ވޯލްޑް ކަޕް ތަށި-- ފޮޓޯ/ގެޓީ އިމަޖެސް
ހަބަރު
10 Jan 2026 | 12:50
ފީފާ ވޯލްޑް ކަޕުގެ ޕާޓްނަރަކަށް ޓިކްޓޮކް

2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ "ޕްރިފަރޑް ޕްލެޓްފޯމް" ނުވަތަ އެންމެ އިސްކަންދޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ޓިކްޓޮކް ހަމަޖައްސައިފިއެވެ.

މިއީ ފީފާގެ ތާރީޚުގައިވެސް މިފަދަ މަޤާމެއް ކުންފުންޏަކަށް ދިން ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން ސަޕޯޓަރުންނަށް މުބާރާތުގެ ފޯރި ޑިޖިޓަލްކޮށް ތަޖުރިބާކުރުމަށް އާދަޔާ ޚިލާފް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން، އާންމުކޮށް މެޗުތައް ދައްކާ ޓީވީ ޗެނަލްތަކާ އެކު، ޓިކްޓޮކް ވެގެންދާނީ މުބާރާތުގެ ރަސްމީ ވީޑިއޯ ކޮންޓެންޓް ޕާޓްނަރަށެވެ.

މި އެއްބަސްވުމުގެ އަގެއް ފީފާއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ޖަމާއަތުން ބުނީ މިއީ ސޯޝަލް މީޑިއާތަކުން ހުށަހެޅި އަގުތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމާއެކު ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. 

މިއާއެކު، ވޯލްޑް ކަޕަށް ޚާއްޞަ "ހަބް" އެއް ޓިކްޓޮކް އެޕްލިކޭޝަންގެ ތެރޭގައި ހިމެނިގެންދާނެއެވެ. މީގެ ތެރޭގައި މެޗުތަކުގައި ފެނިގެންދާ ހާއްސަ ފޫޓޭޖްތަކާއި، މެޗުތަކުގެ މަޢުލޫމާތާއި، ޓިކެޓާ ގުޅޭ ތަފުސީލުތައް ހިމެނޭނެއެވެ. އަދި ސަޕޯޓަރުންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ފިލްޓަރުތަކާއި، ސްޓިކާތަކާއި، ކުޅިވަރުގެ އެކި ހަރަކާތްތައްވެސް މި ހަބުގައި ހިމެނޭނެއެވެ. ހަމައެހެންމެ މީޑިއާ ޕާޓްނަރުންނަށް މެޗުތަކުގެ ބައެއް މަންޒަރުތަކާއި، ހައިލައިޓްސް އަދި ދަނޑު ބޭރުގެ ޚާއްޞަ މަންޒަރުތައް ސީދާ ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ. ވޯލްޑްކަޕް މެޗްތައް ޓިކްޓޮކުން ލައިވް ނުކުރި ނަމަވެސް، މުހިންމު ވަގުތުތަކާއި ކުރު ކްލިޕްތައް ޓިކްޓޮކް މެދުވެރިކޮށް ފެނިގެންދާނޭކަމަށް ފީފާއިން ބުނެއެވެ.

ފީފާ ވުމެންސް ވޯލްޑްކަޕް ޓިކްޓޮކް އެޑެއް.. ފޮޓޯ: މާކެޓިން ޑްރައިވް

މި އެއްބަސްވުމާއިއެކު ކޮންޓެންޓް ކްރިއޭޓަރުންނަށް ވެސް ހާއްސަ ފުރުޞަތުތަކެއް ލިބިގެންދާނޭކަމަށް ފީފާ އަދި ޓިކްޓޮކުން ވަނީ ބުނެފައެވެ. އެގޮތުން ޓިކްޓޮކްގެ ބައިނަލްއަޤްވާމީ ކްރިއޭޓަރ ޕްރޮގްރާމްގެ ދަށުން ހޮވާލެވޭ ފަރާތްތަކަށް، ނޫސްވެރިންގެ ބައްދަލުވުންތަކާއި، ފަރިތަކުރުންތަކުގެ އިތުރުން ފީފާގެ އާކައިވް ފޫޓޭޖްތަކާއި ބެކްސްޓޭޖް ހަރަކާތްތައް ބަލާލުމުގެ ޚާއްޞަ ފުރުޞަތު ލިބޭނެއެވެ. މީގެ ސަބަބުން ސަޕޯޓަރުންނަށް މީގެ ކުރިން ނުފެންނަ ގިނަ މަންޒަރުތަކެއް ފެނިގެންދާނެއެވެ.

މީގެ ކުރިން 2023 ވަނަ އަހަރު އަންހެނުންގެ ވޯލްޑް ކަޕުގެ ޕާޓްނަރެއްގެ ގޮތުގައި ޓިކްޓޮކް ވަނީ ހަރަކާތްތެރިވެފައެވެ. ނަމަވެސް މިއީ ފިރިހެނުންގެ ވޯލްޑް ކަޕެއްގައި މިފަދަ އެއްބަސްވުމެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ. މިއީ 2023 ވަނަ އަހަރު ޓިކްޓޮކްގެ ސަބަބުން ލިބުނު ކާމިޔާބީއަށް ބަލައި ދުނިޔޭގެ ކުޅިވަރުގެ ޚަބަރުތަކާއި މަންޒަރުތައް ކުރު ވީޑިއޯގެ ސިފައިގައި ފޯނުތަކާ ހަމައަށް ގެނެސްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ފީފާއިން ވަނީ ބުނެފައެވެ.

ފީފާއިން ބުނީ އެ ޖަމިއްޔާގެ އަމާޒަކީ ޓިކްޓޮކަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޕްލެޓްފޯމަކަށްވުމުން އެކަމުގެ ބޭނުން ހިފައި، ފުޓްބޯޅައަށް އޮތް ޝައުޤުވެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުބާރާތް ބަލާ މީހުންގެ އަދަދު އިތުރުކުރުމެވެ.

މިއަހަރުގެ ވޯލްޑް ކަޕު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ 16 ސިޓީއެއްގައެވެ. މި މުބާރާތަކީ މުޅި ދުނިޔޭގެ ފެންވަރުގައި ވެސް ބޭއްވޭ އެންމެ މަގުބޫލު، އެންްމެ ފޯރިގަދަ މުބާރާތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ