މަމްދާނީ ހުވާ ކުރައްވަނީ: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
01 Jan 2026 | 13:04
ނިއުޔޯކް ސިޓީގެ އެންމެ ފުރަތަމަ މުސްލިމު މޭޔަރު، މަމްދާނީ ހުވާ ކުރައްވައިފި

އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ހުވާ، ޒޯހްރާން މަމްދާނީ ކުރައްވައިފިއެވެ.

މިއާއެކު އޭނާ ވެވަޑައިގެންފައިވަނީ އެ ސިޓީގެ ތާރީޚުގައިވެސް އެ މަގާމާ ހަވާލުވި ފުރަތަމަ މުސްލިމް މޭޔަރަށެވެ. އަދި އޭނާއަކީ ފަހުގެ ތާރީޚެއްގައި އެ ސިޓީގެ މޭޔަރުކަމާ ހަވާލުވި އެންމެ ޒުވާން ބޭފުޅާވެސް މެއެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ މަމްދާނީ މަގާމުގެ ހުވާ ކުރެއްވީ ބުރާސްފަތި ދުވަހު، މެންހަޓަންގައި ހުންނަ ތާރީޚީ ސަބްވޭ ސްޓޭޝަނެއްގައެވެ. ކީރިތި ގުރުއާނުގައި އަތް ބާއްވައިގެން އޭނާ ކުރެއްވި މި ހުވާލައިދެއްވީ ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓިޝިއާ ޖޭމްސްއެވެ. ހުވާ ކުރެއްވުމަށްފަހު މަމްދާނީ ވިދާޅުވީ މިއީ އޭނާގެ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ.

މަމްދާނީގެ ރަސްމީ ހުވާކުރުމުގެ ބޮޑު ރަސްމިއްޔާތު އޮންނާނީ މިއަދު މެންދުރުފަހު 1:00 ގައި ސިޓީ ހޯލްގައެވެ. މި ރަސްމިއްޔާތުގައި ހުވާލައިދެއްވާނީ ޔޫއެސް ސެނެޓަރ ބާނީ ސޭންޑާސްއެވެ.

ޔޫގަންޑާގެ ކަމްޕާލާއަށް އުފަން މަމްދާނީއަކީ ދެކުނު އޭޝިއާގެ ނަސްލަށް ނިސްބަތްވާ، އަދި އެފްރިކާއަށް އުފަންވި ފުރަތަމަ ނިއުޔޯކް މޭޔަރެވެ. އޭނާ އެމެރިކާގެ ރައްޔިތަކަށްވީ 2018 ވަނަ އަހަރުއެވެ.

މަމްދާނީގެ ކެމްޕޭން ބިނާކޮށްފައިވަނީ ދިރިއުޅުމުގެ އަގުތައް ތިރިކުރުމުގެ މައްޗަށެވެ. އެގޮތުން ހިލޭ ކުޑަކުދިން ބެލުމުގެ ޚިދުމަތް ދިނުމާއި، ބަސް ދަތުރުތައް ހިލޭ ކުރުމާއި، ކުލި ކޮންޓްރޯލް ކުރުން ފަދަ ސިޔާސަތުތައް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

މަމްދާނީ މޭޔަރު ކަމަށް ހުވާކުރައްވާއިރު އޭނާއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އޮންނަނީ ދެކޮޅުވެރިކަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ މަމްދާނީއަކީ "ކޮމިއުނިސްޓެއް" ކަމަށް ސިފަކޮށް، އޭނާ ހޮވިއްޖެނަމަ ފެޑަރަލް ފަންޑުތައް ކަނޑާލާނެ ކަމުގެ އިންޒާރު ދީފައެވެ.

ނަމަވެސް، މިދިޔަ ނޮވެމްބަރު މަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ މަމްދާނީއަށް އެހީތެރިވާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، މަމްދާނީ އަދިވެސް ގަބޫލުކުރައްވާ ގޮތުގައި ޓްރަމްޕަކީ "ފެސިސްޓް" އެކެވެ.

ސިޔާސީ މައިދާނަށް މާ ބޮޑަށް މަޝްހޫރު ނޫން ބޭފުޅެއްގެ ގޮތުގައި ނުކުމެ، މަމްދާނީ ވަނީ ކުރީގެ ގަވަރުނަރު އެންޑްރޫ ކޫމޯ ދެ ފަހަރެއްގެ މަތިން ބަލިކޮށް، ތާރީޚީ ކާމިޔާބީއެއް ހޯއްދަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި