ކުރީގެ ޑައިރެކްޓަރު ފައްތާހް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ފައްތާހް

ކުރީގެ ޑައިރެކްޓަރު އަބްދުލް ފައްތާހް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ފައްތާހް ނިޔާވީ ސިއްހީ މައްސަލައެއް ދިމާވެ ހއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ހއ. ކެލާއަށް އުފަން އަދި މީގެ އަހަރުތަކެއް ކުރީން ކެލައަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފައްތާހް ނިޔާވީ ސްޓްރޯކެއް ޖެހިގެން ކަމަށް އެ ރަށުން މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ.

ދިވެހި ފިލްމީ ދާއިރާ ދުށް އެންމެ މޮޅު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ފައްތާހް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފަ އެވެ.

އޭނާއަށް ޕީއެންސީގެ ޓިކެޓް ވެސް ލިބުނެވެ. މި ފަހުން ފައްތާހް ގެންދިޔައީ ކެމްޕެއިން ވެސް ކުރަމުންނެވެ.

ކޮމެންޓް