އެމްޓީސީސީ ޓަވަރ-- ފޮޓޯ/ވޮއިސް
ހަބަރު
03 Jan 2026 | 12:16
3 ވަނަ ކުއާޓަރގައި އެމްޓީސީސީއަށް 501.2 މިލިޔަން ރުފިޔާގެ އާމްދަނީއެއް

އެމްޓީސީސީއަށް މިއަހަރުގެ 3 ވަނަ ކުއާޓަރގައި 501.2 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.

މި ރިޕޯޓުތަކުގައި ވާގޮތުން އެކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 13.4 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ކުންފުނި ހިންގައިގެން 29.3 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. 

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ 373 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެމްޓީސީސީން ވަނީ 44 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުތަކާއި، ބަނދަރު އަދި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި މަގު ހެދުމާއި އިމާރާތްކުރުމާއި ފުޓްބޯޅަ ދަނޑުތައް ހެދުމުގެ އިތުރުން ސާވޭ އަދި ކޮންސަލްޓެންސީގެ މަސައްކަތްތައްވެސް އެމްޓީސީސީން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކުރިއަށްގެންގޮސްފައިވެއެވެ. 

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީން 44 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އިތުރު 68 މަޝްރޫއެއް އެކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކުންފުނިން ވަނީ 6 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މި ކުއާޓާގެ ތެރެގައި ހއ. އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުން މަސައްކަތާއި، ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތާއި، މާލެ ސިޓީ ކައުންސިލް އައު އޮފީސް އިމާރާތުގެ އާކިޓެކްޗަރަލް އަދި ކޮންސަލްޓެންސީގެ މަސައްކަތާއި، ކ. ތިލަފުށީގެ ލޮޖިސްޓިކް ޓަރމިނަލުގެ ފޭސް 1ގެ މަސައްކަތާއި، ވ. ފެލިދޫގެ އައުޓްޑޯރ ޖިމްގެ މަސައްކަތް އަދި މ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތްއެ ކުންފުނިން ވަނީ ނިންމާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.