ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ސޮފްވާން އަހުމަދު -- ފޮޓޯ: އަދަދު
ހަބަރު
12 Jan 2026 | 19:23
ސޮފްވާނަށް ކުރެވޭ ޖިންސީ ކުށުގެ މައްސަލައިގެ ތަހުގީގު ފަށައިފި، ބޮޑެތި ތުހުމަތުތަކެއް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ކުރީގެ ހެޑް ކޯޗް ސޮފްވާން އަހުމަދަށް ކުރެވޭ ޖިންސީ ކުށުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ސޮފްވާންގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް ތުހުމަތުތަކަކާއި ގުޅިގެން ވީއޭއެމްގެ ހެޑް ކޯޗު ކަމުން ވަކިކޮށް ފަސް އަހަރަށް ވަނީ ސަސްޕެންޑުކޮށްފަ އެވެ. ފުލުހުން މިރޭ ބުނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންއެއްގއި އެތްލީޓުން ތަމްރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ބުންޏެވެ.

ސީރިއަސް ތުހުމަތުތަކެއް

ސޮފްވާންގެ މައްޗަށް އޮތީ ވޮލީ ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ގޯނާކުރުމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން ވޮލީބޯޅަ އެސޯސިއޭޝަނުން ފިޔަވަޅު އެޅީ އެތެރޭގެ ތަހުގީގަކަށް ފަހު އެވެ.

އެ ތަހުގީގަށް ސޮފްވާން އާއި ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ ކުޅުންތެރިޔާ ވަނީ ހާޒިރުކޮށްފަ އެވެ. އަދި މައްސަލަ ބަލާ ކޮމެޓީން ވަނީ ގިނަ ސުވާލުތަކެއް އެ ދެ މީހުންނަށް ކޮށްފަ އެވެ.

އަންހެން މީހާ ބުނީ އޭނާއަށް ބިރު ދައްކައިގެން ސޮފްވާން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށެވެ. އަދި އޭނާ އަތުގައި އެ ދެ މީހުންގެ ޗެޓްލޮގެއް އޮތް ކަމަށް ބުނެ އެ އާއިލާއަށް ދައްކާނެ ކަމަށް ބުނެ ބިރުދައްކާ ކަމަށެވެ. އަންހެން މީހާ ބުނި ގޮތުގައި ސޮފްވާން ވަނީ އެތައް ފަހަރަކު އޭނާއާ ޖިންސީ ގުޅުން ހިންގާފަ އެވެ. އަދަދު ބުނަން ނޭންގޭ ކަމަށާ މަދުވެގެން ހަފްތާއަކު އެއް ފަހަރު ޖިންސީ ގުޅުން ހިންގާ ކަމަށްވެސް ބުންޏެވެ.

އަދި އޭނާ ދެއްކި ވާހަކަތަކަކީ ތެދު ހަގީގަތް ކަމަށާ ހަތިމުގައި އަތްލާ ހުވާކުރަން ވެސް ތައްޔާރަށް ހުރި ކަމަށް ބުނެފައިވެ އެވެ.

ސޮފްވާން ބުނީ އޭނާއާ އެ އަންހެން ކުޅުންތެރިޔާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. ނަމަވެސް އަންހެން އެތްލީޓް ބުނީ އެއީ ދޮގެއް ކަމަށެވެ. ސޮފްވާން ބުނީ އޭނާއާ ދެ މީހުން ގުޅުން އޮތްކަން އެނގޭ ޗެޓް ލޮގްތައްވެސް ދައްކަންހުރީ ތައްޔާރަށް ކަަމަށެވެ.

އަދި އަންހެން ކުޅުންތެރިޔާ ވަނީ "ދުވަސް ދުއްވާލާނެ ކަމަށާ" "ކެރިއާ ދުއްވާލާނެ" ކަމަށް ބުނެ އިންޒާރު ދީފައި ކަމަށެވެ. ނަމަވެސް ދުވަހަކު ވެސް އެފަދަ އިބާރާތެއް ބޭނުންކޮށްފައިނުވާނެ ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.