ޢިލްމުވެރިންގެ ގުޅުން: ފޮޓޯ/ ޢިލްމު ވެރިންގެ ގުޅުން
ހަބަރު
04 Jan 2026 | 15:05
ސްކޫލުތަކުގައި ދެ ޖިންސު މައްސުނި ނުކޮށް ކިޔަައިވައިދެެއްވުމަށް އެދި ވަޒީރަށް ސިޓީއެއް

ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދަރިވަރުން ތަރުބިއްޔަތުކުރާ ތަންތަނަށް ހެދުމަށް ޓަކައި، އަންހެން އަދި ފިރިހެން ދަރިވަރުން މައްސުނި ނުވާނެހެން ކިޔަވައިދިނުމުގެ ނިޒާމު އިޞްލާޙުކޮށްދެއްވުމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއަށް ޢިލްމުވެރިންގެ ގުޅުމުން އިލްތިމާސްކުރައްވައިފިއެވެ.

ޢިލްމުވެރިންގެ ފަރާތުން ޑރ. އިސްމާޢީލް ޝަފީޢުއަށް ފޮނުވި ސިޓީގައި ބުނީ، 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާވެސް ބޮޑަކަށް ވަކިކުރެވިފައި ކަމަށެވެ.

ނަމަވެސް، 2008 ވަނަ އަހަރު އައި އައު ސަރުކާރުން ތަޢުލީމީ ދާއިރާ އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ޘަޤާފަތާ ބީރަށްޓެރި، ސެކިއުލަރ ފިކުރެއްގެ މައްޗަށް ބިނާކޮށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މިއާއެކު އެ ސިޓީގައި ވަނީ ދާދިފަހުން އައްޑޫ ހައި ސްކޫލުގައި ހިނގައިދިޔަ ކަންކަމަށް އިޝާރާތްކޮށް، އެއީ ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަޚްލާޤީ ދަށުދަރަޖައިގެ ކަމެއް ކަމުގައި ސިފަކޮށްފައެވެ.

ޢިލްމުވެރިން އިތުރަށް ބުނި ގޮތުގައި، ދެ ޖިންސު މައްސުނި ކުރުމަކީ ދަރިވަރުންގެ އަޚްލާޤާއި ސުލޫކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެކެވެ. އެކަމަށް ބާރުދޭ، ދުނިޔެވީ ގޮތުން ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގެ މުއައްސަސާތަކުން ހަދާފައިވާ ދިރާސާތަކަށް ސިޓީގައި އިޝާރާތްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހަވަރޑް ޔުނިވަރސިޓީއާއި ބީބީސީ ފަދަ ބައިނަލްއަޤުވާމީ މުއައްސަސާތަކުގެ ދިރާސާތައް ހިމެނެއެވެ.

އެއާއެކު، ޢިލްމުވެރިންގެ ގުޅުމުންވަނީ، ދެ ޖިންސު ވަކިކޮށްގެން ކިޔަވައި ދިނުމަށް ދަލީލުކުރާ ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގެ ބައެއް ޙާދިޘައް ވެސް ސިޓީގައި ބަޔާންކޮށްފައެވެ.

އެހެންކަމުން ސްކޫލްތަކުގެ ތަޢުލީމީ މާޙައުލަކީ ދެ ޖިންސު މައްސުނި ނުވާނެ ފަދަ މާޙައުލަކަށް ހެއްދެވުމަށްޓަކައި ކަމާގުޅޭ އުޞޫލުތައް އިޞްލާޙުކޮށްދެއްވުމަށް ޢިލްމުވެރިންވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް