ތޮއްޑޫ ކައުންސިލުން ކުރީ އަހަރެއްގެ އީދު ފާހަގަކުުން.. ފޮޓޯ: ތޮއްޑޫ ކައުންސިލް
ހަބަރު
04 Jan 2026 | 18:07
ތޮއްޑޫ ކައުންސިލުން އީދު ކުޅިވަރުތަކަށް އިތުރަށް ހަރަދުކުރި މައްސަލައެއް

އއ.ތޮއްޑޫ ކައުންސިލުން 2023 އަހަރުގެ އީދު ކުޅިވަރުތަކަށް ކަނޑައެޅި އަދަދަށްވުރެ އިތުރަށް ފައިސާ ދޫކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ ތޮއްޑޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވަނީ ކައުންސިލްގެ މާލީ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެއަހަރުގެ އީދުކުޅިވަރުތަށް ބޭއްވުމަށް އިތުރަށް ހަރަދުކުރި މައްސަލަ ފާހަގަކޮށްލެވެއެވެ.

ރިޕޯޓްގައި ބުނީ އަޟްހާ އީދު ފާހަގަކުރުމަށް ތޮއްޑޫ ކައުންސިލުން ޖުމްލަ 719،742 ރުފިޔާ ހޭދަކޮށް، އަދި އުސޫލްތަކާ ހިލާފަށް އެކަމަށް ހޭދަކޮށްފައިވާކަން ފާހަގަކޮށްފައެވެ.

ކުލަގަދަކޮށް އީދު ފާހަގަކުރުމަށް މިއުޒިކް ޝޯއަކާއެކު އީދުގެ ހަރަކާތްތައް ހިންގަން ކުންފުންޏެއް ހޯދައި އެފަރާތާއެކު އެއްބަސްވުން ގާއިމްކުރީ 270،000 ރުފިޔާގެ އަގަކަށް އެމަސައްކަތް ކުރުމަށެވެ. ނަމަވެސް އީދު ފާހަގަކުރުމުގެ ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން ފެންވަރުދަށްކޮށް ކުރިއަށްގެންގޮސްފައިވާތީވެ އެފަރާތަށް ފައިސާ ދޫކޮށްފައިވަނީ އެއްބަސްވެފައިވާ އަގުގެ 25 އިންސައްތަ އުނިކުރުމަށްފަހު 202،500 ރުފިޔާއެވެ. ކައުންސިލް އިދާރާއި އެފަރާތާ ދެމެދު ކުރެވުނު އެއްބަސްވުމުގައި އިތުރު އެއްވެސް ފައިސާއެއް ދިނުމަށް އެއްބަސްވެފައި ނުވާއިރު، ކައުންސިލުން ފަހުން ވަނީ އީދު ފާހަގަކުރުމަށް އެކި ފަރާތްތަކަށް އެހީއަށްއެދި ސިޓީ ފޮނުވައިގެން ލިބުނު 210،000 ރުފިޔާވެސް އެފަރާތަށް ޖަމާކޮށްފައެވެ.

ތޮއްޑޫގައި 2023 ވަނަ އަހަަރު އީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށްގެންދިއުމުގައި ހަރަދު ކުޑަކުރެވޭނެ ގޮތްތައް ބަލާފައިނުވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކައުންސިލުން އެ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް 719،742 ރުފިޔާ ހޭދަކުރިއިރު އޭގެ ތެރެއިން 509،742 ރުފިޔާ އަކީ ކައުންސިލް ބަޖެޓުން ކޮށްފައިވާ ހަރަދެވެ. އެއީ އެއަހަރުގެ މުސާރަ ފިޔަވައި ބްލޮކް ގްރާންޓާއި ކައުންސިލްގެ އާމްދަނީން ކޮށްފައިވާ ޚަރަދުގެ 8.4 އިންސައްތަކަމަށް އޮޑިތް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ދެއްވި ލަފާގައި ވަނީ، އީދު ފާހަގަކުރުމަށް ހަވާލުކޮށްފައިވާ ފަރާތަށް ދީފައިވާ 210،000 ރުފިޔާ އަނބުރާ ހޯދުމަށްފަހު ކައުންސިލްގެ އާމްދަނީއަށް ޖަމާކުރުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.