ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކެބިނެޓް ބައްދަލްވުމެއްގައި --
ހަބަރު
31 Dec 2025 | 16:47
"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސް މިއަދު ކަނޑައަޅުއްވައިފި

"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ކަނޑައަޅުއްވައިފި އެވެ.

ދިވެހިރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ގާއިމުކުރާ "ސަސްޓެއިނަބަލް ޓައުންޝިޕް" ތަކުގައި އިންވެސްޓް ކުރުމުގެ އެންމެ ކުޑަ އަދަދު، 10 ނޮވެންބަރު 2025 ގައި އަމަލުކުރަން ފެށި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އެއްވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުންނާއި، 12 ޖަނަވަރީ 2025 ގައި ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ވަނީ ކަނޑައަޅުއްވާފަ އެވެ.

"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި އެސްއީޒެޑެއް ތަރައްގީ ކުރުމަށް ޓަކައި ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓްސްއާ ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ.

އެސްއީޒެޑެއްގެގޮތުގައި "ޕްރޮޖެކްޓް އައިލާ" ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ؛

* ލަގްޒަރީ ވިލާ އަދި ހައި-އެންޑް ހޯމްސް ހިމެނޭހެން ތަރައްގީ ކުރެވޭ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް

* ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރުން

* ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރުން

* އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓް، ހޮޓެލް އަދި މެރީނާއެއް ގާއިމުކުރުން

* ޒޯނުގައި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝިއަންޓް އިންފްރާސްޓްރަކްޗާ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 އަކީ އިއާދަކުރަނިވި ހަކަތައަށްވުން. 

* ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތި މަދުކޮށް، ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް ޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަކަލްޗަރުގެ ވަސީލަތްތައް ގާއިމުކުރުން

* ޒޯންގައި ދިރިއުޅޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން

* ޒޯންގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން

މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ގާރާރުގައި ހިމަނައި، ޒޯނުގައި ހިންގާ ވިޔަފާރިތަކުގެ ވިޔަފާރި އާމްދަނީން ޓެކްސް ނެގޭނެ އުސޫލު ބަޔާންކުރުމުގެ އިތުރުން، އެސްއީޒެޑެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ގަރާރުގެ ބައެއްގެ ގޮތުގައި ޝާއިއުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.