މަންފާގެ ނަމާދު ވޯކްޝޮޕް --
ހަބަރު
29 Dec 2025 | 19:37
މަންފާގެ ނަމާދު ވޯކްޝޮޕްގައި 150 ދަރިވަރުން، ބޮޑު ތަރުހީބެެއް

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ "މަންފާ" ޖަމިއްޔާއިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ފުރަތަމަ ނަމާދު ވޯކްޝޮޕް ފަށައިފި އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް މި ވޯކްޝޮޕް ކުުރިއަށް ގެންދަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގެ ހޯލްގަ އެވެ. މިއީ މާލެ ސަރަހައްދުގައި މަންފާއިން ކުރިއަށް ގެންދާ ފުރަތަމަ ނަމާދު ވޯކްޝޮޕެވެ. ނަމަވެސް އެ ޖަމިއްޔާއިން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭ ވަރަށް ގިނަ ރަށްރަށުގައި ވަނީ މިފަދަ ވޯކްޝޮޕްތައް ކުރިއަށް ގެންގޮސްފަ އެވެ.

މަންފާގެ ނަމާދު ވޯކްޝޮޕް --

މާލެ ސަރަހައްދުގައި ނަމާދު ވޯކްޝޮޕް ކުރިއަށް ގެންގޮސް ދިނުމަށް ވަރަށް ގިނަ ބެލެނިވެރީން ދިޔައީ މަންފާގައި އެދެމުންނެވެ. އެހެން ކަމުން މި ފަހަރު ސުކޫލު ބޮޑު ބަންދާއި ދިމާކޮށް އެ ޖަމިއްޔާ އިން އުމުރުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދީންނަށް ޚާއްސަކޮށްގެން ނަމާދު ވޯކްޝޮޕް ކުރިއަށް ގެންދަން ނިންމާ އެކަމަށް ހުޅުވާލި އެވެ. ހުޅުވާލީ 100 ޖާގަ އަށެވެ. ނަމަވެސް ފުރަަތަމަ ދެތީން ދުވަސްތެރޭ އެ އަދަދަށް ވުރެ ގިނަ ކުދީން ކުރިމަތިލުމުން 150 ކުދީންނާއެކު ނަމާދު ވޯކްޝޮޕް ހަތަރު ދުވަހަށް ކުރިއަށް ގެންދަން ނިންމީ އެވެ.

މަންފާގެ ނަމާދު ވޯކްޝޮޕް --

ނަމާދު ވޯކްޝޮޕްގައި ކުދީންނަށް ކިޔަވައިދެއްވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިމްރާން މުހައްމަދު އަލީ އެވެ. މީގެ އިތުރުން އަލްއަޚް އަލީ ރަމީޒު, ބަންގި ސެޝަންވެސް ކުރިއަށް ގެންދާނެ އެވެ.

މަންފާއިން ބުނީ މި ވޯކްޝޮޕް ނިމިގެންދާއިރު ކުދީންނަށް އެނގިފައިވާ މިންވަރު ބެލުމަށް ވަކިވަކީން ކޮންމެ ދަރިވަރަކު އިމްތިހާނު ކުރެވޭނެ ކަމަށެވެ. މިފަހަރުގެ ވޯކްޝޮޕުން ފުރުސަތު ނުދެވުނު ދަރިވަރުންގެ ކިބައިން މާފަށް އެދެމުން އެ ޖަމިއްޔާއިން ބުނީ ދެން އަންނަ ކޮންމެ ސުކޫލު ބަންދެއްގައި މިފަދަ ޕްރަގްރާމްތައް މާލެ ސަރަހައްދުގައި ހިންގުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

މަންފާގެ ނަމާދު ވޯކްޝޮޕް --

މީގެ އިތުރުން މަންފާ އިން ބުނީ އަގީދާ ވޯކްޝޮޕްތަކާއި އެ ނޫންވެސް ބައެއް މުހިންމު ވޯކްޝޮޕްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

މަންފާ އިން ގެންދަނީ މާލެ ސަރަހައްދާއި އަތޮޅުތަކުގައިވެސް ސިލްސިލާ ދަރުސްތަކާއި ދީނީ ހޭލުންތެރިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުރިހާ ރަށަކުން ވެސް މަންފާގެ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.