ކުޅިވަރުގެ 20 މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް (ސިވެކް)އާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
31 Dec 2025 | 08:24
20 ކުޅިވަރުގެ މަޝްރޫއުއެއް ކުރިއަށްގެންދަން ސިވެކްއަށް

ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ކުޅިވަރުގެ 20 މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ އެކު އިއްޔެ ސޮއިކޮށްފިއެވެ. 

އިއްޔެ ސޮއިކުރެވިފައިވަނީ 17 ރަށެއްގައި ޖުމުލަ 20 ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމެއްގަައެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ދިލްޝާން ޢަބްދުﷲ އެވެ. އަދި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)ގެ ފަރާތުން ސޮއިކުރައްވީ ސިވެކްގެ މެނޭޖިން ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބެއިރުއެވެ.

ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:

1- އދ. ފެންފުށި ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުން.

2- އދ. އޮމަދޫ ހޭންޑްބޯޅަ ކޯޓު ޤާއިމްކުރުން. 

3- ބ. ކަމަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން.

4- ފ. ދަރަނބޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން.

5- ފ. ދަރަނބޫދޫ ވޮލީކޯޓު ޤާއިމްކުރުން.

6- ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުން.

7- ހއ. ދިއްދޫ ސްވިމިން ޓްރެކް ޤާއިމްކުރުން.

8- ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން.

9- ހދ. ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން. 10-މ. ވޭވަށް ފުޓްސަލް ދަނޑު ތަރައްޤީކުރުން.

11- ނ. ހޮޅުދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން.

12- ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން.

13- ނ. ޅޮހި ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން.

14- ނ. ޅޮހި މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން.

15- ނ. ޅޮހި އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުން.

16- ނ. މަގޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން.

17- ނ. މަނަދޫ އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުން.

18- ނ. މިލަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން.

19- ނ. ވެލިދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން.

20- ވ. ފުލިދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން.  

މި ސަރުކާރަކީ ކުޅިވަރުގެ ދާއިރާއަށްވެސް ހާއްސަ ސަމާލުކަމެއްދީގެން އެ ދާއިރާ ކުރިއަރުވަން އެތައް މަޝްރޫއުތަކެއް ހިންގަމުން އަންނަ ސަރުކާރެކެވެ. އެގޮތުން އިއްޔެ ސޮއިކުރެވުނު މި 20 މަޝްރޫއާއިއެކު ވެސް ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.