ޒަކާތް ދައްކަންގޮސް ތިބި ބަޔަކު.. ފޮޓޯ: އިސްލާމިކް މިނިސްތްރީ
ހަބަރު
10 Jan 2026 | 11:14
ޒަކާތު ފަންޑުން މިދިޔަ ފަސް އަހަރުތެރޭ ބޭސްފަރުވާއަށް 97.7 މިލިއަން ރުފިޔާ

ޒަކާތު ފަންޑުން އެކަނިވެސް މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ބޭސްފަރުވާގެ ކަންކަމަށް 97.7 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރާއްޖޭގައި ސިއްހީފަރުވާގެ ހަރަދުތަކާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ، އާސަންދަ އަދި އެންސްޕާގެ އިތުރުން ޒަާތު ފަންޑުންވެސް ބޭސްފަރުވާގެ ކަންކަމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުވަމުންދާކަމަށެވެ. 

ޒަކާތު ފަންޑުން ފޯރުކޮށްދޭ ބޭސްފަރުވާގެ އެހީއަކީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އާސަންދައިން ނުވަތަ އެނޫންވެސް ގޮތަކުން އެހީ ނުލިބޭ އަދި ލިބޭ އެހީއަކުން ބޭސްފަރުވާ ކުރުމަށް ނުފުދޭ ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ އެހީތެރިކަމެކެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޒަކާތު ފަންޑުން 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް 97 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭސްފަރުވާގެ ކަންކަމަށް ހޭދަކޮށްފައިވާއިރު،  މި ހަރަދު ޖުމްލަގޮތެއްގައި އަހަރަކު 3 އިންސައްތަ އިތުރުވަމުން އަންނަކަމަށެވެ. މި މުއްދަތުގެ ތެރޭގައި ޒަކާތުފަންޑުން ރާއްޖޭގެ ހޮސްޕިޓަލްތަކަށް ކޮށްފައިވާ ހަރަދުގެ 72 އިންސައްތަ ހޭދަކޮށްފައިވަނީ އަމިއްލަ ހޮސްޕިޓަލްތަކަށް ކަމަށްވެސް އޮޑިޓްގައި ވަނީ ބުނެފައެވެ. 

ޒަކާތުފަންޑުން އެންމެބޮޑަށް ހޭދަކުރާ ބަލިތައް:

- ކެންސަރު ބަލިމީހުންނަށް: 3.5 މިލިއަން ރުފިޔާ

- ޓްރާންސްޕްލާންޓަށް: 2.4 މިލިއަން ރުފިޔާ

- ސިކުނޑީގެ އޮޕަރޭޝަންތަކަށް: 1.2 މިލިއަން ރުފިޔާ

- ހިތުގެ އޮޕަރޭޝަންތަކަށް: 589،429 ރުފިޔާ

- ކިޑްނީ ބަލިތަކަށް: 569،500 ރުފިޔާ

ޒަކާތު ފަންޑުން ބޭސްފަރުވާގެ ކަންކަމަށް އހަަރުން އަހަރަށް ކުރަމުން އަންނަ ހޭދަ އިތުރުވަމުން އަންނަކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވާއިރު، މިދިޔަ އަހަރަކީ ޒަކާތު ފަންޑަށް އެންމެގިނައިން ފައިސާ ލިބުނު އަހަރެވެ. އެގޮތުން ޒަކާތު ފަންޑަށް މިދިޔަ އަހަރު، 107 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ