ދުންޔާ މައުމޫން --
ހަބަރު
04 Jan 2026 | 21:12
ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކުރުން: ދުންޔާއަށް އެކަންވީ ބިރުދެއްކުމަކަށް

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނައި ހެޔޮ ބަދަލާއި ދެކޮޅަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވާހަކަ ދައްކާ އެ އުސޫލާއި ދެކޮޅަށް އަޑުއުފުލަން ގޮވާލައިފި އެވެ.

އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ކަމަށް ބުނާ ބައެއް އަންހެނުން ވަރަށް ދެކޮޅު މި ބަދަލާއި ގުޅޭގޮތުން އެކްްސްގައި ކުރި ޕޯސްޓެއްގައި ދުންޔާ ވަނީ މިއީ ހަރުކަށި ކަމެއް ކަމަށް ސިފަކޮށްފަ އެވެ. އުސޫލު ހަރުކަށި ކުރީ ކަމަށް ވިދާޅުވެ އެކަން ބަލައިނުގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ސިފަކުރި ގޮތުގައި މި ބަދަލު ގެނައީ އަންހެނުންނަށް ބިރު ދައްކާ ބާރުފޯރުވާށެވެ. އަދި އެ ނޫންވެސް އަސްލެއް ނެތް ހިޔާލީ އެތައް ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން މި ބަދަލާއެކު ވަޒީފާގެ މާހައުލުން އަންހެނުން އެކަހެރި ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިއީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް ހުރަސް އެޅުމެއް ކަމެއް ސިފަކޮށް އިސްލާމްދީނުގައި އަންހެނާ ނިވާވުމަށް އަންގަވާފައިވާ ބަސްފުޅަށް ވަނީ ގޮންޖަހާފަ އެވެ. އަދި މި ނިންމުމާއި ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށް ކުރީން ފޮރިން މިނިސްޓަރުކަން ވެސް ކޮށްފައިވާ ދުންޔާ ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނައި ބަދަލަށް އެތައް ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. އެ ބަދަލާއި މެދު މުވައްޒިފުން ކަންބޮޑުވުމެއް ނެތް އިރު އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ކަމަށް ބުނާ މަދު ބަޔަކު ދަނީ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.