ސްރީލަންކާ އާ ދިމާލަށް މިޝްރާބްޖަހާފައިވާ ކޮޅިގަނޑު.. ފޮޓޯ: އެކިއު ވެދަރ
ހަބަރު
07 Jan 2026 | 23:51
ސްރީލަންކާ އާ ދިމާލަށް އަނެއްކާވެސް ބާރުގަދަ ކޮޅިގަނޑެއް

އަވައްޓެރި ސްރީލަންކާ އާ ދިމާލަށް އަނެއްކާވެސް ކޮޅިގަނޑެއް މިސްރާބު ޖަހައިފިއެވެ.

ބޭއޮފް ބެންގަލް ގައި އުފެދުނު މި ކޮޅިގަނޑުގެ މިސްރާބު މިވަގުތު ހުރީ، ސްރީލަންކާގެ އިރުދެކުނުން ޕޮއްޓުވިލް އާ ދިމާލަށެވެ. މި ކޮޅިގަނޑާ ގުޅިގެން ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮލޮޖިކަލް ސެންޓަރުން ޕޮއްޓުވިލް ސަރަހައްދުގައި އުޅޭ ފަރާތްތްތަކަށް ރައްކާތެރިވުމަށް އެދިފައެވެ.

ސްރީލަންކާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވަނީ، މި ކޮޅިގަނޑު ހުޅަނގު އުތުރަށް ދަތުރުކޮށް، ސްރީލަންކާގެ އިރުމަތީ އައްސޭރިއާ ދިމާލަށް މިސްރާބު ޖަހާނެކަމަށެވެ. މީގެ އިތުރުން އަދި ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ބާރު ކޮޅިގަނޑަކަށް ބަދަލުވާނޭކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ސްރީލަންކާއަށް މިދިޔަ ޑިސެމްބަރުމަހު ވަނީ ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ތޫފާން ދިތުވާގެ ނަމުން ނަންދީފައިވާ މި ތޫފާނުގައި 600 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނުއިރު، އެތައް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ.

ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުންތައް ބޮޑުކަމުން އެޤައުމުން ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީއަށްވެސް އެދިފައެވެ. ތޫފާން ދިތުވާއަކީ ސްރީލަންކާގެ ތާރީހުގައިވެސް އެންމެބޮޑަށް ގެއްލުންލިބުނު އެއް ތޫފާނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި