އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވި ދެ ބޭފުޅުން --
ހަބަރު
07 Jan 2026 | 19:00
އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވީ ރަޝީދުއާ އިމްތިޔާޒް

އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ދެ ދިވެހީން ނިޔާވެފައިވާ ކަމަށާ އެ މީހުންގެ ޖަނާޒާގެ ކަންތައްތައްވެސް ވަނީ ފުރިހަމަ ކޮށްފައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނެފި އެވެ.

ވަރަށް ގިނަ ބަޔަކު މި ބަންދާއި ދިމާކޮށް އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި އަށެއްކަ ހާސް މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ވަނީ ގޮސްފަ އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އެ މީހުންގެ ތެރެއިން ދެ މީހަކު ނިޔާވި އެވެ. އެއީ މ. ސާނިޔާ, އިބްރާހިމް ރަޝީދު (ވައިކަރަދޫ ރަޝީދު) އާއި މ. ސައްކެޔޮމާގެ މުޙައްމަދު އިމްތިޔާޒް (އިންތި) އެވެ. އެ ދެ ބޭފުޅުންގެ ޖަނާޒާގެ ކަންތައްތައް ވަނީ ފުރިހަމަ ކޮށްފައި އެވެ. މިއީ ސަފާ ގުރޫޕްއިން ޢުމްރާގެ އަޅުކަމަށް ދިޔަ ދެ ބޭފުޅުންނެވެ.

މީގެ ތެރެއިން ވައިކަރަދޫ ރަޝީދަކީ ވަރަށް ބޮޑު ހިދުމަތްތެރި އެކެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޮޑިޓް އޮފީހާއި ފިނޭންސް މިނިސްޓްރީގައި މަަސައްކަތް ކުރެއްވި އެވެ. އެއީ އޮޑިޓާއި ގުޅޭ ކަންކަމުގައި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ގޮތުގައި ރަޝީދު ވަނީ ދެ އުމްރާ ކޮށްފަ އެވެ. އަދި ނިޔާވީ ތިންވަނަ އުމްރާއަކަށް އިހްރާމް އަޅައިގެން އަޅުކަމަށް ދާން ތައްޔާރުވެފައި ވަނިކޮށެވެ.

އިމްތިޔާޒް ވެސް ނިޔާވީ އުމްރާގެ އަޅުކަމަށް ފަހު އެވެ. އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހި ކުއްލި ގޮތަކަށެވެ.

މީގެ އިތުރުން އުމްރާއަށް ދިޔަ ދިވެއްސަކު ހާލު ދެރަވެ މިހާރު އޮތީ އެޑްމިޓްކޮށްފަ އެވެ. އޭނާ މާލެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން ދަނީ ކުރަމުންނެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މި މަހުގެ 10 ވަނަ ދުވަހު އެމީހާ ރާއްޖެ ގެންނާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.