ޚުތުބާ އަޑު އަހަނީ: ފޮޓޯ/ ވޮއިސް
ދީން
02 Jan 2026 | 12:54
މަހުޝަރު މައިދާނުގައި، ބިރުވެރިކަމުގައި، ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ތިބެންޖެހޭނެ: ޚުތުބާ

މަހުޝަރު މައިދާނުގައި، އެ ބިރުވެރިކަންމަތީ ، ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ތިބެންޖެހޭނެ ކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މާތް اللهގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ދުންޔަވީ ޙަޔާތަކީ ވަގުތީ ޙަޔާތެއް ކަމަށާ ކޮންމެ އިންސާނަކީވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމަށެވެ. އަދި އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާންޖެހޭނޭ ކަމަށެވެ. 

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އަދި އެ ދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތީން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށް ވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، اللهގެ وعدފުޅަކީ، حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި شيطانއާ، ތިޔަބައިމީހުން اللهއާ މެދުހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!"

މިއާއެކު ޚުތުބާގައި ބުނީ، ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބަ އޮތް ކަމަށާ އެއީ އާޚިރަތް ދުވަހުގެ އިމްތިޙާނު ކަމަށެވެ. އަދި އެ އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެ ކަންވެސް ހަނދާންކޮށްދީފައިވެއެވެ. 

”އެއީ ހުރިހައި އެންމެން ވެސް ކުރިމަތިލާން ޖެހޭނޭއިމްތިޙާނެކެވެ. ފިރިހެނުންނާއި އަންހެނުންނެވެ. މުއްސަނދީންނާއި ފަޤީރުންނެވެ. ވެރީންނާއި ރައްޔިތުންނެވެ. ފަހެ، އެ ދުވަހުގެ އިމްތިޙާނަށް ޓަކައި ތިބާ ތައްޔާރުވެއްޖައީމުހެއްޔެވެ؟ އެ އިމްތިޙާނުގައި އެހީވެދޭނޭ މީހަކު ވެސް ނުހުންނާނެއެވެ. ބައްޕައަކު ދަރިއަކަށް، އަތްނބަކު ފިރިއަކަށް، ރަޙުމަތްތެރިއަކު ރަޙްމަތްތެރިއަކަށް ވެސް އެހީއެއް ނުވެވޭނެއެވެ. ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތްނުވެވިގެންނެވެ.“

ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، މަރު އައިސް އަހަރެމެންނާ ބައްދަލުކުރުމުން ލަހެއް ފަހެއްނެތި އިޖާބަދޭން ޖެހޭނެ ކަމަށާ އެއަށް ފަހު ޤިޔާމަތާ ހަމަޔަށް އޮންނާނީ ކަށްވަޅުގައި ކަމަށެވެ. 

އަލުން ދިރުއްވައި މަޙުޝަރުކުރެއްވުމާ ހަމަޔަށެވެ. މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެކެވެ. އެ ދުވަހުގެ ބިރުވެރިކަމުގައި އެ މައިދާނުގައި، ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ތިބޭން ޖެހޭނެއެވެ. އެ ބިރުވެރި ދުވަހުގެ ހުއްޓި ހުރުމަކީ ލުއިފަސޭހަ ހުއްޓިހުރުމަކަށް ހެދުމާއި ނުހެދުން އޮތީ އަހަރެމެންގެ އަތްމަތީގައެވެ. ތަޤުވާވެރި ޞާލިޙު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިޙުސާސްކުރެވޭނީ، ދުންޔަވީ ޙަޔާތުން ނަމަ މެންދުރު ނަމާދާއި ޢަޞްރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއްގެ ގޮތުގައެވެ.

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއިނާމާންކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުގައި ބަޔާންކޮށްދެއްވައި، އެ ދުވަހާ މެދު އިންޒާރުކުރައްވައިފައިވަނީ އެއިން އަހަރެމެން ޢިބުރަތް ޙާޞިލުކޮށް އެ ދުވަހަށް ތައްޔާރުވުމަށް ޓަކައި ކަމަށެވެ.

މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. 

"تقوىވެރީން، رحمنވަންތަ ރަސްކަލާނގެ حضرةއަށް (عزّةތެރި) وفدއެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާ ދިމާޔަށްދާ ފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރީން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ."

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jul 2026
މިދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭސް ފެނުނު
އެ ހުރިހާ މީހުންނަކީވެސް މާލެ ސަރަހައްދުން ފެނުނު މީހުން
21 Jul 2026
އެއަރ ކާގޯ ޗައިނާ ފެއާގައި އެމްއޭސީއެލުން ބައިވެރިވެއްޖެ
21 Jul 2026
ބްރިޖް އަދި ހައިވޭ ފުލުހުންގެ އޮޕަރޭޝަނެއް
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންތަކަކީ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމަށާއި، ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުން ހުއްޓުވައި، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ތަފާތު ވަގުތުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.
21 Jul 2026
އެސްއޯއީތަކުގެ އޯޓީ އެއްހަމަ ކުރުމުން ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެ: ޕީސީބީ
މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ޕީސީބީން ބުނޭ
21 Jul 2026
އެސްއޯއީތަކުން މުއައްޒަފުން މަދުކުރަނީ އޮޅުވާލުމެއްގެ ތެރެއިން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ، އެސްއޯއީތަކުން އެ އަދަދަސް މުއައްޒަފުން ވަކިކޮށްފިނަމަ، 50،000 ހާހަށްވުރެ ގިނަ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭކަމަށެވެ.
21 Jul 2026
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް އެއްބަސްވުމެއް
ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މަގު ފަހިކުރުމަށްޓަކައި އެއާ ސާވިސަސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.
21 Jul 2026
ތުހުމަތުކުރެވޭ މީހާގެ 'ޙާލަތަށް ރިޢާޔަތްކޮށް' ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރަނީ
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް ގެއްލުންދިން މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ 'ހާލަތަށް ރިއާޔަތްކޮށް'، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
21 Jul 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މ.ރަންދޫވިލާ އަމްޖަދު މުޞްޠަފާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރައްވައިފިއެވެ.