އުމްރާވެރިންތަކެއް އެނބުރި ރާއްޖެ އައުމުގެ ތެރެއިން-- ފޮޓޯ/ ވޮއިސް
ހަބަރު
11 Jan 2026 | 09:34
އުމްރާގެ އަޅުކަމަށްފަހު ހައްޖު ކޯޕަރޭޝަންގެ ފުރަތަމަ ގުރޫޕް އެނބުރި މާލެ އަތުވެއްޖެ

އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ޑިސެންބަރުމަހު ރާއްޖެއިން ދިޔަ ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިންގެ ފުރަތަމަ ފްލައިޓު، އުމްރާގެ އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އަތުވެއްޖެއެވެ. 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން މައުލޫމާތު ދޭ ގޮތުގައި އުމްރާވެރިންނާއިއެކު މޯލްޑިވިއަންގެ މި މަތިންދާބޯޓު ރާއްޖެ އައިސްފައިވަނީ ރޭގެ 11:35 ގައެވެ. މި ބޯޓު ސައުދީން ފުރާފައިވަނީ އިއްޔެ ހަވިރު 03:35 ގައެވެ. 

އުމްރާވެރިންގެ އިތުރު ބޯޓެއް މިއަދުވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. މި ބޯޓު ސައުދީއިން ފުރާނީ މެންދުރު 02:05 ގައެވެ. އަދި ރާއްޖެ ޖައްސާނީ ރޭގަނޑު 10:05 ގައެވެ. 

މީގެ އިތުރުން، 12 ޖެނުއަރީގައި ވެސް އުމްރާވެރިންގެ ބަޔަކު އެނބުރި ރާއްޖެ އަންނާނެއެވެ. މި ބޯޓު ސައުދީއިން ފުރާނީ ފަތިހު 5:45 ގައެވެ. އަދި ރާއްޖެ އަންނާނީ އެދުވަހުގެ މެންދުރު 01:45 ގައެވެ. 

ޑިސެންބަރު މަހާއި ޖެނުއަރީ މަހަކީ ކޮންމެ އަހަރެއްގައި ވެސް ރާއްޖެއިން ގިނަ ބަޔަކު އުމްރާގެ އަޅުަކަން އަދާކުރުމަށް ދަތުރުކޮށް އުޅޭ ދުވަސްވަރެކެވެ. އެގޮތުން މިފަހަރު އެކަނިވެސް ރާއްޖެއިން 7726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވެއެވެ. އެގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ގްރޫޕް ސައުދީއަށް ފުރާފައިވަނި ޑިސެންބަރު 21 ގައެވެ. އަދި އެންމެ ފަހު ގްރޫއްޕު ރާއްޖެއިން ފުރާފައިވަނީ  މި މަހުގެ 9 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިފަހަރު އެންމެ ގިނަ މީހުން އުމްރާއަށް ދިއުމަށް ފުރީ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް އެއްހާހަށްވުރެ ގިނަ މީހުން ފުރާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.