ފްލޮޓިއްލާގެ ބައިވެރިން ރާއްޖެ އައުން: ފޮޓޯ/ އައިއޭސީ
ހަބަރު
06 Jan 2026 | 15:00
'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެ އަތުވެއްޖެ

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރާ 'ގްލޯބަލް ސުމޫދު ފްލޮޓިލާ' (ޖީ.އެސް.އެފް) ގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.

މި މަހުގެ 6 އިން 8 އަށް ކުރިއަށްދާ މި ދަތުރުގެ ވަފުދުގައި ޖީ.އެސް.އެފް ގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރުން ކަމަށްވާ ތިއާގޯ އަވިލާ، ސައިފް އަބޫކޭޝެކް، ނާދިރު އަލް-ނޫރީ އަދި ކްލިއޮނިކީ އެލެކްސޮޕޫލޫ ހިމެނިވަޑައިގަންނަވައެވެ.

ޖީ.އެސް.އެފް އަކީ އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ޣައިރުޤާނޫނީ ބަންދާ ދެކޮޅަށް އަޑުއުފުލައި، އެ ސަރަޙައްދުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މިނިވަން އިއްތިޙާދެކެވެ.

މި ދަތުރުގެ ތެރެއިން، މި ވަފުދުގެ ބޭފުޅުން ސަރުކާރުގެ މަތީ ފަންތީގެ ވެރިންނާއި، މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުންނާއި، ކަމާގުޅޭ އެކި އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގައި ޖީ.އެސް.އެފް ގެ މަޤްޞަދުތަކާއި، ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކުގެ ތަޖުރިބާ ޙިއްޞާކުރުމުގެ އިތުރުން، ކުރިއަށް ރޭވިފައިހުރި ކަންކަމާމެދު މެދު މަޝްވަރާކުރެވޭނެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރަކީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކާއި ގުޅިފައިވާ މުހިންމު ދަތުރެކެވެ.

އަދި މި ދަތުރުގެ މައިގަނޑު އެއް ބޭނުމަކީ ޖީ.އެސް.އެފް ފަދަ ބައިނަލްއަޤުވާމީ އިދާރާތަކުން ކުރިއަށްގެންދާ އިންސާނީ ޙަރަކާތްތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން މިހާރަށްވުރެ ވަރުގަދަކުރުމެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދުތެރޭގައި ފެށި މި ޙަރަކާތަކީ، ސުލްޙަވެރިކަމާއެކު ޣައްޒާގެ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޙަރަކާތުގެ މައިގަނޑު އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއެކު، އެމީހުންގެ އަމިއްލަ ގޮނޑުދޮށްތަކާއި ވަޞީލަތްތައް ބޭނުންކޮށް، އިޙްތިރާމާއި ކަރާމާތާއެކު ދިރިއުޅުމުގެ ޙައްޤު ހޯދައިދިނުމަށް ވަކާލާތުކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ