މިނިސްޓަރު ޝަހީމް
ހަބަރު
10 Jan 2026 | 10:34
ޝަހީމް ކުރިމައްޗެއް ނުލެއްވި، އަދާލަތުގެ ރައީސް ކަމަށް ދެ ނަމެއް

އަދާލަތު ޕާޓީގެ ރައީސް ކަމަށް ހުޅުވާލުމުން ކުރިމަތިލީ ދެ ކެންޑިޑޭޓެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތުގެ ރައީސް ކަމަށް ހުޅުވާލި ފުރުސަތު ބަންދުވީއިރު ކުރިމަތިލީ މުހައްމަދު ޝިފާން އާއި އިކްރާމް އަބްދުއްސައްތާރެވެ. ސައްތާރަކީ އަދާލަތުގެ އާންމު މެންބަރެކެވެ. ޝިފާން އަކީ މި ފަހުން އެެ ޕާޓީގެ ނާއިބު ރައީސެވެ.

އަދާލަތާއި ގުޅި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކުރީން ވަނީ އިއުލާނު ކުރައްވާފަ އެވެ. 

މިނިސްޓަރު އެކަން އިއުލާނު ކުރެއްވީ އޭޕްރީލް 30، 2025 ގަ އެވެ. އެ ދުވަހު ވޮއިސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަދާލަތުގެ ސީނިއާާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެމަނިކުފާނު ހިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ. 

އެ މޭރުމުން ސޯޝަލް މީޑިއާގައި ވެސް ވަނީ ޕޯސްޓް ކުރައްވާފަ އެވެ.

ނަމަވެސް މުއްދަތު ހަމަވީއިރު މިނިސްޓަރު ކުރިމައްޗެއް ނުލެއްވި އެވެ. އެކަމުގެ ސަބަބެއް ސާފެއް ނުވެ އެވެ.

އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މިނިސްޓަރު ޝަހީމެވެ. އަދާލަތުގެ ރަން ދުވަސްތަކުގައި އެ ޕާޓީ ހިންގުމުގައި ވެސް ޝަހީމްގެ ދައުރު ބޮޑެވެ. އެ ޕާޓީއަށް ރައްޔިތުން ކުުރި އިތުބާރު ގެއްލި ޕާޓީގެ ރަން ދުވަސްތައް ގެއްލުނީ އެ ޕާޓީގެ ރައީސް ކަމަށް މިހާރުގެ ރައީސް އިމްރާން ވަޑައިގަތް ފަހުންނެވެ.

މިދިޔަ ދުވަސްތަކުގައި އެ ޕާޓީން ގިނަ މެންބަރުންތަކެއް ވަނީ ވަކިވެފަ އެވެ. އަދި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ވަރަށް ގިނަ އިލްމުވެރީން ވެސް ވަނީ އަދާލަތުން ވަކިވެވަޑައިގެންފަ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ ނުވަހާހުން ދަށްވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.