އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވާހަކަދައްކަވަނީ: ފޮޓޯ/ އެމްޑީޕި
ހަބަރު
29 Dec 2025 | 11:37
މި ވެރިކަމުގައި ބޯހިޔާވަހިކަން އެޅުމަށްޓަކައި ބޭންދުނު އެންމެ ގާބުރިއެއްވެސް އަދި ނެތް: މަޢުރޫފް

މި ވެރިކަމަކަށް ދެ އަހަރު ވެގެންދިޔައިރު ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، އެންމެ މަޝްރޫޢުއެއްވެސް ފެށިފައި ނުވާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. 

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ ސަރުކާރުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ވަރަށް ބޮޑެތި ވަޢުދުތަކެއް ވެގެން ކަމަށެވެ. އެހެން ނަމަވެސް ދެ އަހަރުވެގެން ދިޔައިރު އިންތިޚާބުގެ ތެރެއިން ވީ ވަޢުދުތައް ފުއްދިފައި ނުވާ ކަމަށާ، ރައްޔިތުން ނިކަމެތިވެ ގައުމުގެ އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއާއެކު މަޢޫރޫފް ވިދާޅުވީ، 2025 ވަނައަހަރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި، މި އަހަރަކީ ތަރައްގީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ އަހަރެއް ކަމަށާ، މިއީ ބޯހިޔާވަހިކަމުގެ އަހަރަކަށް ވާނެ ކަމަށް ވިދާޅުކަމަށެވެ. އެހެން ނަމަވެސް، އެކަންވެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ބޯހިޔާވަހިކަމަށް ޚާއްސަ އަހަރެއްގައި، ޚާއްސަ ބަޖެޓެއްގައި ދިވެހިރައްޔިތުންނަށް ލިބުނީ ކޮން ބޯހިޔާވަހިކަމެއް؟ އެކި ތާރީޚް ދެއްވަމުން ވިދާޅުވަމުން އެ ކުރިއަށް ގެންދަވަނީ. އެއްވެސް ރައްޔިތަކަށް ލިބުނު ބޯހިޔާވަހިކަމެއް ނެތް. އަދި ބޯހިޔާވަހިކަމެއް އެޅުމަށްޓަކައި ރާއްޖޭގައި މިހާތަނަށް، ރައީސް މުޢިއްޒުގެ ވެރިކަމުގައި ބޭންދުނު އެންމެ ގާބުރިއެއްވެސް ނެތް

މަޢުރޫފް ޒާކިރު

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ/ އެމްޑީޕި

މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މަޝްރޫޢު ނުހިންގާ ކަމަށް އިދިކޮޅުން ބުނަމުންދާއިރު، އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބު ވަނީ މާލެ ސަރަހައްދުގައި ކުރީ ސަރުކާރުން އަޅަންފެށި 4000 ފުލެޓް މްޝްރޫޢުގެ 68 އިންސައްތަ ނިންމީ މި ސަރުކާރުން ކަމަށް ވިދާޅުވެފައެވެ. 

މި ސަރުކާރާ ހަވާލުވިފަހުން ބޯހިޔާވަހިކަމުގެ 3 މަޝްރޫޢުއެއް ނިންމާފައިވާ ކަމަށާ، އިތުރު 13 މަޝްރޫޢެއް އަތޮޅުތެރޭގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެެވެ. އަދި މި އަހަރު 25 ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއްގައި ސޮއި ކުރެވުނު ކަމަށާ، އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް މިހާރު ފެށިފައުވާއިރު، އަނެއްބައި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

”ގާތްގަނޑަކަށް 800 ޔުނިޓް އެކި ރަށްރަށުގައި އެޅުމަށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންވެސް ވަނީ ހަވާލުކިރެވިފައި. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ކުރީކޮޅު އެ މަސައްކަތް ފެށިގެންދާނެ. އެއްވެސް ޒަމާނެއްގައި ރާއްޖޭގެ ރަށްތަކުގައި ފުލެޓް އިމާރާތް ނުކުރާ މިންވަރަށް މި ސަރުކާރުން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދޭ“ މުއްޠަލިބު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.