އިސްރާއީލުން ލުބުނާނަށް ދިން ބޮމުގެ ހަމަލާގެ ތެރެއިން-- ފޮޓޯ/އޭއެފްޕީ
ދުނިޔެ
06 Jan 2026 | 09:05
އިސްރާއީލުން ލުބުނާނަށް ބޮމުގެ ހަމަލާ ދީފި

ލުބުނާނުގެ 2 ސަރަހައްދަކަށް އަމާޒުކޮށް، އިސްރާއީލުގެ އަސްކަރިއްޔާއިން ބޮމުގެ ހަމަލާއެއް ދީފިއެވެ. 

އިސްރާއީލުން ހަމަލާދީފައިވަނީ ލުބުނާނުގެ އިރުމައްޗާއި ދެކުނުގެ ހަތަރު ރަށަކަށް ⁠އަމާޒުކޮށެވެ. 

މީގެ ކުރިން އިސްރާއީލު ސިފައިންގެ ތަރުޖަމާނަކު ވަނީ އެ ސަރަހައްދަށް ހަމަލާތައް ދިނުމަށް ރާވާފައިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން ލުބުނާނުގައި އެ ޖަމާއަތްތަކުގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުތަކުން ބައެއް އާއިލާތައް ގެދޮރު ދޫކޮށް ސަލާމަތްތެރިކަން ހޯދުމަށް އެހްނ ސަރަހައްދުތަކަށް ގޮސްފައިވެއެވެ. އަދި އިސްރާއީލުގެ މި އިންޒާރާއިއެކު  ލުބުނާނުގައި އެމްބިއުލާންސްތަކާއި އާއި ފަޔާ ޓްރަކްތައް ތައްޔާރީހާލަތަށް ގެނެސްފައިވާކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން މައުލުމާތުދީފައިވެއެވެ. 

އިސްރާއީލުން ލުބުނާނަށް އެންމެ ފަހުގެ ހަމަލާތައް ދީފައިވަނީ އެގައުމުގެ ދެކުނުގެ ބިންޓް ޖްބޭލް ޓައުންގެ އުތުރުގައި އޮންނަ އައިން އަލް މިޒްރާބް ސަރަހައްދުގައި އޮތް އުޅާނދަކަށެވެ. މިއީ އެގައުމުގެ ބޯޑަރާއި 10 ކިލޯމީޓަރު (6 މޭލު) ދުރުން ދިން ހަމަލާއެކެވެ. މި ހަމަލާގައި ލުބުނާނުގެ 2 މީހަކު ވަނީ މަރުވެސްވެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން މި ހަމަލާއާއި ގުޅުވާ ބުނީ އެއީ ވެސް ހިޒްބުاللهގެ މެމްބަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ބްރައިކޭގައި އިއްޔެގެ ވަގުތެއްގައި ވެސް ކާރަކަށް ޑްރޯން ހަމަލާއެއް ދިނުމުން ދެ މީހަކު ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެއާއެކު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާވެސް އަމާޒުކޮށްފައިވަނީ ހިޒްބުاللهގެ ދެ މެންބަރަކަށް ކަމަށެވެ.

2024 ވަނަ އަހަރު އެމެރިކާގެ މެދުވެރިވެގެން ހަނގުރާމަ ހުއްޓާލި ނަމަވެސް އިސްރާއީލުން ވަނީ އެގައުމުގެ ސިފައިންނާއި ހިޒްބުالله އާ ދެމެދު ގާއިމްކުރި މި އެއްބަސްވުމާއި ހިލާފުވެ، އަދިވެސް ހަމަލާތައް ދެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި