ވިޔަފާރި
29 Dec 2025 | 15:10
އާ އަހަރަށް މަރުޙަބާ ކިޔުމަށް ދިރާގުން ޚާއްސަ އޮފާތަކެއް

ދިރާގުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން އަގުހުރި އޮފާތަކެއް ތައާރަފުކޮށްފިއެވެ.  

އެ ކަމާ ގުޅިގެން ދިރާގުން ނެރުނު ނޫސްބަޔާނެއްގައިވަނީ އެ އޮފާތަކުގެ ތެރޭގައި ހިމެނޭ ޕްލޭންތަކުގެ ތަފްސީލް ހާމަކޮށްފައެވެ. 

އެގޮތުން މި އޮފަރތަކުގެ ތެރޭގައި ހިމެނޭ ޕްލޭންތަކަކީ:

ފްލެކްސީއަވަރ

މި އެޑް-އޮން އަކީ ކުރު މުއްދަތަކަށް ޑޭޓާ ބޭނުންވާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްލޭންއެކެވެ. އެންމެ 10 ރުފިޔާއިން ފެށިގެން 5ޖީބީ ނުވަތަ 26ޖީބީ ޑޭޓާގެ އެޑް-އޮންއެއް އެކްޓިވޭޓްކޮށްގެން އިންޓަރނެޓް ބްރައުސްކުރުމަށާއި، ސްޓްރީމް ކުރުމަށާއި، އަދި ޑައުންލޯޑް ކުރުމަށް ބޭނުން ކުރެވޭނެއެވެ.

ސަޅި 365 ޑޭސް

ސަޅި 365 ޑޭސް ޕްލޭންގެ ދަށުން، އެއް އަހަރު ދުވަހަށް 765 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ. މީގެ އިތުރުން، ގާނާ އެޕްލިކޭޝަން މެދުވެރިކޮށް އެއް އަހަރުގެ މުއްދަތައް ލަވަ އަޑުއަހާލުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްލޭންގެ ތެރެއިން ކަސްޓަމަރުންނަށް ދުވާލަކަށް 1ޖީބީ ޑޭޓާ، 100ޖީބީ ބޯނަސް ޑޭޓާ، 300ޖީބީ އެންޓަރޓެއިންމެންޓް ޑޭޓާގެ އިތުރުން ދިރާގު އަންލިމިޓެޑް ކޯލްސް ލިބިގެންދާނެއެވެ. 

ސަޅި 180 ޑޭސް

ސަޅި 180 ޑޭސް އޮފަރ އަކީވެސް ދިގު މުއްދަތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާ ޕްލޭންއެކެވެ. މި ޕްލޭންގެ ދަށުން 1 ޓީބީ ޑޭޓާ، ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 12 މަސް ދުވަހުގެ ގާނާ ސަބްސްކްރިޕްޝަނެއް ހިލޭ ލިބިގެންދާނެއެވެ. މި ޕްލޭންގައި ދުވާލަކަށް 4ޖީބީ ޑޭޓާގެ އިތުރު 180 ޖީބީ ބޯނަސް ޑޭޓާ އާއި 100ޖީބީ އެންޓަޓެއިންމަންޓް ޑޭޓާ 180 ދުވަހުގެ މުއްދަތަށް ބޭނުންކުރުމަށް ލިބޭނެއެވެ. 

ސަޅި 90 ޑޭސް

ސަޅި 90 ޑޭސް އޮފަރއަކީ ކަސްޓަމަރުންނަށް ދުވާލަކަށް 2ޖީބީ ޑޭޓާ،120ޖީބީ އެންޓަރޓެއިންމެންޓް ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބޭނެ އޮފަރއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
26 Aug 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 14 ކުދިން މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި މަދުވެގެން 14 ކުދިން މަރުވެއްޖެއެވެ.
26 Aug 2026
ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ސަރުކާރުން މަރުޙަބާ ލ
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ސީރިއާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި، މި ކާމިޔާބީއަށްޓަކައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. އަދި ސީރިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ހަމަޖެހުމާއި، ފާގަތިކަމަށް އެދި ދިވެހިރާއްޖެއިން ވަނީ ހެޔޮއެދުންތައް ފޮނުވާފައެވެ.
26 Aug 2026
"ސެކިއުރިޓީ ރައުންޑްޓޭބަލް 2026" ވައިސް ޗާންސެލަރ އިފްތިތާޙުކޮށްދެއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ސެކިއުރިޓީ ރައުންޑްޓޭބަލް 2026" އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިފްތިތާޙުކޮށްދެއްވައިފިއެވެ.
26 Aug 2026
މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންތަކެއް އެމްއެންޔޫއަށް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއާ ދެމެދު އޮތް އެކަޑަމިކް ޕާޓްނަރޝިޕްގެ ދަށުން ހިންގާ ޚާއްޞަ ޕްރޮފެޝަނަލް ޕްލޭސްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވުމަށް މެލްބަން ޔުނިވަރސިޓީގެ 13 ދަރިވަރަކު ރާއްޖެ އަތުވެއްޖެއެވެ.
26 Aug 2026
އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
އުރީދޫ މަސް ރޭސް 2026 މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެއެވެ. 16 ޓީމު ވާދަކުރާ މި މުބާރާތުގައި ޖުމްލަ 43000 ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅިފައިވެއެވެ.