ޕޯސްޓާ/ އުރީދޫ
ވިޔަފާރި
07 Jan 2026 | 12:13
ރައްޓެއްސަކަށް ޓްރީޓެއް ފޮނުވާލަން އުރީދޫގެ "ޓެކްސްޓް އަ ކޮފީ" ވަރަށް ސަޅި

އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދެމުންދާ ޓެކްސްޓް އަ ކޮފީ ޚިދުމަތަކީ ރައްޓެހިންނާއި އާއިލާ އާ ގުޅުން ބަދަހި ކުރުމަށްޓަކައި ހަދިޔާއެއް ފޮނުވާލުމަށް ވަރަށް ފަސޭހަ ޚިދުމަތެކެވެ.

ޓެކްސްޓް އަ ކޮފީގެ ޚިދުމަތް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށްއާއިލާ އާއި ރަހުމަތްތެރިންނަށް ވަގުތުން ޓްރީޓެއް ފޮނުވޭނެ އެވެ. ދާން ބުނެވުނު ކޮފީއަށް ނުދެވި ނުވަތަ ރައްޓެއްސަކަށް ސަޕްރައިޒެއް ދިނުމަށް ވެސް މި ޚިދުމަތަކީ އެހީތެރިއަކަށް ވާނެއެވެ. 

މަޖާ އަދި ފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ "ޓެކްސްޓް އަ ކޮފީ" އަކީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ފަރާތަކަށްވެސް ޓްރީޓެއް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޚިދުމަތެކެވެ. ހަދިޔާއެއް ފޮނުވުމަށް ފަހު، އެ ހަދިޔާ ލިބޭ ފަރާތަށް އެ ޓްރީޓްގެ ތަފްސީލް ހިމެނޭ ކޮންފަމޭޝަން އެސްއެމްއެސް އާއި ޔުނިކް ޓްރާންސެކްޝަން ކޯޑެއް ވެސް ލިބޭނެ އެވެ.

އެއަށް ފަހު ކެފޭ ނުވަތަ ރެސްޓޯރެންޓަށް ގޮސް، ކޯޑު ހިއްސާކޮށް، ފަސޭހަކަމާ އެކު ހަދިޔާގެ ރަހަ ބަލާލެވޭނެ އެވެ.މި ހިދުމަތުގައި މިހާރު 13 ޕާޓްނަރު އައުޓްލެޓެއް ހުރެ އެވެ. އޭގެ ތެރޭގައި ޑަންކް އެން ޑިޕް، ކަބޯލް، ސޯހޯ ކޮފީ ހައުސް، ދަ ކޮފީ ބީން އެންޑް ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު ކެފޭތައް ހިމެނެ އެވެ.

"ޓެކްސްޓް އަ ކޮފީ" އަކީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ޚިދުމަތެކެވެ. ސަޕްރައިޒް ޓްރީޓެއްފޮނުވާލައިގެން މި ހިދުމަތުގެ ސަބަބުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރި ރައްޓެއްސަކަށްވެސް އުފާވެރިކަން ގެނެސްދެވޭނެ އެވެ.

"އުރީދޫ ސުޕަރ އެޕް ނުވަތަ އުރީދޫގެ ވެބް ޕޯޓަލް މެދުވެރިކޮށް ޓެކްސްޓް އަ ކޮފީ އެއްފޮނުވާލެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކަޕްވިނާސް ކަޕްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަން ނިކުންނާނީ ބުރާ ދެކޮޅަށް
ޗެމްޕިއަން ޓީމްތަކަށް ދައުވަތު ދީގެން ކުޅެވޭ މި މުބާރާތުގައި ވާދަކުރާނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސްގެ އިތުރުން، އޮޑި ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް ކްލަބެވެ
03 Aug 2026
ލީޑްސް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވެއްޖެ
އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރިސީޒަން ދަތުރުގައި ކުޅުނު އެންމެ ފަހުމެޗްގައި ލިވަޕޫލްގެ މައްޗަށް ލީޑްސް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.