ޤައުމީ ފުޓްސަލް ޓީމްގެ ފަރިތަކުރުންތަކުގެ ތެރެއިން... ފޮޓޯ: އެފްއޭއެމް
ހަބަރު
06 Jan 2026 | 11:06
ސާފް ވުމެންސް ފުޓްސަލް މުބާރާތުގައި ވާދަކުރާ ރާއްޖޭ ޓީމުގެ ފައިނަލް ސްކޮޑް އިއުލާނުކޮށްފި

މިމަހު ތައިލެންޑްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ވުމެންސް ފުޓްސަލް މުބާރާތުގައި ވާދަކުރާ ރާއްޖޭ ޓީމުގެ ފައިނަލް ސްކޮޑް އިއުލާނުކޮށްފިއެވެ.

މުބާރާތުގައި ވާދަކުރާ 14 ކުޅުންތެރިންގެ ލިސްޓް އިއުލާނުކޮށްފައިވާއިރު، މުބާރާތުގެ ރާއްޖޭގެ ޓީމުގެ ކޯޗަކީ އާތިފް މުހައްމަދެވެ. އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މުހައްމަދު އިހްސާން ސައީދު ހަމަޖައްސާފައިވާއިރު، ގޯލް ކީޕަރުގެ ކޯޗަކީ އިބްރާހިމް އަހުމަދެވެ. އަދި މެނޭޖަރަކީ އާއިމިނަތު ޝިޔާނާއެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމްގެ ސްކޮޑް:

ރާއްޖޭގެ ޤައުމީ އަންހެން ފުޓްސަލްޓީމް ސްކޮޑް..

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތައް މިދިޔަ މަހު ފެށިއިރު، މުބާރާތް ފަށާނީ ޖެނުއަރީމަހުގެ 13 ވަނަ ދުވަހެވެ. ސާފް ވުމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ހުޅުވާ މެޗުގައި ދިވެހިރާއްޖެ ނިކުންނާނީ އަވައްޓެރި އިންޑިއާ އާ ދެކޮޅަށެވެ. އެ މެޗް ފެނިގެންދާނީ ރާއްޖެގަޑިން މެންދުރު 14:00 ގައެވެ.

މިފަހަރުގެ މުބާރާތުގެ މެޗްތައް ޖެނުއަރީ 25ގެ ނިޔަލަށް ކުރިއަށްދާއިރު މިފަހަރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޮންތަބުރީ ސްޓޭޑިއަމްގައެވެ. މުބާރާތުގައި އިންޑިއާގެ އިތުރުން ޕާކިސްތާން، ސްރީލަންކާ، ބޫޓާން، އަދި ބަނގްލަދޭޝް ވާދަކުރާނެއެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ކުޅޭ މެޗްތަކަށްފަހު އެންމެގިނައިން ޕޮއިންޓް ލިބޭ ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.