ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ހަބަރު
12 Jan 2026 | 14:09
އީރާނުގެ ސަފީރު ރައީސް ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފި

އިރާނުގެ މުޒާހަރާތަކާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް، ލަންކާއަށްާ ކަނޑައަޅުއްވާފައި ހުންނަވާ އީރާނުގެ ސަފީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އަޑުއުފުލަމުންދަނީ އެތައް އަހަރެއްގެ އަނިޔާވެރިކަމާއި ދިރިއުޅުމުގެ އަގުބޮޑުވުމާ ދެކޮޅަށް ކަމަށެވެ. އަދި އީރާނުގެ ރައްޔިތުންނަކީ މުސްލިމް އަޚުންނާއި އުޚުތުން ކަމަށްވާއިރު، ބައިނަލްއަޤުވާމީ މުޖުތަމަޢުން ތިބެންވާނީ ސަރުކާރު ހިމާޔަތްކުރުމުގެ ބަދަލުގައި ރައްޔިތުންނާއެކު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެމުން ލަންކާގައި ހުންނަ އީރާނުގެ އެމްބަސީގެ އެކްސްގެ ރަސްމީ އެކައުންޓުން ލިޔެފައިވަނީ، ޖޫން 2025 ގައި ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އީރާނަށް ފެނިގެންދިޔައީ ޒަޔަނިސްޓު އިސްރާއީލުން އެ ގައުމުގެ ސިޓީތަކަށާއި، އާންމު ރައްޔިތުންނަށް ދިން ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ކަމަށެވެ. އަދި މި ހަމަލާތަކުގައި އީރާނުގެ އެއްހާހަށްވުރެ ގިނަ ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން ޝަހީދުވެފައިވާކަން ފާހަގަކޮށްފައުވެއެވެ.

އޭގައި އިތުރަށް ބުނީ، އެމެރިކާގެ ސީދާ އެހީތެރިކަމާއެކު ޒަޔަނިސްޓުން ދިން އިންސާނިއްޔަތާ ޚިލާފު ހަމަލާތަކުގެ ބޭނުމަކީ އީރާނުގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި، އާންމު ސަލާމަތާއި ރައްކާތެރިކަން ނަގައިލުން ކަމަށެވެ. އަދި މޮސާޑާ ގުޅުންހުރި ޓެރަރިސްޓް ގްރޫޕުތަކުން އީރާނުގެ މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތަކާއި، ބޭންކުތަކާއި މެޓްރޯ ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

އެއަށްފަހު އެ ރައްދުގައި ވަނީ މިފަދަ ނުރައްކާތެރި ހާލަތެއްގައި ނަޝީދު ހުންނެވީ ކޮން ފަރާތެއްގައިތޯ ސުވާލުކޮށްފައެވެ.

އީރާނުގެ ވެރިރަށް ތެހެރާނާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި މުޒާހަރާ ކުރާތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 116 މީހުން މަރުވެ، 2,600 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެއެވެ.

އެ ހަމަނުޖެހުމުގެ ތެރެއަށް އެމެރިކާއިންވެސް ވަންނާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައުވާއިރު، އީރާނުން ވަނީ އެމެރިކާއިން ހަމަލާދީފި ނަމަ ރައްދުގައި އެމެރިކާއާއި އިސްރާއިލަށްވެސް ހަމަލާދޭނެ ކަމަށް ބުނެފައެވެ. 

ކޮމެންޓް
Ibrahim Abdul kareem
ރައީސް ނަޝީދަކީ ކަމުގެ އަސްލު ޙަޤީގަތް ބެލުމެއްނެތި އެވަގުތަކު އޭނާ ހިތަށް އެރިގޮތަކަށް ބަސް މަގު ބޭނުން ކުރައްވާ ބޭފުޅެއް.
12 Jan 2026
ޚޮޔަަ
ނަޝީދަށް ރާކަނި މަސް ކެވިއްޖެ؟؟؟؟
12 Jan 2026
ގުޅޭ ލިޔުންތައް
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ