ޖޮބް ރެޑިނެސް ޕްރޮގްރާމުގެ 2 ވަނަ ބުރުގެ ތެރެއިިން-- ފޮޓޯ/ފެމިލީ މިނިސްޓްރީ
ހަބަރު
08 Jan 2026 | 12:59
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް ތައްޔާރުކުރުމުގެ ޕްރޮގްރާމަށް ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވަޒީފާގެ މާޙައުލަށް ތައްޔާރު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

"ޖޮބް ރެޑިނަސް" ގެ ނަމުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، މުޖުތަމަޢު ބަލައިގަންނަ އަދި ހަމަހަމަ ފުރުޞަތުތައް ފަހިކަމާއެކު ލިބޭ ބަޔަކަށް ހެދުމުގެ މަގުސަދުގައި ފަށާފައިވާ ޕްރޮގުރާމެކެވެ. މި މަގުސަދުގައި ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން ތަފާތު ޕްރޮގްރާމްތައް ފަށާފައިވާއިރު، "ޖޮބް ރެޑިނަސް" ޕްރޮގްރާމަކީ ވަރަށް ޚާއްޞަ އިސްކަމެއްދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި، ވަޒީފާގެ މާޙަޢުލުގައި ޢަމަލުތައް ބަހައްޓާނެ ގޮތާއި، ގުޅިގެން މަސައްކަތް ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި އަދި މަސައްކަތުގެ މާޙައުލުގެ ޢާއްމު ހުނަރުތަކަށް ހޭލުންތެރިކޮށް އަހުލުވެރިކުރުން ހިމެނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސޯޝަލް މީޑިއާގައި ހިމަނާފައިވާ ލިންކް އަދި ކިއު އާރް ކޯޑް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށައެޅޭނެއެވެ. މިއީ، 6 މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ، މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.  

ނުުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ދަނީ ފަހިކޮށްދެމުންނެވެ. އެގޮތުން އެމްޕީއެލް، ސްޓެލްކޯ އަދި ސަރުކާރު ޙިއްސާވާ ބައެއް އެހެން ކުންފުނިތަކުންވެސް އަންނަނީ، އެކި ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ދެމުންނެވެ.  މި 2 އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 350 މީހުންނަށް ސަރުކާރުން ވަނީ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ