އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
03 Jan 2026 | 14:30
ކުރިއަށްއޮތް ދުވަސްތައް ވެގެންދާނީ ކުދި ވިޔަފާރިތަކަށް ލުއިތައް ލިބިގެންދާނޭ ދުވަސްތަކަކަށް: ސައީދު

އަދުގެ ސަރުކާރުގެ ކުރިއަށްމިއޮތް ދުވަސްތައް ވެގެންދާނީ ކުދި ވިޔަފާރިތަކަށް ލުއިތައް ލިބިގެންދާނޭ ދުވަސްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދުގެ 'ތަރުޖަމާނާއިއެކު' ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕޮޑްކާސްޓަކީ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކާއި ބެހޭ ފަހުގެ މައުލޫމާތު އަދި ރައްޔިތުންނަށް އޮޅުން އަރާ ބައެއް މައުލޫމާތު ސާފުކޮށް ގެނެސްދިނުމަށް ކުރިއަށް ގެންދާ ޕޮޑްކާސްޓެކެވެ. 

މި ޕޮޑްކާސްޓުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރަކީ ކުދި އަދި މެދުު ފަނތީގެ ވިޔަފާރިތަކަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓް ގައި ވެސް ވަރަށް މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.  

2026 އަދި 2017 ވަނަ އަހަރަކީ ކުދި ވިޔަފާރިތަކަށް ލުއިތަކެއް ލިބޭ 2 އަހަރަށް ހައްދަވަން ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވޭ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 

ވަޒީރު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ރައިސް ބައްދަލުކުރެއްވުމުގެ ތެރެއިން އެ ފަރާތްތަކުން އެންމެ އާއްމުކޮށް ހުށަހެޅި މައްސަލައަކީ އިންޕޯޓު ވިޔަފާރީގައި ކުރިމަތިވާ ދަތިތަކާއި އުނދަގޫތަކުގެ ވާހަކަތައް ކަމަށެވެ. އެގޮތުން މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަނީ މުދާ ކްލިއަރ ކުރާ ގަޑި އިތުރު ކޮށްދެއްވާ އަދި އިތުރު ހިދުމަތްތައް ތައާރަފްކޮށް ވިޔަފާރިގައި ދިމާވާ އެހެނިހެން އުނދަގޫތަކާއި ދަތިތަކަށްވެސް ހައްލު ހޯދައިދެއްވުމުގެ މަސައްކަތް ފައްޓަވާފައިކަމަށްވެސްް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން މުދާ ކްލިއަރ ކުރުމުގެ ވަގުތު އަދި ޑެމަރޭޖް ފީ ނެގުމުގެ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކޮށް އެތައް ލުއިފަސޭހަތަކެއް މި ސަރުކާރުން ވަނީ ހޯދައިދެއްވާފައިވާކަން ވަޒީރުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.