މަމްދާނީ
ދުނިޔެ
04 Jan 2026 | 11:14
އިޒްރޭލަށް ތާއީދުކޮށް ނިއުޔޯކުގެ ކުރީގެ މޭޔަރު ނެރުނު އަމުރުތައް މަމްދާނީ ބާތިލުކުރައްވައިފި

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގަތް ޒޯރާން މަމްދާނީ، އެ ސިޓީގެ ކުރީގެ މޭޔަރު އެރިކް އެޑަމްސް އިޒްރޭލަށް ތާއީދުކޮށް ނެރުނު ރިޔާސީ އަމުރުތަކެއް ބާތިލުކުރައްވައިފިއެވެ.

މޭޔަރު މަމްދާނީ މި ފިޔަވަޅު އަޅުއްވާފައިވަނީ އޭނާގެ ދައުރުގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައެވެ. މިގޮތުން ބާތިލުކުރައްވާފައިވަނީ 26 ސެޕްޓެމްބަރު 2024 ގެ ފަހުން ކުރީގެ މޭޔަރު އެޑަމްސް ސޮއިކޮށްފައިވާ އަމުރުތަކެވެ. އެއީ ކޮރަޕްޝަންގެ މައްސަލަތަކެއްގައި އެޑަމްސްގެ މައްޗަށް ދައުވާ އުފުލުނު ތާރީޚެވެ. މަމްދާނީ ވިދާޅުވި ގޮތުގައި އެ ދުވަހަކީ ގިނަ އަދަދެއްގެ ނިއުޔޯކް ރައްޔިތުން ސިޔާސީ ދާއިރާއަށް އޮތް އިތުބާރު ގެއްލިގެން ދިޔަ ދުވަހެކެވެ.

ބާތިލުކުރެވުނު އަމުރުތަކުގެ ތެރޭގައި، އިންޓަނޭޝަނަލް ހޮލޮކޯސްޓް ރިމެމްބަރެންސް އެލަޔަންސް (IHRA) އިން ކަނޑައަޅާފައިވާ އެންޓި-ސެމިޓިޒަމް ނުވަތަ ޔަހޫދީންނާ ދެކޮޅުވެރިވުން މާނަކުރުން ބަލައިގަތުމަށް ނެރުނު އަމުރާއި، އިޒްރޭލާ ދެކޮޅަށް ހިންގާ ބޮއިކޮޓް ހަރަކާތްތަކަށް ހުރަސްއަޅާ ގޮތަށް ސިޓީގެ އިދާރާތަކަށް ނެރެފައިވާ އަމުރު ހިމެނެއެވެ. 

މި ނިންމުމާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ އެކްސް މެދުވެރިކޮށް މަމްދާނީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ މިނިސްޓްރީން ބުނެފައިވަނީ މިއީ މަމްދާނީގެ ހަގީގީ ސޫރަ ހާމަވެގެންދިޔަ ކަމެއް ކަމަށާއި، މިއީ ޔަހޫދީންނާ ދެކޮޅުވެރިކަން އިތުރުކުރުން ކަމަށެވެ.

ނަމަވެސް، ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (CAIR) އިން ވަނީ މި ނިންމުމަށް މަރުހަބާ ކިޔައިފައެވެ.

މަމްދާނީއަކީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކުރައްވާ އަދި އިޒްރޭލު ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުރެވޭ އެންޓި-ސެމިޓިޒަމްގެ ތުހުމަތުތައް އޭނާ ދޮގުކުރައްވައެވެ.

ނިއުޔޯކް ސިޓީގެ މޭޔަރުކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ މުސްލިމް މޭޔަރުގެ ގޮތުގައި ތާރީޚުން ޖާގަ ހޯއްދެވި މަމްދާނީ ވިދާޅުވީ، ޚިޔާލު ތަފާތުވި ނަމަވެސް އޭނާއަކީ ހުރިހާ ނިއުޔޯކް ރައްޔިތުންގެ މޭޔަރު ކަމަށާއި، ހުރިހާ ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި