާސަލް އާ ދެކޮޅަށް ނިކުތީ ސީނިއާ ޓީމުގެ 7 ކުޅުންތެރިން ނުލައެވެ. މެޗުން ޔުނައިޓެޑް މޮޅޫވިނަމަވެސް މޮޅަށް ކުޅެފައިވަނީ ނިއުކާސަލްއެވެ.

މެޗުން ލިބުނު 3 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެ މިހާރު ވަނީ ވަގުތީގޮތުން ތާވަލްގެ ފަސް ވަނައަށް ޖެހިލާފައެވެ. 

ޕްރިމިއާ ލީގް ތާވަލް

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މުހިންމު މެޗްތަކަށް ބަލާއިރު އާސެނަލް އާއި ބްރައިޓަން ބައްދަލުކުރާ މެޗާއި ލިވަޕޫލާއި ވުލްވުސް ބައްދަލުކުރާމެޗް ފާހަގަކޮށްލެވެއެވެ.

މިރޭ ލިވަޕޫލް އެއްވަރުކޮށްލިނަމަވެސް މެންޗެސްޓަރ ޔުނައިޓެޑް ތާވަލްގެ ހަ ވަނައަށް ވެއްޓޭނެއެވެ. ހަމަ އެހެންމެ އާސެނަލް ކުލޭމެޗުން އެޓީމް ބަލިވެއްޖެނަމަ އެޓީމަށްވެސް ތާވަލްގެ އެއްވަނަ ގެއްލޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ