ކިނޮޅަހާ ދިމާ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދަނީ

ފުލުހުންގެ ލޯންޗެއް އޮޕަރޭޝަނެއްގައި ރަށަކަށް ދަނީ.. ފޮޓޯ: ވޮއިސް

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު ލިބިގެން ފުލުުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް މިއަދު ހަވީރު 4:24 އެހާކަންހާއިރު ލިބުމާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާ އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެ ކަމަށްވެސް ބުންޏެވެ.

ކޮމެންޓް