ތުހުމަތު އޮތް ދެ މީހުން --
ހަބަރު
31 Dec 2025 | 19:17
ޔާމީން ރަޝީދުގެ މަރުގެ މައްސަލަ: ދެ މީހުން އަލުން ބަންދުކޮށްފި

2017 ވަނަ އަހަރުގައި މަރާލި މަޝްހޫރު ބްލޮގާ ޔާމީން ރަޝީދުގެ މައްސަލައި ގައި ދައުވާ އުފުލި ހ. އަންނާރުމާގެ އިސްމާޢީލް ހައިޝަމް ރަޝީދުއާއި ހުޅުމާލެ ގޯތި ނަންބަރު 11399 އަޙްމަދު ޒިހާން އިސްމާޢިލް އަލުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެޕްރީލް 23, 2017 ދުވަހުގެ ވަގުތެއްގައި ސ.ފޭދޫ، ޗަބޭލީގެ ޔާމީން ރަޝީދުގެ ދިރިއުޅޭ ގެއަށް ޔާމީން ރަޝީދު ވަނުމުން ޔާމީން ރަޝީދު ހިފަހައްޓާ ތޫނު ހަތިޔާރުން ޙަމަލާދީ ރަޙުމް ކުޑަގޮތަކަށް މަރާލާފައިވާ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ މައްސަލަ އެކޯޓުން ބެއްލެވުމަށް ފަހު، ހައިޝަމް އާއި ޒިހާންގެ މައްޗަށް ސާބިތުވި ދައުވާތައް ބާތިލްކޮށް މި މައްސަލަ ކްރިމިނަލް ކޯޓަށް ވަނީ އަންގާފައިވެ އެވެ.

ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެ މައްސަލާގައި ހައިޝަމް އާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ނިންމުން ބާތިލުކޮށް މުޅި މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ. އަދި އެ މީހުން ދޫކޮށްލި އެވެ. ހައިކޯޓުގައި ދައުލަތުން ވަނީ އެ ދެ މީހުން ބަންދު ކުރުމަށް އެދިފަ އެވެ. ނަމަވެސް އެ އަމުރެއް އެ ކޯޓުން ނުދިނެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައާ ގުޅިގެން ހައިޝަމް އާއި ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓަށް ތަހްވީލްކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.