އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
12 Jan 2026 | 11:27
ޕެންޝަންފަންޑުގެ ފައިސާއިން ބޮޑެތި ބަލިތަކަަށް ފަރުވާ ކުރެވޭގޮތް ހެދުމަކީ ރަނގަޅު ކަމެއް ނޫން: ޣަފޫރު

ޕެންޝަންފަންޑުގެ ފައިސާއިން ބޮޑެތި ބަލިތަކަަށް ފަރުވާ ކުރެވޭގޮތް ހެދުމަކީ ހެޔޮ ބަދަލެއް ނޫން ކަމަށާ، އެއީ އެކަން ކުރަންވީ ގޮތް ނޫން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. 

ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ޖެހޭ ހާލަތްތަކުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ދޫކުރެވޭނެ ގޮތް ހެދުމަށް، ޕެންޝަނާ ބެހޭ ގާނޫނު ސަރުކާރުން ވަނީ އިސްލާހު ކޮށްފައެވެ. 

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، އެ ގާނޫނަށް ސަރުކާރުން ބަދަލު ގެނައީ އެއްވެސް ދިރާސާއެއް ކުރުމެއްނެތި ކަމަށެވެ. 

ބޮޑެތި ބަލިތަކުގައި އުޅެމުންދާ މީހުންނަށް ޕެންޝަން ފަންޑުން އެމީހުންގެ ހުރި ލާރި ނަގައި ޚަރަދު ކުރެވޭގޮތް ހެދުން އެއީއެއް ނޫން އެކަން ވާންޖެހޭ ގޮތަކީ. ދައުލަތުގެ ބަޖެޓުން 7 ބިލިއަން ރުފިޔާ ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚަރަދުކުރަމުންދާއިރުގާ، އެ ބަޖެޓުގައި، ބަލިތައް ތަހަންމަލްކުރަމުންދާ ފަރާތްތަކަށް ދައުލަތުން އެކަން ކޮށްދޭންޖެހޭނެ… އެއާ ދިމާލަށް ރައްޔިތުން ސަރުކާރަށް މި ގެންދަނީ. އެއީ ހެޔޮ ބަދަލަކަށް ވެގެން ނުދާނެ. ހެޔޮ ބަދަލަކަށްވާނީ، ދައުލަތުން އެ ބަލިތައް ތަހަންމަލްކުރާ މީހުންނަށް އެކަންކަން ކޮށްދިނުން. އޭގެ ބަދަލުގައި އަނެއް އަތަށް ޖަހާފައި މިއޮތީ. 

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ

މިއާއެކު ޣަފޫރުވަނީ ދޮށީ އުމުރުގެ މީހުންނަށްދޭ 5000 ރުފިޔާގެ އެލަވަންސްއަށްވުރެ އިތުރަށް އެންމެ 1000 އެއް މުސާރައިގެ ގޮތުގައި ލިބުނުކަމުގައި ވީނަމަވެސް އެލަވަންސް ކުޑަވާގޮތް ހަދާފައިވާކަން ފާހަގަކުރައްވައި އެއީ އެކަން ވާންވީގޮތް ނޫން ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ވަކި މިންގަނޑެއްގެ ތެރޭގައި އެލަވަންސް ދިނުމުގެ ކަންކަން ބެހެއްޓުމަށް ތާއީދު ކުރައްވާ ކަމަށް ފަލާޙް ވިދާޅުވިއެވެ. 

އަޅުގަނޑުމެންވެސް ގަބޫލުކުރަން އާމްދަނީގެ ގޮތުގައި 20، 15 ހާސް ރުފިޔާ ލިބޭ މީހުންނަށް ކޮންމެހެން މި 5000 ރުފިޔަ ލިބުން އެއީ ރަނގަޅު ކަމެއް ކަމަށް. އެހެންނަމަވެސް ސަރުކާރުން ވަޒީފާ އަދާކޮށްފައި ރިޓަޔާ ކުރީމާ އެލިބޭ  3000 ރުފިޔާ ލިބެމުންދަނިކޮށް 65 އަހަރުވެގެން 5000 ރުފިޔާ ލިބުނީމާ، އެ 3000 ރުފިޔާ ލިބޭތީ، އެ ލިބޭ 5000 ރުފިޔާއިން އިތުރު 3000 ރުފިޔާ ކަނޑާފައި ޖުމުލަ 5000 ރުފިޔާ ލިބުމަކީ އިންސާފެއް ނޫން

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ

ސަރުކާރުން ޕެންޝަން ފަންޑަށް ގެނައި އިސްލާހުގައިވަނީ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް ނުވަތަ ޓާމިނަލް އިލްނަސްގެ ޙާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރުމަށް ކަނޑައެޅުމާއި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ހިމަނާފައެވެ.

ޓާމިނަލް އިލްނަސްގެ ހާލަތް ކަމަށް އެ އިސްލާހުގައި ބުނެފައިވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ނަމަވެސް 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެފަދަ ބައްޔަކާ ބެހޭ ސްޕެޝަލިސްޓު ޑޮކްޓަރަކު ކަނޑައަޅާފައިވާ ސިއްހީ ހާލަތްތަކަށެވެ.

ކޮމެންޓް
ޑޭވިޑް އަލީ.
ތީރަނގަޅު ވާހަކައެއް.
12 Jan 2026
ގުޅޭ ލިޔުންތައް
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ